12 ސެޕްޓެންބަރ 2025 | ހުކުރު 18:40
-
1134
އއ. ބޮޑޮފޮޅުދޫއަށް ކުރެއްވި ދަތުރުފުޅަށްފަހު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މާލެ ވަޑައިގެންފައި ވަނީ ހުކުރު ދުވަހު އެވެ.
ރައީސް ސާލިހަށް މަރުހަބާ ދެންނެވުމަށް ބޮޑުފޮޅުދޫގެ ކުދި ބޮޑު ގިނަ ރައްޔިތުންތަކެއް އެރަށު ބަނދަރު ސަރަހައްދަށް ޖަމާވެފައި - ފޮޓޯ: ރާއްޖެއެމްވީ
ރައީސް ޞާލިހުގެ މި ދަތުރުފުޅުގައި ޚާއްސަ އެހީއާއި ރައްކާތެރިކަމަަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރަތް ކުރައްވާފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
މިދަތުރުފުޅުގައި ރައީސް ޞާލިހު، ބޮޑުފޮޅުދޫގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވާފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
ރައީސް ޞާލިޙް ބޮޑުފޮޅުދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފޮޅުދޫގައި ބޭއްވި ޖަލްސާގައި ތިބި ކުޑަ ކުދިންތަކަކާ ރައީސް ޞާލިޙް ސަލާމް ކުރައްވަނީ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފޮޅުދޫގައި ރައީސް ޞާލިޙް ވަޑައިގެން އުޅުއްވާތީ ބޭއްވި ޖަލްސާގައި އައިޓަމެއް ހުށަހަޅާދިން ކުދިންތަކަކާއި އެކީ ރައީސް ޞާލިޙް ފޮޓޯ އަކަށް ހުއްޓިލައިގެން - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފޮޅުދޫއަށް އަށް ރައީސް ޞާލިޙު ކުރެއްވި މި ދަތުރުފުގައި އެމަނިކުފާނުގެ އަރިހުގައި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އިތުރުން، އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ރަޝީދު ޙުސެއިން (ބިގޭ) ވެސް ބައިވެރިވެ ވަޑައިގެންނެވި - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފޮޅުދޫ ކައުންސިލްގެ ފަރާތުން ރައީސް ޞާލިހުގެ ވެރިކަމުގައި ބޮޑުފޮޅުދޫއަށް ގެނެސްދީފައިވާ ތަރައްގީގެ އަގު ވަޒަންކުރުމުގެ ގޮތުން ޚާއްސާ އެވޯޑެއް ދެއްވަނީ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފޮޅުދޫގައި ރައީސް ޞާލިޙް ވަޑައިގެން އުޅުއްވާތީ ބޭއްވި ޖަލްސާގެ ބައިވެރިން - ފޮޓޯ: ރާއްޖެއެމްވީ
އއ. ބޮޑުފޮޅުދޫގެ ރައްޔިތުން ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ހޫނު މަރުހަބާއެއް ދަންނަވާފައި - ފޮޓޯ: ރާއްޖެއެމްވީ