އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް

8 ޖުލައި 2020 | ބުދަ 11:25
-
44932
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް - އަންގާރަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެމްޑީޕީގެ ދާއިރާތަކަށް ފައިސާދޭ އުސޫލު އިސްލާހު ކުރަން ހުށަހަޅައި ބަހުސް ކުރިއަށް ގެންގޮސްފައި، މި ގަރާރު ހުށަހަޅުއްވާފައިވަނީ އައްޑޫ ސިޓީގެ ރައީސް އަހުމަދު އަދުހަމް - ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް - މި ޤަރާރުގައި ވަނީ ދައުލަތުން ޕާޓީއަށް ލިބޭ ފައިސާގެ 80 އިންސައްތަ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ދާއިރާތަކަށް މެންބަރުންގެ ނިސްބަތުން ކަނޑައަޅާ ފައިސާ އެ އިދާރީ ދާއިރާތަކުގެ އެކައުންޓުތަކަށް ޖަމާކުރުމަށް - ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް - އެމްޑީޕީން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންބްތިޚާބުގެ ކެމްޕޭން އަވަހަށް ފަށަން ޖެހޭކަމަށް އެ ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވަނީ ވިދާޅުވެފައި - ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް - ޝިފާޒް ވިދާޅުވީ އިންތިޚާބު ކޮންމެ ދުވަހެއްގައި ބޭއްވި ކަމުގައި ވީނަމަވެސް އެ ތާރީޚެއް އެނގެންދެން ނުވަތަ ސާފުވަންދެން އިންތިޚާބުގައި ވާދަކުރާ އެތައް ސަތޭކަ ކެނޑިޑޭޓުންނާއި އެކު ހިންގާނެ ހަރަކާތަކާއި މެދު މަޝްވަރާ ކުރަންޖެހޭ ކަމަށް - ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ތާށިވެގެން އަބަދަކު ނުތިބެވޭނެ ކަމަށާއި ސަލާމަތުގެ އައްސޭރި އަށް ގެންގޮސްދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި - ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް - ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް ބަޔަކަށް ތަފާތު ކުރުމެއް ނެތި ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފުު ހޯދައިދޭން އެމްޑީޕީން މަސައްކަތްކުރާނެ ކަމަށް - ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް - ގިނަ ދުވަސްތަކަކަށްފަހު އެމްޑީޕީގެ ގައުމީ މަޖިލިސް އަންގާރަ ދުވަހުގެރޭ ބާއްވާފައިވާއިރު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ވަނީ ވާހަކަފުޅު ދައްކަވާފައި - ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް - އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ އެއްވެސް ހަރަކާތެއް ހިންގުމާއި ގުޅޭގޮތުން ޕާޓީން މަޝްވަރާކުރަމުން ނުދާތީ އެކަމުގެ ކަންބޮޑުވުން ބައެއް ކެނޑިޑޭޓުން ފާޅުކުރަމުންދާ ކަމަށް - ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް - މި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ކޮވިޑުގެ ބަލިމަޑުކަން އިތުރަށް ފެތުރުނާ ނުދީ ކޮންޓްރޯލް ކުރެވިފައިވަނީ ސަރުކާރުން އަޅަމުން ގެންދިޔަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް - ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ 169 ވަނަ ގައުމީ މަޖިލިސް - މި މަޖިލިސް ބާއްވާފައިވަނީ 7 ޖުލައި 2020 (އަންގާރަ) ވަނަ ދުވަހުގެރޭ ޖަމާލުއްދީން ސްކޫލުގެ ހޯލުގައި - ފޮޓޯ: އެމްޑީޕީ