Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުވައްމުލަކު ނަރުދަމާގެ މައްސަލަ

ފުވައްމުލަކު ނަރުދަމާ ނިޒާމުގެ ވަގުތީ ހައްލު ފެނަކައަށް، ދާއިމީ ހައްލު އެމްޓީސީސީއަށް

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ފުވައްމުލަކަށް

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 16 މެއި 2021 | އާދީއްތަ 11:43
ފުވައްމުލައް ސިޓީ މަގުތަކުގައި ފެންބޮޑުވެފައިވަނިކޮށް

ފުވައްމުލައް ސިޓީ މަގުތަކުގައި ފެންބޮޑުވެފައިވަނިކޮށް

ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭ އަވަސް ހައްލެއް ހޯދުން ފެނަކަ ކޯޕަރޭޝަނަށް އަދި ދާއިިމީ ހައްލެއް ހޯދުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފުވައްމުލަކަށް ކަން ފާހަގަކުރައްވާފައެވެ. އެ ސިޓީއަށް މިވަގުތު ކޮންމެހެން ބޭނުންވާ ވަސީލަތްތައް ފޮނުވުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށާއި ގޭގެއާއި މަގުމަގުން ފެން ހިންދުމަށްޓަކައި 6 ޕަމްޕު އާދީއްތަ ދުވަހު ފުވައްމުލަކަށް ކަނޑުމަގުން ފުރުވާލެނެކަމަށް މަބްރޫކް ވިދާޅުވިއެވެ. މިހާރު ފޮނުވާ 6 ޕަމްޕުގެ ތެރެއިން ފަސް ޕަމްޕަކީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ދޭ ޕަމްޕުކަމަށާއި، އަނެއް ޕަމްޕަކީ މާލެ ވޯޓަރ އެންޑް ސިވަރެޖް ކޮމްޕެނީގެ ޕަމްޕެއް ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ފުވައްމުލައް ސިޓީއަށް ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެގޮތުން 291 ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވެއެވެ. މީގެތެރެއިން 119 ގެއެއްގައި 392 ވެލިބަސްތާ ޖަހާފައިވާ ކަމަށާއި 4 ގެއެއްގެ މުދާ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެއެވެ. ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް އާންމުކޮށް ކުރިމަތިވާ ފުވައްމުލަކުގައި، ފަހަކަށް އައިސް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ ވާރޭ ވެހުމުގެ ސަބަބުން ނަރުދަމާ ނިޒާމުގައި މައްސަލަޖެހި ނަޖިސްފެން ބޭރުވުމެވެ. މިފަހަރުވެސް މި މައްސަލަ ކުރިމަތިވެ، ބައެއް ގޭގޭގެ ފާޚާނާއިން ނަޖިސްފެން ބޭރުވެ، ރަށުގެ ފެން ތަޣައްޔަރު ވެފައި ވާކަމަށް ސިޓީ ކައުންސިލުން ރާއްޖެ އެމްވީއަށް ވަނީ މަޢުލޫމާތުދީފައެވެ. މާރޗު މަހުގެ ފަހުކޮޅު ކުރި ވިއްސާރާގައި ވެސް ރަށުގެ ފެން ތަޣައްޔަރުވުމުގެ ސަބަބުން ވަޅުފެން ކްލޮރިނޭޓް ކުރުމުގެ މަސައްކަތް ސިޓީ ހޮސްޕިޓަލުން ވަނީ ކޮށްފައެވެ.

މި މައްސަލައަށް ހައްލު ހޯދުމަށްވެސް އަވަސް ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން ފުވައްމުލަކު ނަރުދަމާ ނިޒާމުގެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭ އަވަސް ހައްލެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަނާއި ވަނީ ހަވާލުކޮށްފައެވެ. ފުވައްމުލަކުގައި ކުރީގެ ސަރުކާރުން އަޅާފައިވާ ނަރުދަމާ ނިޒާމުގައި ހުރި ބޮޑެތިި މައްސަލަތައް ހައްލުނުވާތީ އެމްޓީސީސީން ފުވައްމުލަކުގެ މަގުތައް ޒަމާނީފެންވަރަށް ތަރައްގީކުރާއިރު ރަނގަޅަށް މަސައްކަތްކުރާ ފުރިހަމަ ނަރުދަމާ ނިޒާމެއްވެސް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރީގެ ސަރުކާރުން ނިންމާފައިވާ މަޝްރޫއެކެވެ. އޮކްޓޯބަރު 10، 2016 ވަނަ ދުވަހު އިފްތިތާހުކުރި މި މަޝްރޫއު ސެޕްޓެމްބަރު 14، 2018 ވަނަ ދުވަހު ރަސްމީކޮށް އޭރުގެ ސަރުކާރުން ފެށިނަމަވެސް އެ ނިޒާމުން ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއަކީވެސް ކުރީ ސަރުކާރަށް އެކަށޭނަގޮތެއްގައި ކުރިއަށް ނުގެންދެވުނު މަޝްރޫއެކެވެ. ފުވައްމުލަކުގެ ބޮޑެތި މަގުތައް ހަދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ އެމްއާރުޑީސީއާ އެވެ. އެކަމަކު އެ މަސައްކަތް ނުކުރެވި އޮތުމުން އާ ސަރުކާރުން ވަނީ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމައިފައެވެ. މިވަރުންވެސް މި މަސައްކަތް ކުރިއަށް ނުގޮސް އޮތީ ހުއްޓިފައެވެ. މައްސަލަ ހައްލުކުރުމަށްޓަކައި މަގު ހެދުމުގެ މަޝްރޫއު ނާއިބުރައީސް ފައިސަލް ނަސީމް ވަނީ 2019 ވަނަ އަހަރު އަލުން އިފްތިތާހުކޮށްދެއްވާފައެވެ.

ނާއިބުރައީސް ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ވިސްނުންފުޅަކީ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުން ކަމަށެވެ. އެގޮތުން ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނާއިބުރައީސް ވިދާޅުވީ ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫއު އަލުން ފެށި އިރު، އެ މަސައްކަތް ކުރިއަށް ދާނީ ރަނގަޅަށް ފަރުމާކޮށްގެން ކަމަށާއި މަގުތައް ހެދުމުގައި އިސްކަން ދޭނެ ތަރުތީބު ފަދަ ކަންކަން ނިންމާނީ ރައްޔިތުން ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ

11 ނޮވެމްބަރު 2025
ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން

ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން

05 ނޮވެމްބަރު 2025
ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

03 އެޕްރީލު 2024
ފުވައްމުލަކުގެ ރީތިކަމާއި ގުޅިފައިވާ ކިޅިތައް!

ފުވައްމުލަކުގެ ރީތިކަމާއި ގުޅިފައިވާ ކިޅިތައް!

11 އޯގަސްޓު 2023
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފުވައްމުލައް ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފުވައްމުލައް ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރައްވައިފި

14 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު