Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިސްރައްވެހިންނާއި ބައްދަލުކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފުވައްމުލައް ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރައްވައިފި

ސިޓީގެ އެންމެ ދުވަސްވީ 10 އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 14 އޮކްޓޯބަރު 2022 | ހުކުރު 08:37
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފުވައްމުލައް ސިޓީގެ އިސް ރަށްވެއްސަކާއި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފުވައްމުލައް ސިޓީގެ އިސް ރަށްވެއްސަކާއި ވާހަކަފުޅުދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފުވައްމުލައް ސިޓީގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ އަންހެން އަދި ފިރިހެން އިސްރަށްވެހިންގެ ގޭގެއަށް ޒިޔާރަތްކުރައްވައި، އެބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގެ އެންމެ ދުވަސްވީ 10 އިސްރަށްވެހިންގެ ގޭގެއަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހުކުރު ދުވަހުގެ ހެނދުނު ޒިޔާރަތް ކުރެއްވީ ޢުމުރުން އެންމެ ދޮށީ ދެ އިސްރަށްވެހިންގެ ގެއަށެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހުގެ ހެނދުނު އެކަމަނާ މި ދެގެއަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެ ދެ އިސްރަށްވެހިންނާ ގުޅުންހުރި ކަންކަން ކުރިޔަށްދާގޮތް އޮޅުންފިލުއްވާފައެވެ. އަދި، އެކަމަނާ ވަނީ އެ ބޭފުޅުންގެ ޙާލު ބައްލަވައި، އެބޭފުޅުންނާއެކީ ވަގުތު ހޭދަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށްޓަކައި ފުވައްމުލައް ސިޓީގައި ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.

އެގޮތުން ބުރާސްފަތި ދުވަހު ހެނދުނު އެކަމަނާ ވަނީ ފުވައްމުލައް ސިޓީގައި ބޭއްވި އިސްރަށްވެހިންގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައެވެ. އަދި، އިސްރަށްވެހިން ވެސް ހިމެނިގެން އެކުލަވާލައިގެން އިއްޔެ ހަވީރު ބޭއްވި ގްރައުންޑް ގޮލްފް މުބާރާތުގެ ނިމުން ފާހަގަކުރެއްވުމުގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުފުވައްމުލަކު ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ

11 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ކައުންސިލާއި އެއްވެސް މަޝްވަރާއެއް ނުކުރޭ
05 ނޮވެމްބަރު 2025

ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން

05 ނޮވެމްބަރު 2025
ރައީސް މުޢިއްޒު ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރި ޖަލްސާގައި ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރު ރަފީގު އަށް ނުދިން
03 އެޕްރީލު 2024

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ

03 އެޕްރީލު 2024
ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ
02 ނޮވެމްބަރު 2023

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު