Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ދިރާސާކުރި ކޮމިޓީ ރިޕޯޓް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

ކޮމިޓީ ރިޕޯޓާއެކު ބޮޑު ޚިޔާނާތުގެ ލިސްޓް ވަނީ އާންމުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 މެއި 2021 | އަންގާރަ 14:21
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ މައްސަލައިގެ ތަހުގީގު ލަސްވާ ސަބަބު ސާފުކުރުމަށް ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން ދިރާސާކުރި ކޮމިޓީ ރިޕޯޓް ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޖުޑިޝަރީ ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ރިޕޯޓާއެކު މިކަން ތަހުގީގުކުރަމުން އަންނަ އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލާފައިވާ ބޮޑު ޚިޔާނާތުގެ ލިސްޓު ހިމަނާ ވަނީ އާންމުކޮށްފައެވެ. މިކަން ދިރާސާކުރި ސަބް ކޮމިޓީން ބަލާފައިވަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުން ހިންގަމުންދާ ތަހުގީގުތަކެވެ.

Advertisement - newsAdvertisement

ކޮމިޓީ ރިޕޯޓް އާންމުކޮށްފައިވާއިރު ކޮމިޓީން އެންމެ ފުރަތަމަ ބަލާފައިވަނީ ސަލާމަތީ ޚިދުމަތްތަކާއި، ފުލުހުންނާއި، މިނިވަން މުއައްސަސާތަކާއި، ޖުޑީޝަރީ އާއި މަޖިލީހާއި ކެބިނެޓުގައި ކުރީގަޔާއި މިހާރު ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މައްސަލައެވެ. އެގޮތަށް އެކަން ކުރަނީ މިމަގާމުތަކުގައި ތިބި މީހުންނަކީ ނުފޫޒުގެ ބޭނުންކުރެވޭ ހިސާބުތަކުގައި ތިބި މީހުން ކަމަށްވާތީ މިމައްސަލަތައް އަވަސްކުރުމަށް ތަހުގީގީ އިދާރާތަކަށް ބާރު އެޅުމަށެވެ. ދައުލަތުގެ އެކި މަގާމުތަކުގައި ކުރީގަޔާއި މިހާރު ތިބި މީހުންގެ ތެރެއިން 119 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ވަނީ ވަކިން އާންމުކޮށްފައެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާއިން މަންފާވި މީހުންނާއި ކޮރަޕްޝަން ހިންގިކަމަށް ބެލެވޭ ނުވަތަ އެކަމުގައި ބައިވެރިވިކަމަށް ތަހުގީގުތަކުން މިހާތަނަށް އެނގިފައިވާ 281 މީހެއްގެ ނަން ހިމެނޭ ލިސްޓެއް ވަނީ އާންމުކޮށްފައެވެ.

ކޮމިޓީ ރިޕޯޓްގައި ވަނީ 8 ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން ރިޕޯޓްގައި ހިމަނާފައިވާ ލިސްޓްގައި ދައުލަތުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ މިހާރު މަސައްކަތްކުރަމުންދާ ފަރާތްތަކަކީ ދައުލަތުގެ އޮނިގަނޑުގެ ތެރެއިން މައުލޫމާތު ލިބޭނެ އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ފަރާތްތަކެއްކަމަށްވާތީ މިމައްސަލައިގެ ތަހުގީގު އަވަސްކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަންގައި ދެންނެވުމަށް ކޮމިޓީން ހުށަހަޅާފައެވެ.

‏އަދި މިފަދަ ތަހުގީގުތައް ކުރިޔަށް ގެންދިޔުމުގައި އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އޭސީސީގައި ދެންނެވުމަށްވެސް ވަނީ ނިންމާފައެވެ.

‏އެމްއެމްޕީއާރުސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލާގައި ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ތަހުގީގު ނިމިފައިވާ ފަރާތްތަކުގެ އަތުން އެފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ދައުލަތުގެ ކަމާގުޅުންހުރި އިދާރާގައި ދެންނެވުމަށް ފެންނަކަމަށާއި އެމަސައްކަތް ކުރިޔަށް ގެންދާގޮތް ރައްޔިތުންގެ މަޖިލީހުން ބަލަމުން ގެންދިޔުމަށް ފެންނަކަމަށް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

‏މީގެއިތުރުން މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކުރާއިރު އެފަރާތްތަކާމެދު އެވަގުތަކު އެޅެންހުރި މުހިންމު ފިޔަވަޅުތައް އެޅުމަށް ފެންނަކަމަށާއި އެގޮތުން ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ވަކިކުރެވޭނެ ފަރާތްތައް އެވަގުތަކު ހުރި މަގާމަކުން ވަކިކުރުމަށް ފެންނަކަމަށެވެ.

‏އިންތިޚާބީ މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުން ވަކި ކުރެވޭނީ އެފަރާތެއް އަމިއްލައަށް އެ މަގާމުން އިސްތިއުފާދިނުމުން ނުވަތަ ޝަރުޢީ ހުކުމަކުން ކަމަށްވާތީ، މިމައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތަހުގީގު އަވަސްކުރުމަށް އެސެޓް ރިކަވަރީގައި ދެންނެވުމަށް ފެންނަކަމަށް ވަނީ ކޮމިޓީން ހުށަހަޅާފައެވެ.

‏އެމްއެމްޕީއާރުސީގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ވީއެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުމަށާއި ގާނޫނުގައި ލާޒިމްކޮށްފައިވާ ގޮތަށް ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދިނުމަށް އެފަރާތްތަކަށް ދެންނެވުމަށްވެސް ކޮމިޓީން ވަނީ ހުށަހަޅާފައެވެ.

ބުދަ ދުވަހުގެ ޖަލްސާއަށް މިރިޕޯޓް ހުށަހެޅުން އެޖެންޑާކޮށްފައިވާއިރު މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ މައްސަލައަކާއި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގެ ބަހުސްކުރިޔަށް ގެންދިޔުމަށްވެސް ވަނީ އެޖެންޑާކޮށްފައެވެ.

ރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު