31 އޯގަސްޓް 2025 | އާދީއްތަ 17:55
-
4681
ފުލުހުންގެ ވެހިކަލެއްޖެހި ސައިކަލު ޓެކްސީ ޑްރައިވަރަކު މަރުވުމާ ގުޅިގެން އިންޑޮނޭޝިއާގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި މުޒާހަރާތަކެއް ފަށައިފި އެވެ.
ޖަކާޓާ މޮބައިލް ބްރިގޭޑް ގެ ބޭރުގައި ހިނގި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ރަޔަޓް ފުލުހުން ކަރުނަ ގޭސް ބޭނުންކުރަނީ - ފޮޓޯ: ރޮއިޓަރސް
މުޒާހަރާގެ ބައިވެރިން ބްރިމޮބް ހެޑްކުއާޓާސްގެ ބޭރުގައި ފަޔަރވޯކްސް ބޭނުން ކުރަނީ - ފޮޓޯ: ރޮއިޓަރސް
އިންޑޮނޭޝިއާގެ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު މަންޒިލެއް ކަމަށްވާ ބާލީގައި ހުންނަ ފުލުހުންގެ މައި މަރުކަޒު ކުރިމަތީގައި އެތައް ސަތޭކަ ދަރިވަރުންނާއި އޮޖެކް ސައިކަލު ޓެކްސީ ޑްރައިވަރުން މުޒާހަރާކުރަނީ - ފޮޓޯ: އީޕީއޭ
ބާލީގެ ޑެންޕަސަރުގައި ހުންނަ ޕާލިމެންޓް އިމާރާތުގެ ބޭރުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިންގަނީ - ފޮޓޯ: އީޕީއޭ
މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކުގެ މެދުގައި ހަމަނުޖެހުންތައް ހިނގަމުން ދަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ދީލަތި ބޯހިޔާވަހިކަމުގެ އެލަވަންސެއް ދިނުމާ މެދު އާންމުންގެ ނުތަނަވަސްކަން ބޮޑުވެ، ސުރަބަޔާގައި މުޒާހަރާކުރަން ފެށުމުން - ފޮޓޯ: އީޕީއޭ
ޖަކާޓާ ފުލުހުންގެ މައި މަރުކަޒުގެ ބޭރުގައި ކުރި މުޒާހަރާގައި މުޒާހަރާގެ ބައިވެރިން އިންޑޮނޭޝިއާގެ ދިދައަކާއި ޖަޕާނު އެނިމޭ "ވަން ޕީސް" ގެ ދިދައެއް ހިފައިގެން - ފޮޓޯ: ރޮއިޓަރސް