Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޚްލޫފަށް ތުހުމަތުކުރެވޭ މައްސަލަ

ދައުވާއެއް ކޮށްފިނަމަ އެންމެ ދުވަހަކުވެސް މަގާމުގައި ނުހުންނާނަން: މަޚްލޫފް

މީގެެ ކުރިން ސަސްޕެންޑް ކުރުމަށްފަހު މައްސަލައެއް ނެތުމުން އަލުން މަގާމު ހަވާލުކުރި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 18 މެއި 2021 | އަންގާރަ 09:06
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ މައްސަލައިގެ އެއްވެސް ހަގީގަތެއް ނެތް ކަމަށާއި، އެ މައްސަލައިގައި ދައުވާކޮށްފިނަމަ ވަގުތުން އިސްތިއުފާދެއްވާނެ ކަމަށް މަޚްލޫފް ވިދާޅުވެެއްްޖެއެވެ.

އެމްއެމްޕީއާރްސީ ކޮރަޕްޝަނުގެ ބޮޑު ހިޔާނާތުގެ ފައިސާގައި މަޚްލޫފް ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އާންމުކުރި ލިސްޓުގައި އޮތްއިރު، އަންގާރަ ދުވަހު މަޚްލޫފް ވިދާޅުވީ މީގެ ކުރިންވެސް އެ މައްސަލައިގައި ސަސްޕެންޑްކޮށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އަލުން މަގާމު ހަވާލުކޮށްފައި ވަނީ ތަހުގީގީ އިދާރާތަކުން މައްސަލައެއް ނެތް ކަމަށް ނިންމުން ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަޖިލީހުން އާންމުކުރި ލިސްޓަކީ ސިޔާސީ ބަޔަކު އެކުލަވާލި، އަދި އެ ‎މައްސަލައާ ސީދާ ގުޅުންނެތް އެތައް ބައެއްގެވެސް ހައްގުތައް ގެއްލިގެންދިޔަ ލިސްޓެއް ކަމަށާއި، އެފަދަ ލިސްޓެއްގައި ނަން އޮތުމަކީ ކުށްވެރިއެއްގެ ގޮތުގައި ބެލޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ކުށްވެރިއެއް ކަމަށް ނިންމޭނީ އެކަން ތަހުގީގުކޮށް ދައުވާކޮށްގެން ކަމަށާއި، ތަހުގީގުގެ މަރުހަލާތައް ނިމި ދައުވާކުރަން މައްސަލަ ފޮނުވާ ހިސާބުން ވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މަޚްލޫފް ވިދާޅުވިއެވެ.

އޭސީސީން މީގެ ކުރިން އާންމުކުރި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓާ ގުޅިގެން މަޚްލޫފު ގޭގައި މަޑުކުރަން ރައީސް އަންގަވާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓުގައި މަޚްލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާވެފައިވާ ކަމަށް ދައްކައެވެ. 

އެކަމާ ގުޅިގެން އޭނާގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުންދޭތޯ އަދި އެފަދަ މައްސަލައަކާ ގުޅިގެން ދައުވާ ކުރަމުންދޭތޯ ބެލުމަށް އޭސީސީއަށް ސިޓީއެއް ފޮނުވުމުން، އެ ސިޓީގެ ޖަވާބުގައި އެސީސީން މަޚްލޫފުގެ ކޮރަޕްޝަނުގެ މައްސަލައެއް އެ ކޮމިޝަނުން ބަލާފައިނުވާކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މަޚްލޫފް ވިދާޅުވީ އެސްއޯއެފްއިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގަައި ޖަމާކޮށްފައިވާ ފައިސާ ކަމަށެވެ. އަދި އެ މުއާމަލާތަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ މެދުވެރިވެގެން ހިންގި "ސައްހަ ކަރަންސީ އެކްސްޗޭންޖްގެ މުއާމާލެތެއް" ކަމަށާއި، އެ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރަން ޖެހުނީ މުއާމަލާތުގައި ހިމެނޭ "ދަ ޖީންސް" ފިހާރައިގެ ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. "ދަ ޖީންސް" ފިހާރައަކީ މަޚްލޫފުގެ އާއިލީ ވިޔަފާރީއެކެވެ.

މަޚްލޫފް ވަނީ 33،000 ޑޮލަރަށް ވާ ދިވެހި ފައިސާ (508،860ރ.) އެސްއޯއެފްއަށް ލިބުނު ކަމަށް އެ ކުންފުނީގެ ނަމުގައި ދޫކޮށްފައިވާ ސްލިޕެއްވެސް ޓްވީޓުކުރައްވާފައެވެ. އަދި އެ ޑޮލަރުގެ މުއާމަލާތް އެސްއޯއެފްއިން ކޮށްފައިވަނީ ބޭންކް ރޭޓް ކަމަށްވާ 15.42ރ. ގެ ރޭޓުން އެއްވެސް ފައިދާއެއް ނެތް ގޮތަށް ކަން އެނގެއެވެ. 

އަހުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

ބޫޓާން މެޗުގެ ކުރިން މިނިސްޓަރު މަޚްލޫފް ޤައުމީ ޓީމަށް ހިތްވަރުދެއްވައިފި

22 ޖޫން 2023
ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

ތާރީޚީ މުބާރާތް، ފޯ ނޭޝަންސް ކަޕާއެކު ކުޅުންތެރިންނާއި ވޮލީ އާއިލާގެ ޝުކުރު މިނިސްޓަރު މަޚްލޫފަށް

01 މާރިޗު 2023

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު