ހޯމަ ދުވަހު އިޒްރޭލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތައް

15 ސެޕްޓެންބަރ 2025 | ހޯމަ 20:32
-
287
އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 64،871 މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ހިޖުރަ ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ އިޒްރޭލުން މަދަނީ އިމާރާތްތަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާތަކަށް ފާޑުކިޔާފައި - ފޮޓޯ: ރޮއިޓަރސް
އިޒްރޭލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކަށް ފަހު އަލް ކައުސަރު ޓަވަރުން ދުން އަރަނީ - ފޮޓޯ: އީޕީއޭ
އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާއަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުން، ވީރާނާ ވެފައިވާ އިމާރާތެއްގެ ކުނިތަކުތެރެއިން ވިއްކާނެ ނުވަތަ ކެއްކުމަށް ބޭނުންކުރެވޭނެ ލަކުޑި ހޯދަނީ - ފޮޓޯ: އޭޕީ
ބޮމުގެ ހަމަލާތައް އިތުރަށް ވަރުގަދަވެ، އިޒްރޭލުން އެތައް ފަހަރަކު ހަމަލާ ދީފައިވާ "ސޭފް ޒޯން" އެއްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށްވާ އަލް މަވާސީއަށް ފިލައިގެން ދާން އާއިލާތަކަށް މަޖުބޫރުވެފައިވޭ - ފޮޓޯ: ރޮއިޓަރސް
މިދިޔަ ދުވަސްކޮޅު އިޒްރޭލު ސިފައިން ވަނީ ޣައްޒާ ސިޓީއަށް ދެމުން ގެންދާ ވައިގެ ހަމަލާތައް ވަރުގަދަ ކޮށްފަ - ފޮޓޯ: ރޮއިޓަރސް
އިޒްރޭލު ސިފައިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ފަލަސްތީނުގެ 53 މީހުން މަރާލައި، ޣައްޒާގެ 16 އިމާރާތެއް ބިމާ ހަމަ ކޮށްފައިވޭ - ފޮޓޯ: ރޮއިޓަރސް