Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަހުލު ޕްރޮގްރާމް

"އަހުލު" ޕްރޮގްރާމްގެ ދަށުން ހާލުގައި ޖެހިފައިވާ 9 އާއިލާއެއް އަމިއްލަ ރަށަށް

ޕްރޮގްރާމްގައި ބައިވެރިވުމަށް 13 އާއިލާއަކުން ވަނީ އެދިފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 16 މެއި 2021 | އާދީއްތަ 05:41
މާލެ ނޯތް ހާބަރ ސަރަހައްދު

މާލެ ނޯތް ހާބަރ ސަރަހައްދު

ކޮވިޑްގެ ސަބަބުން މާލޭގައި އުޅެން ދަތިވެ، ރަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހިންގާ "އަހުލު" ޕްރޮގްރާމްގެ ދަށުން ޙާލުގައި ޖެހިފައިވާ 9 ޢާއިލާއެއް އަމިއްލަ ރަށަށް ބަދަލުކޮށްފިއެވެ.

މި މައުލޫމާތު ހާމަކޮށްފައި މިވަނީ ބައިނަލްއަޤުވާމީ ޢާއިލާ ތަކުގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ނެރެފައިވާ ބަޔާނެއްގައެވެ. ޖެންޑަރ މިނިސްޓްރީއިން މީގެ ކުރިން ވަނީ "އަހުލު" ޕްރޮގްރާންގެ ދަށުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދުމަށް ހުޅުވާލުމުން 13 ޢާއިލާއަކުން އެކަމަށް އެދިފައިވާކަމަށް ބުނެފައެވެ. ބާކީ ތިބި 4 އާއިލާ ވެސް އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވުމަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް އެހީވަމުންދާކަމަށް މި ބަޔާނަގައި ވަނީ ފާހަގަކޮށްފައެވެ.

Advertisement - newsAdvertisement

ސަރުކާރުން ވަނީ، ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު ވެސް ގެޒެޓްކޮށްފައެވެ.

ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ގެޒެޓްކުރުމާއެކު، މި ޕްރޮގްރާމްގެ ދަށުން އެހީއަށް އެދޭ ފަރާތްތަކާއި އެހީ ފޯރުކޮށްދެވޭ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލައި ބަލަހައްޓަން ޖެހޭނެއެވެ.

މި ޕްރޮގްރާމުގެ ދަށުން ފޯމް ހުށަހަޅަން ޖެހޭނީ އެހީ ބޭނުންވާ މީހާއެވެ. އާއިލާއަކުން ހުށަހަޅާނަމަ ފޯމު ހުށަހަޅާނީ އާއިލާ ތަމުސީލުކުރާ ފަރާތުން އެކަންޏެވެ. އެހީއަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުމެއް ފުރިހަމަވާ ދުވަހުން ފެށިގެން، ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެހީއަށް އެދި ހުށަހަޅާ ފަރާތަށް އެހީ ލިބޭކަން ނުވަތަ ނޫންކަން ޖެންޑަރ މިނިސްޓްރީން އަންގަންވާނެކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ލިޔެކިޔުން ހަމަނުވެއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް ހަމަކޮށް އަލުން ހުށަހެޅުމަށް އެންގުމަށްފަހު ލިޔެކިޔުންތައް މި މުއްދަތުގައި ވެސް ހަމަކޮށް ހުށަނާޅައިފިނަމަ އެ ފޯމު ބާޠިލުވާނެއެވެ. އެހެންނަމަވެސް، ބާޠިލުކުރެވޭ ފޯމު އަލުންް ހުށަހެޅުމުގެ ފުރުޞަތު ލިބޭނެއެވެ.

މި ފުރުޞަތުގެ ދަށުން އެހީ ހޯދުމަށް ދަފުތަރުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ 7 ޝަރުޠެއް ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެހީއަށް އެދި ހުށަހަޅާ ފަރާތުގެ ބެލުމުގެ ދަށުގައި، މަދުވެގެން 18 އަހަރުން ދަށުގެ 1 ކުއްޖަކު ހުންނަން ޖެހޭނެއެވެ. އަދި އެހީއަށް އެދި ހުށަހަޅާ ފަރާތަކީ، ދިރިއުޅުން އެހެން ރަށަކަށް ދިގު މުއްދަތަކަށް ބަދަލުކުރުމަށް ބޭނުންވެ، އެކަން ކުރުމަށް ދަތިވެފައިވާ މީހަކަށް ވާންޖެހެއެވެ. މި ފުރުޞަތުގެ ދަށުން ރަށަށް ބަދަލުވާއިރު، ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެހިފައިވުން، ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ލާޒިމެވެ.

