ބޮޑުފިނޮޅު ހަމަނުޖެހުން

3 ޖުލައި 2020 | ހުކުރު 09:47
-
42811
ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް 2 ޖުލައި 2020 (ބުރާސްފަތި) ދުވަހު ހަމަނުޖެހުން ހިންގާފައިވަނީ އެފަރާތްތަކަށް ދޭންޖެހޭ މުސާރަ ނުދީ ގިނަ ދުވަސްވުމާއި ގުޅިގެންނެ އެވެ. މިފަދަ ހަމަނުޖެހުމެއް ހިނގާފާނެކަމަށް ބަލައި، 28 މެއި 2020 ގައި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށާއި، އެއަށްފަހު 27 ޖޫން 2020 ގައިވެސް އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނެ އެވެ. ރިޒް ޕްރައިވެޓް ލިމިޓެޑަކީ ކޮންޓްރެކްޓް އުސޫލުން 2018 ވަނަ އަހަރުން ފެށިގެން މި ރިސޯޓްގެ މަސައްކަތް ކުރަމުންދާ ކުންފުންޏެ އެވެ.
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން - މައްސަލަ ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ސުލްހަވެރިކަމާއި އެކުގައި މައްސަލަ ހައްލުކުރުމަށް ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށް އެމީހުން ވަނީ އެއްބަސްވެފައި، އެމީހުން އަމަލުކުރަމުން ދަނީ ފުލުހުން އަންގާ ގޮތުގެ މަތިން ފުލުހުންގެ އިރުޝާދުގެ ދަށުން ކަމަށް ވެސް ފުލުހުން ބުނޭ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން - އެ ރަށުގައި ތިބި ހުރިހާ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި އިރު، ހަމަނުޖެހުން ހިންގި ބިދޭސީންގެ ވޯކްޕާމިޓްގެ މައުލޫމާތުތައް ފުލުހުންގެ ޓީމުތަކުން ނަގަމުން އަންނަ ކަމަށް ފުލުހުން ބުނޭ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން - މަސައްކަތުގެ އުޖޫރަ ނުދޭތީ ފާއިތުވި ދުވަސްތަކުގައި މުވައްޒަފުން ހިތްހަމަނުޖެހުން ފާޅު ކޮށްފައިވާއިރު، މެއި މަހުގެ 16 ވަނަ ދުވަހު ހިމޭން އިހުތިޖާޖެެއްވެސް ވަނީ ކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން - މައްސަލަ ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ސުލްހަވެރިކަމާއި އެކުގައި މައްސަލަ ހައްލުކުރުމަށް ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށް އެމީހުން ވަނީ އެއްބަސްވެފައި - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި ގެއްލުންދީފައިވާ ތަނެއް - ކޮންޓްރެކްޓަރ އަދި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެފައިވަނީ މިއަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ފަހުން ކޮންމެ މަހެއްގެ މުސާރަވެސް މަސް ނިމުމުން ސީލް މޯލްޑިވްސްއަށް ބިލް ކޮށްފައިވާނެ ކަމަށް - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން - މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 7000 ރުފިޔާއާއި، ކެއުމުގެ ޚަރަދުގެ ގޮތުގައި ދުވާލަކަށް ދޭންޖެހޭ 40 ރުފިޔާ ދެއްކުމަށް މަސައްކަތް ޙަވާލުކުރި ސީލް މޯލްޑިވްސްއިން އެއްބަސްވެފައިވާ ކަމަށް ރިޒް ޕްރައިވެޓް ލިމިޓެޑުގެ ޤާނޫނީ ޓީމުން ވަނީ ބުނެފައި - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި ގެއްލުންދީފައިވާ ތަނެއް - މި މަސައްކަތުގައި 200 އެއްހާ ސްޓާފުން އުޅޭއިރު، ރިސޯޓުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށް ކޮންޓްރެކްޓަރ މައުލޫމާތުދޭ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުމުގައި ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލާފައި - ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގާފައިވަނީ އެފަރާތްތަކަށް ދޭންޖެހޭ މުސާރަ ނުދީ ގިނަ ދުވަސްވުމާއި ގުޅިގެން - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން - ކޮންޓްރެކްޓް އުސޫލުން 2018 ވަނަ އަހަރުން ފެށިގެން މި ރިސޯޓްގެ މަސައްކަތް ކުރަމުންދަނީ ރިޒް ޕްރައިވެޓް ލިމިޓެޑުން - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން - މިފަދަ ހަމަނުޖެހުމެއް ހިނގާފާނެކަމަށް ބަލައި، 28 މެއި 2020 ގައި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށާއި، އެއަށްފަހު 27 ޖޫން 2020 ގައިވެސް އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެކަމަށް ރިޒް ޕްރައިވެޓް ލިމިޓެޑުން ބުނޭ - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުން - ބުރާސްފަތި ދުވަހު ހިނގަމުން އައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބޮޑުފިނޮޅުގައި އެސްއޯ ފުލުހުން ވަނީ ހަރަކާތްތެރިވެފައި - މި ހާދިސާގައި ރަހީނުކުރި 12 ދިވެހިންވެސް ވަނީ ސަލާމަތް ކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ބިދޭސީން އުޅެމުން އަންނަ ސަރަހައްދު - ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމަށް އަވަސް ޙައްލެއް ހޯދުމާ މި މަސައްކަތުގެ ކޮންޓްރެކްޓަރ ރިޒް ޕްރައިވެޓް ލިމިޓެޑުން ފުލުހުންގެ އިދާރާއަށް ގޮސް މަޝްވަރާ ކޮށްފައިވޭ - ފޮޓޯ: ރާއްޖެއެމްވީ