Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޕީއެލްގެ އޮޕަރޭޝަންތައް

މި ރަމަޟާން މަހު އެމްޕީއެލްގެ ސަބަބުން ބާޒާރުގެ އަގަށް ބަދަލު އައިސްފައެއް ނުވާނެ: އެމްޕީއެލް

18 މެއި 2021 | އަންގާރަ 06:38

މި ރަމަޟާން މަހު އެމްޕީއެލްގެ ގްރައުންޑް އޮޕަރޭޝަންތައް ކުރިއަށް ގޮސްފައި ވަނީ ވަރަށް "ސްމޫތު"ކޮށް

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 18 މެއި 2021 | އަންގާރަ 06:38
އެމްޕީއެލް ބަނދަރު

އެމްޕީއެލް ބަނދަރު

އެހެން އަހަރުތަކާ އަޅައިބަލާއިރު މިއަހަރުގެ ރަމަޟާން މަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެޓީވީގެ ހަބަރުފީތާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް މެނޭޖަރ ހެޑް އޮފް ކްލިއަރަންސް ޑިޕާޓްމަންޓް ތޮލްހަތު ސައީދު ވިދާޅުވީ ރަމަޟާން މަހަކީ އަބަދުވެސް ބާޒާރުގައި ތަކެތީގެ އަގުތަކަށް ބަދަލުތަކެއް އައިސް ތަކެތީގެ އަގު ބޮޑުވާ މަހެއް ކަމަށެވެ. ވިޔަފާރިވެރިން ބުނާގޮތުގައި އެކަމުގެ އެއް ސަބަބަކީ އެމްޕީއެލްގެ ޚިދުމަތްތައް ކަމަށް ތޮލްހަތު ވިދާޅުވިއެވެ. އެހެންނަމަވެސް މި ރަމަޟާން މަހު އެ މައްސަލަ ދިމާވެފައި ނުވާނެ ކަމަށާއި ބާޒާރުގެ އަގުތަކަށް ބަލައިލިޔަސް އެކަން އެނގޭނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ތޮލްހަތު ވިދާޅުވީ އެހެން އަހަރުތަކާ އަޅައިބަލާއިރު މި ރަމަޟާން މަހު އެމްޕީއެލްގެ ގްރައުންޑް އޮޕަރޭޝަންތައް ކުރިއަށް ގޮސްފައި ވަނީ ވަރަށް "ސްމޫތު"ކޮށް ކަމަށެވެ. އެގޮތުން އިމްޕޯޓްކުރި މުދާ ބޭލުމާއި އޭގެ ވެރިފަރާތައް މުދާ ލިބުމުގައި އެއްވެސް ލަސްކަމެއް އަދި އެއްވެސް ތާއްޓެއް ދިމާވެފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. ރަމަޟާން މަހު އާންމުކޮށް ގެންނާނީ ޕެރިޝަބަލް ގުޑްސް ނުވަތަ ކާބޯތަކެތި ކަމަށާއި އުސޫލެއްގެ ގޮތުން އެއީ ބަނދަރު ކުރާތާ 24 ގަޑިއިރު ތެރޭގައި ނަގަން ޖެހޭ ތަކެތި ކަމަށެވެ.

އޭނާ ވިދާޅުވީ މި ރަމަޟާން މަހު ވިޔަފާރިވެރިން ތިބެނީ ތަކެތި ގެންނަ އިރު ތައްޔާރަށް ކަމަށާއި، ހަމަ ގެނައުމާ އެކު ތަކެތި ނަގާ ކަމަށެވެ. އެހެން އަހަރުތަކާ އަޅައިބަލާއިރު އެ ޕްރޮސެސް ރަނގަޅަށް ދިޔަކަން ބާޒާރުގެ އަގުތަކާއި މުދަލުގެ އެވެއިލަބިލިޓީ އިން ވެސް އެނގޭނެ ކަމަށެވެ.

ތޮލްހަތު ވިދާޅުވީ ޕެންޑަމިކްއެއްގެ ތެރޭގައި އޮތް ނަމަވެސް މި ރަމަޟާން މަހުވެސް އެހެން އަހަރުތަކާ އެއް ވަރަކަށް މުދާ އެތެރެކޮށްފައިވާ ކަމަށެވެ. އެކަމުގައި އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕެންޑަމިކް ތެރޭގައި މަސައްކަތްކުރާތީ އޮޕަރޭޝަންތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށެވެ. އެގޮތުން މީގެ ކުރިން އެމްޕީއެލް އަކީ ހުރިހާ ކަމެއްވެސް މީހާ އެތަނަށް ގޮސް ހުރެގެން ކުރަން ޖެހުނު ތަނެއް ކަމަށެވެ. އެކަމަކު އެ ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހުރިހާ އިދާރީ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ ގޮޮތް މިހާރު ހަމަޖައްސާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޕީއެލްއިން މަސައްކަތްކުރަމުން އަންނަނީ ވީހާވެސް މަދު މުވައްޒަފުން ނެރެގެން ކަމަށެވެ. އެމްޕީއެލް އަކީ ކޮންމެހެން ވެސް ގްރައުންޑް މަސައްކަތްތައް ކުރިއަށްދާނެ ތަނެއް ކަމުން އެތަނުގައި މަސައްކަތަށް ނެރެނީ ހަމައެކަނި ބޭނުންވާ އަދަދަށް މުވައްޒަފުން ކަމަށާއި، ޝިފްޓު ތަކަށް ބަހާއިރު ވެސް އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުނުވާނެ ގޮތަށް ރާވާފައިވާ ކަމަށް ވިދާޅުވިއެވެ.

ތޮލްހަތު ވިދާޅުވީ އެމްޕީއެލް އިން ތިބީ މުވައްޒަފުން ވެސް ޕޮޒިޓިވްވާނެ ކަން ދަނެ، އެ ހުރިހާ ހާލަތަކަށް ވެސް ތައްޔާރަށް ކަމަށެވެ.

އެމްޕީއެލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ

12 ނޮވެމްބަރު 2025
ހުޅުމާލޭގެ ފޭސް 2 އެމްޕީއެލް އެޕާޓްމަންޓަކުން 17 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
05 ނޮވެމްބަރު 2025

ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން

05 ނޮވެމްބަރު 2025
ބައިނަލްއަގުވާމީ މައި ދޮރާއްޓަކުން ވައްކަން ކުރުން: ސައުތު އިންޑިއަން ފިލްމަކަށް ވުރެ ވަކި ދެރައެއް ނޫން
04 ނޮވެމްބަރު 2025

ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި

04 ނޮވެމްބަރު 2025
ހުޅުމާލެ އިންޓަރނޭޝަނަލް ޕޯޓުން 2 ކޮންޓެއިނަރ ސިނގިރެޓު ވަގަށް ގެންދިޔަ ގޮތް ފުލުހުން ކިޔައިދީފި
03 ނޮވެމްބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި

03 ނޮވެމްބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ އާއި ގުޅިގެން އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
02 ނޮވެމްބަރު 2025

މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ

02 ނޮވެމްބަރު 2025
މާލެ ކައިރިއަށް ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި މީހަކު މަރުވެއްޖެ
28 އޮކްޓޯބަރު 2025

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!
24 އޮކްޓޯބަރު 2025

ސަރުކާރުގެ އިސްފަރާތެއްގެ އެހީގައި ވަގަަށްނެގިކަމަށް ތުހުމަތުކުރެވޭ ސިނގިރޭޓް ކޮންޓެއިނަރުތައް އުފުލިކަމަށް ބެލެވޭ ދޯނީގެ ކައްޕި ހައްޔަރުކޮށްފި؛ ކޯޓުން ނިންމީ އޭނާ 7 ދުވަހަށް ބަންދުކުރަން

23 އޮކްޓޯބަރު 2025

ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި

23 އޮކްޓޯބަރު 2025
ވަގު ސިނގިރޭޓް ކޮންޓެއިނަރތަކާ ގުޅުވައިގެން ދުއްވާ ދެބޯގެރި
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް