Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްއެމްޕީއާރްސީގެ ކޮރަޕްޝަން ލިސްޓު

ޚިޔާނާތުގެ ފައިސާގައި ޖެހިފައެއް ނޯންނާނެ: ބައްސާމް

18 މެއި 2021 | އަންގާރަ 16:33

ޚިޔާނާތުގެ ކަމެއްގައި އެއްވެސް އިރެއްގައި ބައިވެރިނުވާ ކަމަށް ވިދާޅުވި

އަތޫފް އާތިފް
އަތޫފް އާތިފް | 18 މެއި 2021 | އަންގާރަ 16:33
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ނަން އޮތް ނަމަވެސް، ޚިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ބައްސާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ލިސްޓުގައި ނަން އޮތްއިރު، ޑޮލަރު ގަތުމަށްޓަކައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއެކު މުއާމަލާތެއް ކުރި ކަމަށެވެ. އެކަމަކު އެއީ ޚިޔާނާތުގެ ފައިސާ ކަކަން ނޭނގޭ ކަމަށާއި، އަދީބު އަތުން ޑޮލަރު ގަތީ އޭނާއަކީ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވުމުން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ އަދީބު އަތުން ޑޮލަރު ގަތީ ބޭރު ގައުމެއްގެ ސްކޫލެއްގައި ކިޔަވަން ހުރި މީހެއްގެ ކޯސް ފީ ދައްކަން ޖެހިގެން ކަމަށެވެ.

އަދި ވިދާޅުވީ އަބަދުވެސް އެފްއޭއެމަށް އަދި އޭނާއަށް އެކި ކަހަލަ ތުހުމަތުތަކެއް ކުރެވުމުން އަންނަ ކަމަށާއި، އެކަމަކު ޚިޔާނާތުގެ ކަމެއްގައި އެއްވެސް އިރެއްގައި ބައިވެރިނުވާނެ ކަމަށެވެ. އަދި ފުޓްބޯޅަ އާއިލާއަށް އެފަދަ ކަމެއްގައި ބައިވެރިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ޚިޔާނާތުގެ ފައިސާގައި ޖެހިފައި ނޯންނާނެ ކަމަށް ބައްސާމް ވިދާޅުވިއިރު، މިދިޔަ ދައުރުގައި ބައްސާމް ވަނީ ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް އެތައް މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ނިމިދިޔަ ދައުރުގައި ބައްސާމުގެ ބެލުމުގެ ދަށުން "ޓުވާޑްސް ފިއުޗާ" ގެ ނަމުގައި މުސްތަގުބަލަށް ޒުވާން ގައުމީ ޓީމުތަކެއް ބިނާކުރަން ގިނަ މަސައްކަތްތަކެއް ކުރިއެވެ.

އޭގެ އިތުރުން މިދިޔަ ދައުރުގެ ފަހު ކޮޅު ޑިވެލޮޕްމަންޓަށް އިސްކަންދީގެން އެފްއޭއެމް އިމާރާތް 20 ބުރިއަށް ނެގުމާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާފް ދަނޑުތަކެއް އެޅުމުގެ މަސައްކަތް އިއުލާނުކުރިއެވެ. އެގޮތުން ދާދި ފަހުން އެފްއޭއެމުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 16 ދަނޑެއް އެޅުމަށް ނިންމާފައެވެ. އަދި ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ ސްކޫލް ގާއިމުކުރުމުގެ މަސައްކަތާއި، ވިލިމާލޭ ޓާފް ދަނޑުގެ މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ.

ކާމިޔާބު ދައުރަކަށްފަހު އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް ބައްސާމް އިންތިޚާބުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި ބައްސާމުގެ ބެލުމުގެ ދަށުން އެފްއޭއެމުން އަންނަނީ މި ސަރުކާރުގެ ކުޅިވަރު ސިޔާސަތު ތަންފީޒުކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ބައްސާމް އަދީލް ޖަލީލްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
22 އޮކްޓޯބަރު 2025

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ

22 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް