ފޮޓޯ: 4 މަހުގެ މެދުކެނޑުމަކަށްފަހު އިއްތިހާދުގެ ފުރަތަމަ ފްލައިޓް ވެލާނާ އެއާޕޯޓަށް!
19 ޖުލައި 2020 | އާދީއްތަ 04:06
-
58820
ހަތަރު މަހުގެ މެދުކެނޑުމަކަށް ފަހު އިއްތިހާދުގެ ފުރަތަމަ ކޮމަރޝަލް ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޖައްސައިފައެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލާފައިވާއިރު، ހޮނިހިރު ދުވަހު ވަނީ އިއްތިހާދުގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައެވެ. އެކަމާ ގުޅިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ކުރި ޓްވީޓެއްގައި ވަނީ އިއްތިޙާދުގެ ފްލައިޓުތަކަށް މަރުޙަބާ ކިޔާ ކަމަށް ބުނެފައެވެ.
އިއްތިހާދުގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި - ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ބޯޑަރު ބަންދުކުރީ މާރޗު މަހުގެ 27 ވަނަ ދުވަހު -- ފޮޓޯ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް / ޓުވިޓަރ
އިއްތިހާދުގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި - ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ ތިން މަހަށްވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށް ފަހު -- ފޮޓޯ: އެމްއޭސީއެލް / ޓުވިޓަރ
އިއްތިހާދުގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި - ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އޮން އެރައިވަލް ވިސާ ހަމަޖައްސާ އިރު ވަކި ގައުމެއް އިސްތިސްނާ ނުވާ ގޮތަށް ހުރިހާ ގައުމަކަށް ވެސް އޮން އެރައިވަލް ވިސާ ދޫކުރުމަށް ވަނީ ނިންމާފަ -- ފޮޓޯ: އެމްއޭސީއެލް / ޓުވިޓަރ
އިއްތިހާދުގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި - ލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ކުރި ޓްވީޓެއްގައި ވަނީ އިއްތިޙާދުގެ ފްލައިޓުތަކަށް މަރުޙަބާ ކިޔާ ކަމަށް ބުނެފަ -- ފޮޓޯ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް / ޓުވިޓަރ
އިއްތިހާދުގެ ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި - ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލި -- ފޮޓޯ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް / ޓުވިޓަރ