Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުވައްމުލައް ސިޓީ ކައުންސިލް

ބްލޮކް ގްރާންޓުގެ ގޮތުގައި ލިބެނީ އެންމެ އިންސާފުވެރި އަދަދު ކަމަށް ގަބޫލު ނުކުރެވޭ: ފުވައްމުލަކު މޭޔަރު

މޭޔަރު ވިދާޅުވީ މި މައްސަލަ ހައްލު ކުރަން ބްލޮކް ގްރާންޓް ދޭ ފޯމިއުލަރ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 03:52
ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީގު

ފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީގު

ކައުންސިލްތައް ލާމަރުކަޒު ކުރުމުގެ ގޮތުން ދެމުން އަންނަ ބްލޮކް ގްރާންޓުގެ ސަބަބުން ލުއިތައް ލިބިގެންދިޔަ ނަމަވެސް ގްރާންޓުގެ ގޮތުގައި ލިބެނީ އެންމެ އިންސާފުވެރި އަދަދު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވީ ކައުންސިލްތަަކަށް ބްލޮކް ގްރާންޓު ދޭން ފެށުމަކީ އެ ކައުންސިލްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އެގޮތުން، ކުރިން ކަމެއް ކުރާނަމަ ފިނޭންސް މިނިސްޓްރީއަށް ބަޖެޓް ހުށަހަޅައިގެން ފައިސާ ހަމަޖެއްސި ނަމަވެސް މިހާރު ކައުންސިލުން ބޭނުންވާ ގޮތަށް އެ ފައިސާ އެލޮކޭޓް ކުރުމުގައި މިނިވަންކަން ލިބި، ފަސޭހަ ވެގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ފަސޭހަތައް ހުރި ނަމަވެސް ބްލޮކް ގްރާންޓް ދިނުމުގައި މިހާރު އަމަލު ކުރަމުންދާ އުސޫލުގައި ކަންބޮޑުވުންތައް އެބަހުރި ކަމަށް މޭޔަރު ވިދާޅުވިއެވެ. މާލެ ސިޓީގައި ދައުލަތުގެ ދަށުން ދޭ ގިނަ އަދަދެއްގެ ޚިދުމަތްތައް ރަށްތަކުގައި ދެނީ ކައުންސިލްތަކުން ކަމަށާއި އޭގޭ ސަބަބުން ކައުންސިލްތަކުން ކުރަން ޖެހޭ ޚަރަދުތައް ވަރަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މޭޔަރ އިތުރަށް ވިދާޅުވީ ކައުންސިލްތަކުގެ ދަށަށް އިތުރު ކަންކަން ދާނަމަ އެކަމަށް އެކަށީގެންވާ ބަޖެޓުވެސް ކައުންސިލްތަކަށް އިތުރު ކުރަން ޖެހޭނެ ކަމަށެވެ. އެގޮތުން، ދާދި ފަހުން ފުވައްމުލައް ސިޓީގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ނޭޗަރ ޕާކު މިހާރު ކައުންސިލް ދަށަށް ބަދަލު ކޮށްފައިވާ ކަމަށާއި އެއާއެކު އެ ތަނާއި ތަނުގެ މުވައްޒަފުންގެ ކަންކަން ވެސް ކައުންސިލުން ބަލަހައްޓަން ޖެހޭއިރު ބްލޮކް ގްރާންޓަށް ބަދަލު ނުގެނައުމުގެ ސަބަބުން ދަތިވާ ކަމަށް ވިދާޅުވިއެވެ.

މިކަމުގެ ހައްލެއްގެ ގޮތުގައި މޭޔަރު ފާހަގަ ކުރެއްވީ ބްލޮކް ގްރާންޓް ދިނުމުގެ ފޯމިއުލަރ ބަދަލު ކުރުމެވެ.

ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމުގައި ބަލަން ޖެހޭނީ 5 ކަމަކަށެވެ. އެއީ ރަށު ކައުންސިލްތައް ނަމަ، ރަށުގެ އާބާދީ އާއި އަތޮޅު ކައުންސިލްތައް ނަމަ އެ އަތޮޅެއްގެ އާބާދީއަށާއި ބިމުގެ ސަރަހައްދަށާއި އަތޮޅުގެ ވެރިކަން ކުރާ ރަށާ ހުރި ދުރުމިނަށާއި މާލެއާ ހުރި ދުރުމިނުގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަޒަންކޮށް ކައުންސިލްތަކުގެ ޕަފޯމަންސައް ދޭ ސްކޯއަށް ބަލައިގެންނެވެ.

މި ފޯމިއުލާ ބަދަލު ކުރަން ޖެހޭ ކަމަށް ދެކިލައްވާ ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގު ވިދާޅުވި ނަމަވެސް ކައުންސިލްތަކަށް މި ސަރުކާރުން ދީފައިވާ މިނިވަންކަމާއި ކައުންސިލްތައް ބާރުވެރިކުރުވަން ކުރަމުން އަންނަ މަސައްކަތްތައް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން، ކައުންސިލްތަކުގެ އާމްދަނީ އިތުރު ކުރުމަށް އަތޮޅު ފިހާރައިން ލިބޭ އާމްދަނީ ކައުންސިލްތަކަށް ދިނުމާއި ޓްރެފިކް ފީވެސް ކައުންސިލަށް ލިބޭ ގޮތް ހެދުމަކީ ނިންމި ރަނގަޅު ނިންމުމެއް ކަން މޭޔަރު ފާހަގަ ކުރެއްވިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްފުވައްމުލައް ސިޓީ މޭޔަރު އިސްމާއިލް ރަފީގް

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ

11 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ
05 ނޮވެމްބަރު 2025

ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން
03 އެޕްރީލު 2024

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

03 އެޕްރީލު 2024
ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ
11 އޯގަސްޓު 2023

ފުވައްމުލަކުގެ ރީތިކަމާއި ގުޅިފައިވާ ކިޅިތައް!

11 އޯގަސްޓު 2023
ފުވައްމުލަކުގެ ރީތިކަމާއި ގުޅިފައިވާ ކިޅިތައް!
14 އޮކްޓޯބަރު 2022

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފުވައްމުލައް ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރައްވައިފި

14 އޮކްޓޯބަރު 2022
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފުވައްމުލައް ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު