ރާއްޖެއަށް ކުރަމުންދާ ވިއްސާރަ - މާލޭގެ ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓުން
18 ޖުލައި 2020 | ހޮނިހިރު 09:56
-
49026
ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އެކި ރަށްރަށަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާއިރު، ވެރިރަށް މާލޭގެ މަގުތަކުގައި ހުރި ބައެއް ގަސްތައް ވެއްޓިފައި ވެއެވެ. 18 ޖުލައި 2020 ވަނަ ދުވަހު ކުރީގެ ޒުވާނުންގެ މަރުކަޒުގެ ގޯތިތެރޭގައި ހުރި ގަހެއް ވެއްޓި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ ވާ ކާރަކަށް ވަނީ ގެއްލުންވެފައެ އެވެ.
ޒުވާނުންގެ މަރުކަޒުގައި ހުރި ގަހެއް މަޖީދީ މަގަށް ވެއްޓިފައި - މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން މީގެ ކުރިންވެސް މާލޭގައި ހުރި ބައެއް ބޮޑުތި ގަސްތައް ވެއްޓިފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
ގަސް ވެއްޓުމުގެ ސަބަބުން ޕާކު ކޮށްފައިވާ ކާރެއްގެ ކުރީ ކޮޅު ހަލާކުވެފައި - ފޮޓޯ: ރާއްޖެއެމްވީ
ގަސް ވެއްޓުމުގެ ސަބަބުން ޕާކު ކޮށްފައިވާ ކާރެއްގެ ކުރީ ކޮޅު ހަލާކުވެފައި - ފޮޓޯ: ރާއްޖެއެމްވީ
ކުރީގެ ޒުވާނުންގެ މަރުކަޒުގެ ގޯތިތެރޭގައި ހުރި ގަހެއް ވެއްޓިފައި - ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާ ކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ
ކުރީގެ ޒުވާނުންގެ މަރުކަޒުގެ ގޯތިތެރޭގައި ހުރި ގަހެއް ވެއްޓިފައި - ވައިގަދަވުމާ ގުޅިގެން އެ ސަރަހައްދުގައި ހުރި ބޮޑެތި ގަސްތަކެއް ވެއްޓި ޕާކުކޮށްފައިވާ ކާރުތަކަށް ވަނީ ގެއްލުންވެފައި - ފޮޓޯ: ރާއްޖެއެމްވީ
ކުރީގެ ޒުވާނުންގެ މަރުކަޒުގެ ގޯތިތެރޭގައި ހުރި ގަހެއް ވެއްޓިފައި - ގަސް ވެއްޓުމުގެ ސަބަބުން މީހަކަށް ގެއްލުން ނުވި ނަމަވެސް އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް ކާރުތަކަށް ވަނީ އެކި ވަރުގެ ގެއްލުންވެފައި - ފޮޓޯ: ރާއްޖެއެމްވީ