Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދުގެ މެސެޖް

''ވެއްޓޭވަރަށް ވުރެ ބާރަށް ތެދުވާށެވެ. ތެދުވެފައި ދުއްވައިގަންނާށެވެ''

17 މެއި 2021 | ހޯމަ 17:30

ޖަރުމަނުވިލާތުގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 17 މެއި 2021 | ހޯމަ 17:30
ރައީސް ނަޝީދަށް އާމަޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ބޮޑެތި ޒަޚަމްތަކެއް ލިބިފައިވޭ

ރައީސް ނަޝީދަށް އާމަޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ބޮޑެތި ޒަޚަމްތަކެއް ލިބިފައިވޭ

ވޭއްޓޭ ވަރަށް ވުރެ ބާރަށް ތެދުވުމަށް ގޮވާލައްވާ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންނަށް މެސެޖެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެމަނިކުފާނަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދުގެ ވީޑިއޯއެއް ވަނީ އާއްމުކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ''ވެއްޓޭ ވަރަށްވުރެ ބާރަށް ތެދުވާށެވެ. ތެދުވެފައި ދުއްވައިގަންނާށެވެ.''

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، އެމަނިކުފާނުގެ ހާލުކޮޅާއި މެދު ގިނަ ރައްޔިތުން ތިބީ ކަންބޮޑުވެފައެވެ. މި ހަމާލާއަކީ މުޅި ގައުމަށް ދިން ހަމަލާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުން ދެއެވެ.

ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށްޓަކައި ހިންގުނު ޓެރަރިސްޓް ހަމަލާއަށް ފަހު އެމަނިކުފާނު ތަކުރާރުކޮށް، އެކި ބޭފުޅުން މެދުވެރިކުރައްވައި އަދި ހަމަލާއަށް ފަހު އާންމުންނަށް ކުރެއްވި ފުރަތަމަ ޓުވީޓުގައި ވެސް ވިދާޅުވެފައި ވަނީ ގަދަކޮށް އެނބުރި ވަޑައިގަންނަވާނެ ކަމުގައެވެ.

ރައީސް ނަޝީދު އިތުރު ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަން ދައްކުވައިދޭ ވީޑިއޯއެއް ވެސް ވަނީ އާންމުކުރައްވާފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެނިގެންދަނީ އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވާ ހޮސްޕިޓަލްގެ ސިޑިން މައްޗަށް އަދި ތިރިއަށް ވަޑައިގަންނަވާ މަންޒަރެވެ. އެ ވީޑިއޯއިން އެކަނިވެސް އެމަނިކުފާނުގެ ހިތްވަރާއި ނުގުޑާ އަޒުމް ފެނިގެންދެއެވެ.

ރައީސް ނަޝީދުޓެރަރިސްޓް

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
10 އޮކްޓޯބަރު 2023

ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު މުރާޖާކުރުމަށްފަހު އާންމުކޮށްފި

10 އޮކްޓޯބަރު 2023
ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު މުރާޖާކުރުމަށްފަހު އާންމުކޮށްފި
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
10 ސެޕްޓެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް
08 މެއި 2023

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

08 މެއި 2023
ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
07 އެޕްރީލު 2023

މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި

07 އެޕްރީލު 2023
މެމްބަރު ގާސިމާއި ކުރީގެ ރައީސް ނަޝީދު ބައްދަލުކުރައްވައިފި
17 މާރިޗު 2023

މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު

17 މާރިޗު 2023
މެއި 6 ހަމަލާގެ ޝަރީއަތް: ނާޒިމް، ޔާސީން އަދި ޒޫމާލްގެ މައްސަލަ އާދިއްތަ ދުވަހު
15 މާރިޗު 2023

ޖޭޕީއާއި ނަޝީދު ފެކްޝަނުގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން، ޕާޓީގެ ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: އަސްލަމް

15 މާރިޗު 2023
ޖޭޕީއާއި ނަޝީދު ފެކްޝަނުގެ ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕެއް އެކުލަވާލުމަކީ ގާނޫނު ދަންނަ ކަމެއް ނޫން، ޕާޓީގެ ގަވާއިދާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް