މާޒީވި ދިވެހި ތަޚުތު ފަޅުފިލުވައި ދެއްވި، ރަހުންނާއި ރަނީންގެ ޒިޔާރަތްތައް

25 ޖުލައި 2020 | ހޮނިހިރު 23:13
-
57064
ކޮންމެ ލީޑަރެއްގެ ހިމޭން މަޤުބަރާއިން، ފެންނާން އޮތީ، މިނިވަންކަމަށް، ދިވެހީން ވެފައިވި، ގުރުބާނީތަކުގެ އެތައް ސަފުޙާ ތަކެކެއެވެ.
މާލޭގެ ހުކުރު މިސްކިތު ގަބުރުސްތާން - މި ސަހަރާގައިވާ ކޮންމެ ލީޑަރެއްގެ ހިމޭން މަޤުބަރާއިން، ފެންނާން އެ އޮތީ، މިނިވަންކަމަށް، ދިވެހީން ވެފައިވި، ގުރުބާނީތަކުގެ އެތައް ސަފުޙާ ތަކެއް - ފޮޓޯ:ރާއްޖެއެމްވީ
މާލޭގެ ހުކުރު މިސްކިތު ގަބުރުސްތާން - މި ސަހަރާ ތެރެއިން ފެންނާން އޮތީ، ހުކުރު މިސްކިތް ބިނާކުރެއްވި، އަދި ޢަލީރާޖާގެ ބާރުގެ ދަށުގައި އޮތް އަންދުރޯތަށް ޙަމަލާދެއްވައި، މަލިކުވެސް ރާއްޖޭގެ ބާރުގެދަށަށް ގެންނެވި، އައްސުލްޠާން އިބްރާހިމް އިސްކަންދަރު (އިސްކަންދަރު ރަސްގެފާން) ގެ ޒިޔާރަތް - ފޮޓޯ:ރާއްޖެއެމްވީ
މާލޭގެ ހުކުރު މިސްކިތު ގަބުރުސްތާން - ހުކުރުމިސްކިތު ގަބުރުސްތާނުގައި ދޮންބަންޑާރައިން ފަސްދާނަ ލެވިފައިވަނީ، މުލީއާގޭ ރަސްމީ ދޮރާށްޓާއި ދިމާގައިހުރި ޒިޔާރަތެއްގައި - ފޮޓޯ:ރާއްޖެއެމްވީ
މެދުޒިޔާރަތް - ރާއްޖެ އިސްލާމްކުރެއްވި އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ، ފަސްދާނު ލެވިފައި އޮތީ މެދުޒިޔާރަތުގައި - ފޮޓޯ:ރާއްޖެއެމްވީ
އިހުގެ މުލީގެ ހުރި ބިން، މިހާރުގެ ނަމުންނަމަ މުލިއާގެ - ރާއްޖެ އިސްލާމްކުރެއްވި އަބުލް ބަރަކާތުލް ޔޫސުފުލް ބަރުބަރީ، ފަސްދާނު ލެވިފައި އޮތީ މެދުޒިޔާރަތުގައި - ފޮޓޯ:ރާއްޖެއެމްވީ
މާލޭގެ ހުކުރު މިސްކިތު ގަބުރުސްތާން - ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި، އަލް މަރުޙޫމް އިބްރާހިމް ނާސިރު ފަދަ، ނުހަނު މަތިވެރި ޚިދުމަތް ކުރެއްވި، އެތައް ބޭފުޅެއްގެ މަގުބަރާ ވަނީ މި ސަހަރާގައި - ފޮޓޯ:ރާއްޖެއެމްވީ