ރައީސް ސޯލިޙު ސިފައިންނާއި ފުލުހުންނާ ބައްދަލުކުރެއްވުން

7 ޖުލައި 2020 | އަންގާރަ 08:21
-
37800
ރައީސް ސޯލިހު ސިފައިންނާއި ފުލުހުންނާއި ބައްދަލުކުރައްވާފައިވަނީ 5 ޖުލައި 2020 ވަނަ ދުވަހު އެވެ.
ރައީސް ސޯލިހު ސިފައިންނާއި ބައްދަލުކުރެއްވި ރަސްމިއްޔާތުގެ ސިފައިންގެ ބޭފުޅުން - ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި، އޭނާގެ ދަށުން މަސައްކަތް ކުރެއްވި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމްގެ އިތުރުން، އެމްއެންޑީއެފްގެ އޮފިސަރުން އަދާކުރެއްވި މުހިންމު ދައުރަށްޓަކައި، ރައީސް ސޯލިހު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ސިފައިންނާއި ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތު ނިންމަވާލެއްވުމަށްފަހު ދުޢާގައި ރައީސް ސޯލިހު އަދި މިނިސްޓަރ މާރިޔާ ބައިވެރިވެވަޑައިގަންނަވަނީ - މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ މިނިސްޓަރ މާރިޔާ އަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައި، އެގޮތުން އެމަނިކުފާނު ވިދާޅުވީ، ވަރަށް ގިނަ އަދަދެއްގެ އިދާރާ ހިމެނޭ ގޮތުން، އެމަނިކުފާނު އެކުލަވައިލި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޗެއަރޕާސަންގެ ހައިސިއްޔަތުން ކޮވިޑް-19 ގެ އެންމެހައި ކަންކަން ވިލަރެސް ކުރެއްވުމުގައި، އެކަމަނާގެ ލީޑަރޝިޕްގެ ހަރުދަނާކަން ވަރަށް ރަނގަޅަށް ސާބިތު ކޮށްދެއްވި ކަމަށް - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ސިފައިންނާއި ބައްދަލުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން - ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި، އޭނާގެ ދަށުން މަސައްކަތް ކުރެއްވި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމްގެ އިތުރުން، އެމްއެންޑީއެފްގެ އޮފިސަރުން އަދާކުރެއްވި މުހިންމު ދައުރަށްޓަކައި، ރައީސް ސޯލިހު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ސިފައިންނާއި ބައްދަލުކުރެއްވި ރަސްމިއްޔާތުގެ ތެރެއިން - ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް އާއި، އޭނާގެ ދަށުން މަސައްކަތް ކުރެއްވި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމްގެ އިތުރުން، އެމްއެންޑީއެފްގެ އޮފިސަރުން އަދާކުރެއްވި މުހިންމު ދައުރަށްޓަކައި، ރައީސް ސޯލިހު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ސިފައިންނާއި މުޚާތަބުކުރައްވަނީ - އެމަނިކުފާނު ވިދާޅުވީ، މި ރާއްޖެ ތަރައްގީ ކުރުމާއިގެން ކުރިއަށް މިދަނީ، މި ގައުމުގެ ދިފާއީ މައި ތަނބަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ބަލައިގެން ކަމަށް - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ސިފައިންނާއި މުޚާތަބުކުރައްވަނީ - ދިވެހި ސިފައިންނަކީ، އިލްމީ ގޮތުންނާއި ފަންނީ ގޮތުން އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ނަފްސާނީ ގޮތުންވެސް ސިފަވަންތަ ބަޔަކަށް ހެދުމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
ސިފައިންނާއި ބައްދަލުކުރެއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު، ޑިފެންސް މިނިސްޓަރ މާރިޔާދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލު - ރައީސް ސޯލިހު ސިފައިންނާއި ބައްދަލުކުރައްވާފައިވަނީ 5 ޖުލައި 2020 ގައި ކަޅުތުއްކަލާކޮށީގައި - ފޮޓޯ: ރައީސް އޮފީސް
ސިފައިންނާއި ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަޅުތުއްކަލާކޮށްޓަށް ވަޑައިގަންނަވަނީ، މަރުހަބާ ދެންނެވުމަށް ޑިފެންސް މިނިސްޓަރ މާރިޔާދީދީ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލު މަޑުކޮށްލައްވައިގެން -ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ފުލުހުންނާއި ބައްދަލުކުރެއްވުން - އެމަނިކުފާނު އަރިހުގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އިތުރުން ބައެއް އެހެން ފުލުހުން - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ފުލުހުންނާއި ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން - މި ރަސްމިއްޔާތު ބާއްވާފައިވަނީ 5 ޖުލައި 2020 ގައި އިސްކަންދަރުކޮށީގައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ފުލުހުންނާއި ބައްދަލުކުރެއްވުން - ބައެއް މީޑިއާތަކުން ބައެއް ފަހަރު މައުލޫމާތު އާންމު ކުރާ ގޮތުން ރައްޔިތުންނަށް ކަމުގެ ހަގީގަތް ވަރަށް ބޮޑަށް އޮޅިގެންދާ ކަމަށާއި، މިކަން މިގޮތަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ އެފަދަ މައްސަލަތަކުގެ ތެދު މައުލޫމާތު ރައްޔިތުންނަށް އެނގެން ބޭނުންވާ ވަގުތުގައި ހާމަ ނުކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ފުލުހުންނާއި ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން - މި ރަސްމިއްޔާތު ބާއްވާފައިވަނީ 5 ޖުލައި 2020 ގައި އިސްކަންދަރުކޮށީގައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ފުލުހުންނާއި ބައްދަލުކުރެއްވުން - ފުލުހުންގެ ތެރެއިން ވެސް ކަންކަން އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާކަން ރައީސް ފާހަގަކުރެއްވި - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ފުލުހުންނާއި ބައްދަލުކުރެއްވުން - ފުލުހުންނަށް ހުށަހެޅޭ ހައްސާސީ މައްސަލަތަކުގެ ތެދު މައުލޫމާތު އޭގެ ވަގުތުގައި ރައްޔިތުންނާ ހިއްސާ ކުރުން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ފުލުހުންނާއި ބައްދަލުކުރެއްވުން - ފުލުހުންގެ ޝިއާރަކީ ހިމާޔަތް ކުރުމާއި ޚިދުމަތް ކުރުން ކަމަށާއި، އަމަލީ ގޮތުން އެބޭފުޅުން ސާބިތުކޮށް ދެއްވަމުން ގެންދަވަނީ އެ ޝިއާރުގެ މަތީގައި ދިވެހި ފުލުހުން ދެމިތިބިކަން ކަމުގައި ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
ފުލުހުންނާ ބައްދަލުކުރެއްވުމަށް ރައީސް ސޯލިހު، އިސްކަންދަރުކޮށްޓަށް ވަޑައިގަންނަވަނީ - ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އައީ ވަރަށް މުހިންމު ވައުދުތަކާއެކު ކަމަށާއި، މި ވައުދުތަކުގެ ތެރެއިން އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އަދުލު އިންސާފު ހޯދައިދީ މުޖުތަމައުގައި އަމާންކަމާއި ހަމަޖެހުން ގާއިމުކޮށްދީ އުފާ ފާހަގަތި ދިރިއުޅުމެއް ހޯދައި ދިނުން ކަމަށް - ފޮޓޯ: ރައީސް އޮފީސް