Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޭ ހުއްދަކަމަށް ގޮވާ މައްސަލަ

ލޭ ހުއްދަކަމަށް ގޮވުން އާންމުވެފައިވާތީ އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ މައްސަލައެއް

18 މެއި 2021 | އަންގާރަ 12:47

މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 މެއި 2021 | އަންގާރަ 12:47
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް މައްސަލަ ހުށަހަޅުއްވަނީ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް މައްސަލަ ހުށަހަޅުއްވަނީ

މީސްމީހުންގެ ލޭ ހުއްދަކަމަށް ގޮވުން އާންމުވެފައިވާތީ އެފަދަ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ބަހުސްކޮށްފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް މިމައްސަލަ ހުށަހަޅުއްވަމުން ވިދާޅުވީ ފަހަކަށް އައިސް މީސް މީޑިޔާގަޔާއި ތަފާތު އޮންލައިން ޕްލެޓްފޯމްތަކުގައި ވަކިވަކި ފަރުދުންނާ ދެކޮޅަށް ހަރުކަށި ފިކުރުގެ ތެރެއިން ނަފުރަތު އުފައްދާ އެމީހުންގެ ލޭ ހުއްދަ ކަމަށް ގޮވާ އެއީ އިސްލާމުން ނޫންކަމަށް ބުނެ ތަފާތު ލޭބަލްތައް އެޅުވުން އާންމުވެފައިވާކަމަށެވެ. މިގޮތުން ދާދިފަހުންވެސް އެއީ ކާކުކަން އެނގޭ ފަރުދެއް އުނގޫފާރު ދާއިރާގެ މެމްބަރ މުހައްމަދު ވަހީދަށް ނިސްބަތްކޮށް މުހައްމަދު ވަހީދަކީ މަރާލަންޖެހޭ މީހެއްކަމަށް ބުނެ ވަރަށް ފާޅުގައި ފޭސްބުކް ސްޓޭޓަސްތައް ޝާއިއުކޮށްފައިވާކަމަށެވެ.

Advertisement - newsAdvertisement

މިމައްސަލަ ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެމްބަރުން ވަނީ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. އެއާއެކު މެމްބަރުން މިމައްސަލައަށް ބަހުސްކުރައްވަމުން މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ގިނަ މެމްބަރުންތަކެއް ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރ ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި، ޔާމީން ރަޝީދު މަރާލުމާއި އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށް ނެގުން އަދި ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާއަކީ "ލާދީނީ"ޓެގްގެ ދަށުން ކޮށްފައިވާ ކަންކަންކަމަށް ވިދާޅުވެފައެވެ.

މިއީ ކިހާ ނުރައްކާތެރިކަމެއްކަން އާންމުންނަށް އަންގައިދީ އެކަމަށް ހޭލުންތެރިކުރުވަން ޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ. މީގެއިތުރުން ލާދީނީ ޓެގް އެޅުވުން ނުވަތަ ދީނީ ހަރުކަށި ފިކުރާ އެއްގޮތަށް ދީނާ ޚިލާފު ވާހަކަދައްކާ މީހުންނަށްވެސް ފިޔަވަޅު އަޅަންޖެހޭކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ނަފްރަތު އުފައްދަން ދައްކާ ވާހަކަ އާއި ޚިޔާލުފާޅުކުމުގެ މިނިވަންކަމުގެ ތެރެއިން ދެކެވޭ ވާހަކަތައް ވަކިވާންޖެހޭކަމާއި ސިޔާސީ މަގްސަދުގައި ކުރެވޭ މިފަދަ ކަންކަން މިހާރަށްވުރެ ބޮޑަށް ސީރިއަސް ކަމެއްގެ ގޮތުގައި ނަގަންޖެހޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 މެއި 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް
14 މެއި 2024

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް
13 މެއި 2024

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް
29 އެޕްރީލު 2024

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި
28 އެޕްރީލު 2024

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު
24 އެޕްރީލު 2024

އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް

24 އެޕްރީލު 2024
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
02 އެޕްރީލު 2024

އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް

02 އެޕްރީލު 2024
އެންޓިޑިފެކްޝަން ބިލް ރައީސް ތަސްދީގުކުރެއްވުމާމެދު ޝައްކު އުފެދޭ: ޝަރީފް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި

12 މާރިޗު 2024
މެމްބަރުން ގުނުމުގައި ސުޕްރީމްކޯޓުގެ ހުކުމަށް އަމަލުނުކުރަން މަޖިލީހުން ނިންމައިފި
14 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ

14 ޖެނުއަރީ 2024
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ 5ގައި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް