21 ޖުލައި 2020 | އަންގާރަ 21:10
-
52491
ކޮވިޑް-19ގެ ސަބަބުން މާލެސިޓީގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިތަކެއް ދީފައިވާއިރު އާންމުން މަގުމަތީގައި ހަރަކާތްތެރިވާ މިންވަރު ނިސްބަތުން ގިނަކަން ފާހަގަކޮށްލެވެއެވެ.
މާލެ އާޓިފިޝަލް ބީޗް ސަރަހައްދުގައި އުޅަނދުތައް ދުއްވަނީ، މި ސަރަހައްދުގައި ކޮތަރުތައް މިހާރު ގިނަކަން ފާހަގަކޮށްލެވޭ - ފޮޓޯ: ރާއްޖެއެމްވީ
މޭވާ އަދި ތަރުކާރީގެ ބައެއް ބާވަތްތައް، ކަރާ އަކީ ދިވެހިން ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ އެއް މޭވާ - ފޮޓޯ: ރާއްޖެއެމްވީ
މާލޭ ސިޓީގެ ދަތުރުވެރިންގެ މާރުކޭޓު ސަރަހައްދުގައި މީހަކު ހިނގާފައި ދަނީ، މިއީ މާލޭގެ އެންމެ ހަލަބޮލި އެއް ސަރަހައްދު - ފޮޓޯ: ރާއްޖެއެމްވީ
މާރުކޭޓު ސަރަހައްދުގައި ހުރި ފިހާރައެއްގެ ތެރޭގައި އެ ފިހާރައިގެ މީހަކު، ތަންތަނުން ހިދުމަތް ދިނުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިސްކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
މާލެ ނޯތު ހާބަރު ސަރަހައްދުގައި ބިދޭސީންތަކެއް ހަރަކާތްތެރިވަނީ، ރާއްޖެއިން ފެނުނު ކޭސްތަކުގެ ތެރޭގައި ބިދޭސީން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އިތުރު - ފޮޓޯ: ރާއްޖެއެމްވީ