މީޑިއާ ކޮންޓްރޯލްކުރާ ބިލު ބޭރުކުރަން ގޮވާލާ ނޫސްވެރިން ކުރި އިހުތިޖާޖު

10 ސެޕްޓެންބަރ 2025 | ބުދަ 16:45
-
916
"މީޑިއާ ކޮންޓްރޯލް ބިލް" ދިރާސާ ކުރާ ކޮމެޓީ ސިއްރުކޮށް ކޮމެޓީގައި ތިބި ނޫސްވެރިން ނެރުމާއި ގުޅިގެން އަންގާރަ އަދި ބުދަ ދުވަހުވެސް، މަޖިލިސް ސަރަހައްދުގައި ނޫސްވެރިން ވަނީ އިހުތިޖާޖު ކޮށްފަ އެވެ.
މަޖިލިސް ދޮށުގައި ނޫސްވެރިން އަޑު އުފުލަނީ - ފޮޓޯ: ރާއްޖެއެމްވީ
އަވަސްއަރުވާލައިގެން މި ބިލު ފާސްކުރުމަށް ޕީއެންސީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދާތީ، އެކަމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ މުޒާހަރާ ކުރަމުން - ފޮޓޯ: ރާއްޖެއެމްވީ
އިހުތިޖާޖު ކުރާ ނޫސްވެރިން ބުނަމުން ދަނީ މިނިވަން މީޑިއާ ކޮންޓްރޯލް ކުރާ ބިލަކީ ސަރުކާރުން ހިންގާ ހިޔާނާތާ ފަސާދަ ރައްޔިތުންނަށް ފޮރުވުމަށް ފާސް ކުރަން މަސައްކަތް ކުރާ ބިލެއް ކަމަށް- ފޮޓޯ: ރާއްޖެއެމްވީ
ބިލު ބޭރުކޮށްލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނޫސްވެރިންގެ ފަރާތުން ޕެޓިޝަނެއް ވެސް ވަނީ ހުށަހަޅާފަ - ފޮޓޯ: ރާއްޖެއެމްވީ
މި ބިލު ބޭރުކޮށްލަން ގޮވާލާ ނޫސްވެރިން ދަނީ މުޒާހަރާ ކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ބޮޑު ކެމްޕޭނެއް ވެސް ކުރިއަށް ގެންދަމުން - ފޮޓޯ: ރާއްޖެއެމްވީ
އަންގާރަ ދުވަހު "މީޑިއާ ކޮންޓްރޯލް ބިލް" ދިރާސާ ކުރާ ކޮމެޓީ ސިއްރުކޮށް ކޮމެޓީގައި ތިބި ނޫސްވެރިން ނެރުމާއި ގުޅިގެން މަޖިލިސް ސަރަހައްދުގައި ނޫސްވެރިން އިހުތިޖާޖު ކުރަނީ - ފޮޓޯ: ރާއްޖެއެމްވީ