Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހ

ހަރުކަށި ފިކުރާ ގުޅޭ ހުރިހާ މައްސަލަތައް އަވަސް އަދި ނަތީޖާނެރެވޭ ގޮތަށް ތަހުގީގުކުރުމަށް މަޖިލީހުން އެދެނީ

ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުުރުމަށް ފުލުހުންނަށް ދެންނެވުމަށް ހުށަހަޅާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 މެއި 2021 | ހޯމަ 10:09
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާ ތަހުގީގުކުރަމުން އަންނައިރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 6 ކަމެއްގެ މައްޗަށް ލަފާދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241)ން ހުށަހަޅައިފިއެވެ.

މިމަހު ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މައްސަލަ ވަނީ 241 ކޮމިޓީން ބަލާފައެވެ. އަދި ކޮމިޓީ ރިޕޯޓް ފާސްކޮށް ހޯމަ ދުވަހުގެ ޖަލްސާއަށް މިރިޕޯޓް ވަނީ ހުށަހަޅާފައެވެ.

Advertisement - newsAdvertisement

ރިޕޯޓުގައި ލަފާދިނުމަށް ފާސްކޮށްފައިވާ ހަކަމުގެ ތެރެއިން އެއް ކަމަކީ ޓެރަރިޒަމްގެ އެފަދަ މައްސަލަތައް ތަހުގީގުކުރުމުގައި މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ސީރިއަސް އަދި އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުުރުމަށް ފުލުހުންނަށް ދެންނެވުމެވެ.

މީގެއިތުރުން ހަރުކަށި ފިކުރާ ގުޅޭ އެންމެހައި މައްސަލަތައް އަވަސް އަދި ނަތީޖާ ނެރެވޭ ގޮތަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންނަށް ދެންނެވުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅިގެން ކޮމިޓީގެ ފަރާތުން ފުލުހުންނަށް ދަންނަވަން ޖެހޭ ކަމަށް ނިންމާފައިވާ ނިންމުންތަކަކީ:

- އެމައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ހެކި ނައްތާލުމުގެ ކުރިން މައްސަލައަށް ބޭނުންވާ ހެކި ހޯދުން

- މައްސަލައިގެ ތަހުގީގު ކުރިޔަށްދާއިރު ކަމާގުޅުންހުރި ބޭރުގެ ފަންނީ އަދި ގާބިލް ބޭފުޅުންގެ އެހީތެރިކަން ހޯދައިގެން ތަހުގީގުކުރިޔަށް ގެންދިޔުން

- ތަހުގީގު ކުރިޔަށްދާ މިންވަރަކުން ތަހުގީގާގުޅޭ އެންމެހައި ކަންކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ އާ ހިއްސާކުރުން

މީގެއިތުރުން މިމައްސަލަ ތަހުގީގުކުރަމުން ދާއިރު ކޮމިޓީން އެކަން ގާތުން ބަލަމުން ދިޔުމަށްވެސް ވަނީ ނިންމާފައެވެ.

ރައީސް ނަޝީދުގެ ސެކިޔުރިޓީ ފެއިލްވި ގޮތުގެ ތަހުގީގެއް ހިންގުމަށް މީގެ ކުރިން ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ އެ ކަމުގައި ކޮމިޓީގެ މެމްބަރުންނާއެކު މަޝްވަރާކުރުމަށްފަހު، ގާނޫނާއި ގަވައިދުތައް ތަންދޭ އެންމެ ފުޅާދާއިރާއެއްގައި އެ ތަހުގީގު ކުރިއަށް ގެންދިޔުމަށެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށްފަހު މިހާރު ގެންދަވަނީ ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުންނެވެ.

ރައީސް ނަޝީދު

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2023

ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ

12 ނޮވެމްބަރު 2023
ގަރާރެއްގެ ސިފަ ނެތް ކަމަށް ބުނެ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ދެކޮޅަށް ޑިމޮކްރެޓްސްއިން ތެދުވެއްޖެ
08 އޮކްޓޯބަރު 2023

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި

08 އޮކްޓޯބަރު 2023
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީ ގްރޫޕުން ފާސްކޮށްފި
17 ސެޕްޓެމްބަރު 2023

ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި

17 ސެޕްޓެމްބަރު 2023
ނަޝީދުއާއި ބައްދަލު ކުރެއްވުމަށް ޔާމީން ދެކޮޅު ހައްދަވައިފި
10 ސެޕްޓެމްބަރު 2023

ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި

10 ސެޕްޓެމްބަރު 2023
ރައްޔިތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގަން ނިންމައިފި
24 މެއި 2023

މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް

24 މެއި 2023
މިފްކޯ އިން ތައިލެންޑަށް ވިއްކާ މަހުގެ ހިސާބުތައް ފިޝަރީޒް މިނިސްޓްރީގައި ނެތްކަމަށް ބުނުމުން ނަޝީދުގެ ފާޑުކިޔުން ވަޒީރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު