Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެރަރިސްޓް ހަމަލާ ތަހުގީގުކުރުން

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ: ޕާލަމަންޓްރީ އިންކުއަރީއެއް ހެދުމަށް މަޖިލީހުން އިގުރާރުވެއްޖެ

މިއިގުރާރު ހުށަހެޅުއްވީ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 މެއި 2021 | ހޯމަ 18:23
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅޭ ޕާލަމަންޓްރީ އިންކުއަރީއެއް ހެދުމަށް މަޖިލީހުން އިގުރާރުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމައްސަލަ ޚާއްސަ މައްސަލައެއްގެ ގޮތުގައި 241 ކޮމިޓީން ވަނީ ބަލާފައެވެ. އެމައްސަލަ ދިރާސާކުރުމަށްފަހު ކޮމިޓީން ނިންމާފައިވަނީ ސެކިއުރިޓީ ފެއިލްވި ގޮތުގެ ތަހުގީގެއް ހިންގުމަށެވެ. ކޮމިޓީގެ ރިޕޯޓް ހޯމަ ދުވަހު ކުރިޔަށްދިޔަ ޖަލްސާގައި ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 42 މެމްބަރުންގެ އިއްތިފާގުންނެވެ.

ސެކިޔުރިޓީ ފެއިލްވި ގޮތުގެ ތަހުގީގެއް ހިންގުމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން ހޯމަ ދުވަހުގެ ރޭވެސް ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާއަށް މިއިގުރާރު ހުށަހަޅުއްވާފައިވަނީ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުހައްމަދު އަސްލަމެވެ.

މިގަރާރު ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވީ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު މަގުގައި ބާރުގަދަ އެއްޗެއް ގޮއްވާލާ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދީފައިވީ ހިނދު އަދި އެ ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް އެކިވަރުގެ އަނިޔާ ލިބި ފުރާނަފުޅަށް ނުރައްކާވެ، އެމަނިކުފާނުގެ ފުރާނަފުޅަށް އޮތް ނުރައްކާ އަދިވެސް އޮތްކަމަށެވެ.

އަދި ޤާނޫނު އަސާސީގެ 105 ވަނަ މާއްދާ އާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 6 ވަނަ މާއްދާ އާއި 7 ވަނަ މާއްދާގެ ރ އާއި ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރައްކާތެރިކަމާއި ހިމާޔަތް ލިބެންޖެހޭކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

ޤާނޫނު އަސާސީގެ 241 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 119 ވަނަ މާއްދާގެ ދަށުން ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލައި ސަލާމަތީ ޚިދުމަތްތަކުން މަސައްކަތްކުރަމުން ގެންދަނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްކަން ކަށަވަރުކޮށް އެތަންތަން ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ.

މިއިގްރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއިގުރާރަށް ބަހުސްކުރެއްވި މެމްބަރުން ވަނީ މިފަދަ ކަމެއް މިމަޖިލީހުން އަލަށް ކުރިނަމަވެސް މިއީ ދުނިޔޭގެ އެހެން ޤާނޫނު ހަދާ މަޖިލިސް ތަކުގައި ކުރާ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދަށް މިހަމަލާ އަމާޒުވުމުގައި އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވެފައިވަނީ ކޮންގޮތަކަށްތޯ ބަލާ އެކަންކަމަށް ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމުގެމުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލިސްރައީސް ނަޝީދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު