Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއީސަ ކޮވިޑަށް ޕޮޒިޓިވްވުން

ކޮވިޑަށް ޕޮޒިޓިވްވެ އީސައަށް ފުރުސަތު ގެއްލިއްޖެ

ޗައިނާއަށް ފުރުމުގެ ކުރިން ގައުމީ ޓީމު ވަނީ ރާއްޖޭގައި ކޭމްޕްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 މެއި 2021 | އާދީއްތަ 10:45
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ)

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ)

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނަށް އެކުލަވާލާ ގައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑުން ތަޖުރިބާކާރު މިޑްފީލްޑަރު އިސްމާޢީލް އީސަ (މެސީ) އަށް ފުރުސަތު ގެއްލިއްޖެއެވެ.

އުމުރުން 32 އަހަރުގެ އީސަ ކޮވިޑަށް ޕޮޒިޓިވްވެފައިމިވަނީ އޭނާގެ ރަށް ރ. ދުވާފަރުގައި ހޯމް ކަރަންޓީނުގައި ހުއްޓައެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން ނިމުމުން މި މަހު ހަވަނަ ދުވަހު ޗުއްޓީއަށް އީސަ ރަށަށް ދިޔައިރު، މި މަހުގެ 11 ވަނަ ދުވަހު ލިބުނު ނަތީޖާއިން އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ވަނީ ހާމަވެފައެވެ.

ކޮލިފައިން މެޗުތަކަށް މީގެ ކުރިން އެކުލަވާލި 33 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި އީސަ ހިމެނުނު ނަމަވެސް، ކޮވިޑާ ގުޅިގެން އޭނާއަށް ފައިނަލް ސްކޮޑުން ފުރުސަތު ގެއްލޭނެއެވެ. މައުލޫމާތު ލިބޭ ގޮތުން ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓުކުރުމަށްފަހު ހޯމަ ދުވަހުގެ ވަގުތެއްގައި ގައުމީ ޓީމުގެ ރަސްމީ ސްކޮޑް ފައިނަލް ކުރާނެއެވެ.

ގައުމީ ޓީމުން އީސައަށް ފުރުސަތު ގެއްލޭއިރު، މެދުކެނޑުމަކަށްފަހު އޭނާ އަލުން ގައުމީ ޓީމަށް އެނބުރި އައީ މިދިޔަ އަހަރުއެވެ. މި ފަހަކަށް އައިސް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގައި އީސަ ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ލީގުގައި މިހާތަނަށް ހަތް ލަނޑު ޖަހާފައެވެ. އަދި ލީގުގެ ދެވަނަ ބުރުގައި ޔޫވީން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، ޖެހިޖެހިގެން ތިން މޮޅު ހޯދުމުގައި އީސަގެ ދައުރު ބޮޑެވެ.

ޗައިނާއަށް ފުރުމުގެ ކުރިން ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ހޮޓެލް ޖެންގައި ކޭމްޕްކޮށްފައިވާއިރު، ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ކުޅެން ވަނީ ތާވަލުކޮށްފައެވެ.

މީގެ ކުރިން "ރާއްޖެ.އެމްވީ" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ވީއެންމެ އަވަހަކަށް ޗައިނާއަށް ފުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ޖަވާޒް ވިދާޅުވީ ކުރިޔާލާ ޗައިނާއަށް ދިޔުމުގެ ބޭނުމަކީ ރާއްޖޭގައި ފަރިތަކުރުމުގައި ދަތިތަކެއް ކުރިމަތިވާނެތީ، ޗައިނާގައި ރަނގަޅު ފަރިތަކުރުންތަކެއް ކުރިއަށްގެންދިޔުން ކަމަށެވެ. އެހެންކަމުން ޗައިނާއަށް ފުރަން މިހާރު ވިސާ ހުށަހަޅާފައިވާ ކަމަށާއި، ވިސާގެ ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް ގައުމީ ޓީމު ފުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ކޮލިފައިން މެޗުތައް ޗައިނާގައި ކުޅޭއިރު، ރާއްޖެއަށް ބާކީ ތިން މެޗު އެބައޮތެވެ. އެއީ ޗައިނާ އާއި، ސީރިއާ އަދި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗުތަކެވެ. މީގެ ތެރެއިން ސީރިއާ މެޗަކީ ރާއްޖޭގެ ހޯމް މެޗެކެވެ.

އޭޝިއާ ސަރަހައްދުން ހަތަރު ގައުމެއް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި ޗައިނާ އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ ފިލިޕީންސެވެ. އަދި ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

އިސްމާޢީލް އީސަ (މެސީ)ގައުމީ ފުޓްބޯޅަ ޓީމުވޯލްޑް ކަޕާއި އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
13 އޮކްޓޯބަރު 2023

މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި

13 އޮކްޓޯބަރު 2023
މޮޅުވާން މަޖުބޫރު މެޗަށް ގައުމީ ފުޓްބޯޅަ ޓީމު ފުރައިފި
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
11 އޮކްޓޯބަރު 2023

ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު

11 އޮކްޓޯބަރު 2023
ރާއްޖެ މެޗަށް ޓީމުގެ ރޫހު ރަނގަޅު ކުރަންޖެހޭ: ބަނގްލަދޭޝް ކޯޗު
05 އޮކްޓޯބަރު 2023

ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި

05 އޮކްޓޯބަރު 2023
ރާއްޖެއިން 60 ފުޅީގެ ރާ އެތެރެކުރުމުން ބަންގްލަދޭޝްގެ ތިން ކުޅުންތެރިން ސަސްޕެންޑްކޮށްފި
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
28 މެއި 2023

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް
22 މެއި 2023

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

22 މެއި 2023
ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!
21 މެއި 2023

ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި

21 މެއި 2023
ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޕްރެކްޓިސް ފަށައިފި
15 މާރިޗު 2023

ރާއްޖެ – ޕާކިސްތާން ފުޓްބޯޅަ މެޗު ލ. ގަމުގައި

15 މާރިޗު 2023
ރާއްޖެ – ޕާކިސްތާން ފުޓްބޯޅަ މެޗު ލ. ގަމުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު