ހއ. ހޯރަފުށި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް

17 އޮކްޓޯބަރ 2020 | ހޮނިހިރު 08:12
-
40454
އެމްޓީސީސީން ބުނީ ހއ. ހޯރަފުށީގައި ތަރައްގީ ކުރާ އެއަރޕޯޓު ނޮވެމްބަރު 11 ވަނަ ދުވަހަށް ނިންމަން އަޒުމު ކަނޑައަޅާފައިވާ ކަމަށާއި އެ ދުވަހަށް މަސައްކަތް ނިންމުމަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހއ. ހޯރަފުށި އެއާޕޯޓްގެ ރަންވޭގެ މަސައްކަތްތައް ކުރިއަށްގެންދަނީ - މި އެއާޕޯޓުގައި ހަދަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެއް.
ހއ. ހޯރަފުށި އެއާޕޯޓްގެ ޓާމިނަލް މަސައްކަތް ކުރިއަށްގެންދަނީ - ކްސީވޭ އަކާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސްގެ މަސައްކަތް ވެސް ކުރިއަށްދޭ.
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ހޮނިހިރު ދުވަހު އެރަށް ޒިޔާރަތްކުރެއްވުން - ކަނޑައެޅިފައިވާ ޝެޑިއުލްގެ ތެރެއިން ހުރިހާ ކަމެއްވެސް ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވި.
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ހޮނިހިރު ދުވަހު އެރަށް ޒިޔާރަތްކުރެއްވުމުން މަރުހަބާ ދަންނަވަނީ - އެމްޓީސީސީން ބުނީ ހއ. ހޯރަފުށީގައި ތަރައްގީ ކުރާ އެއަރޕޯޓު ނޮވެމްބަރު 11 ވަނަ ދުވަހަށް ނިންމަން އަޒުމު ކަނޑައަޅާފައިވާ ކަމަށާއި އެ ދުވަހަށް މަސައްކަތް ނިންމުމަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް.