ބޯކޮށް ވާރޭވެހި ޖަޕާންގެ މަގުތައް ކިސަޑުގެ ކޯރުތަކަށް ވެފައި

10 ޖުލައި 2020 | ހުކުރު 08:26
-
47904
ކްޔޫޝޫއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ 60 މީހަކު މަރުވެފައިވާ ކަމަށް ވަނީ ލަފާކޮށްފައެވެ. ޖަޕާނުގެ ދެކުނު ހުޅަނގުގައި އޮންނަ ކުޔޫޝޫއަށް ވާރޭ ހުއްޓާލި އިރު ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމާއި ގުޅިގެން މުޅި ރަށް ވަނީ ކިސަޑުގެ ކޯރަކަށް ވެފައެވެ. އަދިވެސް ޖަޕާނު މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ފެންބޮޑުވުމާއި ގުޅިގެން އެ ރަށަށް ވަނީ އެކި ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބި އާންމު ދިރިއުޅުމަށް ވެސް ބުރޫ އަރާފައެވެ.
ޖަޕާނަށް ކުރި ވިއްސާރަ - ޖަޕާނުގެ ދެކުނުގެ ރަށެއް ކަމަށްވާ ކްޔޫޝޫގެ ކޯރު ކައިރީގައި އާންމު ދަތުރުފަތުރުތަކަށް ބޭނުންކުރާ މަގެއް އެއްކޮށް ހަލާކުވެފައި - ފޮޓޯ: ރޮއިޓަރސް
ޖަޕާނަށް ކުރި ވިއްސާރަ - ފެންބޮޑުވުމުގެ ހާދިސާގައި ގިނަ ގެތަކެއް ބިމާ ހަމަވެފައިވޭ. އަދި ގިނަ އަދަދެއްގެ މީހުން މި ހާދިސާގައި ވަނި މަރުވެފައި - ފޮޓޯ: ރޮއިޓަރސް
ޖަޕާނަށް ކުރި ވިއްސާރަ - ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް މަގުތަކުގެ ތާރު ހަލާކުވެފައި - ފޮޓޯ: ރޮއިޓަރސް
ޖަޕާނަށް ކުރި ވިއްސާރަ - ފެންބޮޑުވުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކޯރު ހުރަސް ކުރަން ހަދާފައި އިން ބްރިޖެއް ވެއްޓިފައި - ފޮޓޯ: ރޮއިޓަރސް
ޖަޕާނަށް ކުރި ވިއްސާރަ - ފެންބޮޑުވުމުގެ ސަބަބުން ލިބު ގެއްލުންތަކުގެ ސަބަބުން ގެއަކަށް ލިބުނު ގެއްލުން އެ ގޭގެ ވެރިފަރާތުން ބަލަނީ. ހިފާ ގެންގުޅޭ ތަކެތީގެ އިތުރުން ވެހިކަލްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވޭ - ފޮޓޯ: ރޮއިޓަރސް
ޖަޕާނަށް ކުރި ވިއްސާރަ - ޖަޕާނުގެ ދެކުނުގެ ރަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން މަގުތައް ކިސަޑުން ފުރިފައި. އާންމު ދަތުރުފަތުރުތަކަށް ވެސް މީގެ ސަބަބުން ވަނީ ބުރޫ އަރާފައި - ފޮޓޯ: ރޮއިޓަރސް
ޖަޕާނަށް ކުރި ވިއްސާރަ - ފެންބޮޑުވުމުގެ ސަބަބުން ގެއެއްގެ ތެރޭގައި ހެދިފައި ހުރި ކިސަޑުތައް ކުއްޖަކު ސާފުކުރަނީ - ފޮޓޯ: ރޮއިޓަރސް
ޖަޕާނަށް ކުރި ވިއްސާރަ - ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން އިމާރާތްތައް ވެއްޓި ސުންނާފަތި ވެފައި - ފޮޓޯ: ރޮއިޓަރސް
ޖަޕާނަށް ކުރި ވިއްސާރަ - ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވޭ. އޭގެ ތެރޭގައި މަގުތައް ހަލާކުވުމާއި ގަސްތައް ވެއްޓުމުގެ އިތުރުން ގެތައް ހަލާކުވެފައިވޭ - ފޮޓޯ: ރޮއިޓަރސް
ޖަޕާނަށް ކުރި ވިއްސާރަ - ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަރިއަޅާލާފައި އޮތް ކުޑަ ވޭނެއް ނެގުމުގެ މަސައްކަތް ޖަޕާނުގެ ފުލުހުން ކުރަނީ - ފޮޓޯ: ރޮއިޓަރސް
ޖަޕާނަށް ކުރި ވިއްސާރަ - ބޯކޮށް ވާރޭވެހުމުގެ ސަބަބުން ލިބުނު ގެއްލުންތައް ޖަޕާނުގެ ފުލުހުން ބަލަނީ. ގިނަ އަދަދެއްގެ ގެތަކާއި އިމާރާތްތައް ވަނީ ވެއްޓިފައި - ފޮޓޯ: ރޮއިޓަރސް
ޖަޕާނަށް ކުރި ވިއްސާރަ - ޖަޕާނުގެ ދެކުނު ހުޅަނގު ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން މަގުތަކުގައި ހެދިފައި ހުރި ކިސަޑުތައް މީހަކު ކަހަނީ - ފޮޓޯ: ރޮއިޓަރސް