ބައިނަލްއަޤުވާމީ ޢާއިލާ ތަކުގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ނެރެފައިވާ ބަޔާނުގައި އަހުލު ޕްރޮގްރާމްގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކޮށްފައިވާއިރު، މިއަހަރުގެ މިދުވަސް ކުރިމަތިވެފައިވަނީ ޢާއިލާތަކަށް އެކި ގޮތްގޮތުން ގިނަ ގޮންޖެހުން ބޮޑު ދުވަސްވަރަކާކަން މި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މިއީ ވަރަށް ގިނަ ޢާއިލާތަކަށް ނުތަނަވަސްކަމާއި، ކަންބޮޑުވުން ކުރިމަތިވެފައިވާ ވަގުތެއްކަމުގައިވާއިރު، ކޮވިޑްގެ ސަބަބުން ޞިއްޙީގޮތުން ކުރިމަތިވާ އުނދަގޫތަކުގެ އިތުރުން އިޖުތިމާއީ ގޮތުންނާއި، ނަފްސާނީ ގޮތުން އަދި މާލީގޮތުން ގިނަގޮންޖެހުންތަކަކާ ޢާއިލާތަކަކުން ކުރިމަތިލާންޖެހިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެންމެ ބޭނުންވާ އެއް ކަމަކީ ޢާއިލީ ގުޅުން ބަދަހިކުރުންކަން ފާހަގަކޮށް ޢާއިލާގެ އެކަކު އަނެކެއްގެ ޙާލު އޮޅުންފިލުވައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، މި ބަލިން ޢާއިލާގެ މެންބަރުން ރައްކާތެރިކުރުމަށްޓަކައި ޢާއިލާގެ ކޮންމެ މެންބަރަކު ވެސް ފަރުދީ ގޮތުން އަދާކުރައްވަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ގޮވާލެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް ޢާއިލާގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކޮވިޑް ނުފެތުރޭނެ ގޮތަކަށް ޢަމަލުކުރެއްވުމަކީ ޢާއިލާގެ އެހެން މެންބަރުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށް ގޮވާލެއްވިއެވެ.

ޖެންޑަރ މިނިސްޓްރީއިން ވަނީ ޢާއިލާތަކުގެ ދުވަހެއް ފާހަގަކުރެވޭއިރު ޢާއިލާގެ ފަރާތުން ރައްކާތެރިކަމާއި، އަޅާލުމާއި، ލޯބި ނުލިބުމުގެ ސަބަބުން ޢާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ ނަސީބުން މަހުރޫމްވެފައިވާ ގިނަ އަދަދެއްގެ ކުދިންނާއި، މީހުން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މަރުކަޒުތަކުގައި ތިބިކަން ފާހަގަކޮށްފައެވެ. އަދި ޢާއިލީ ވެއްޓެއްގައި އުފާވެރިކަމާއެކު ދިރިއުޅުމަކީ ކޮންމެ ކުޑަކުއްޖަކަށް ވެސް ލިބިގެންވާ ޙައްޤަކަށް ވެފައި، އެ ޙައްޤުން މަހްރޫމްވުމަކީ ކުއްޖާގެ ކުރިމަގަށް ނޭދެވޭ އެތައް އަސަރެއް ކުރާނެ ކަމެއްކަމަށް އެ މިނިސްޓްރީގެ ބަޔާނުގައިވެއެވެ. ހަމަ މިފަދައިން އުމުރުން ދުވަސްވީ މީހުންނާއި، ނަފްސާނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް އެފަރާތްތަކުގެ ޢާއިލާގެ އަޅާލުމެއް ނެތި މަރުކަޒެއްގައި ދިރިއުޅެންޖެހުމަކީ އެ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރަށް ގޯސްވުމަށް މަގުފަހިކޮށްދޭނެ ކަމެއްކަން އެތައް ދިރާސާއަކުން ފާހަގަވެފައިވާ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު، އަނިޔާ ލިބިފައިވާ ކުދިންގެ ޙައްޤުގައި އަދާހަމަކޮށް ބަލަހައްޓަން ޖެހޭ - މިނިސްޓަރު

06 ނޮވެމްބަރު 2023
 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު ޑިޖިޓަލައިޒްކޮށް އިފްތިތާޙްކޮށްފި

06 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހުރިހާ އަތޮޅެއްގައި ފެސިލިޓޭޓަރުން ތަމްރީންކޮށް ނިމިއްޖެ

18 ޖުލައި 2023
މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

މެއި މަހުގެ ކޮންމެ ދުވަހަކު ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލައެއް ހުށަހެޅި

27 ޖޫން 2023
ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ހެދި ކުޑަކުދިންގެ ކާޓޫން އަދި ވާހަކަ ފޮތް ސިރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

26 މެއި 2023

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު