މަސްވެރިކަން - ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ

18 ނޮވެންބަރ 2020 | ބުދަ 19:15
-
34969
ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ، މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަކީ މި ސަރުކާރުގެ މުހިއްމު އެއް މަސައްކަތެ އެވެ.
ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ - މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަކީ މި ސަރުކާރުގެ މުހިއްމު އެއް މަސައްކަތް - ފޮޓޯ: މުހައްމަދު އަނިލް
ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ - މަސްވެރިކަމާއި ގުޅޭ ދުވަސްވީ ގާނޫނުތަކާއި ގަވައިދުތައް އަދާހަމަ ކުރުމުގެ މަސައްކަތް ވެސް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރެއިން ރައްޔިތުންގެ މަޖިލިހާ ގުޅިގެން ދަނީ ކުރަމުން - ފޮޓޯ: މުހައްމަދު އަނިލް
ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ - މަސްވެރިން ބާނަ މަހަށް ހަމައަގު ހޯދައިދީ، ރާއްޖޭގައި ބާނާ މަހުގެ ބާވަތްތައް ރާއްޖޭގައި ޕްރޮސެސް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް ވަނީ ރާވާފައި - ފޮޓޯ: މުހައްމަދު އަނިލް
ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ - މަސް ބަންދުކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި، މިފްކޯގައި މިިހާރު ހުރި 3،000 ޓަނު ސްޓޯރޭޖް ކެޕޭސިޓީ 10،000 ޓަނަށް އިތުރު ކުރުމަށް 30 މިލިއަން ރުފިޔާގެ މަޝްރޫއެއް ފެއްޓުމަށް އަންނަނީ ތައްޔާރު ވަމުން - ފޮޓޯ: މުހައްމަދު އަނިލް
ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ - މުޅި މަސްވެރި މުޖުތަމައަށް ފައިދާވާނެ ކަންތައްތައް ކުރުމަށް ރާވާފައިވާކަން މިނިސްޓަރ ވަނީ ހާމަކޮށްފައި - ފޮޓޯ: މުހައްމަދު އަނިލް
ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ - ކަނޑުއޮއްގިރި އަދި މިފްކޯގެ ފެސިލިޓީތަކުގައި ދަޅު މަހުގައި މަސް ރައްކާކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިފައިވީ ނަމަވެސް އެކަށީގެންވާ ވަރުގެ މަސް ރައްކާކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިފައި ނުވުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް - ފޮޓޯ: މުހައްމަދު އަނިލް
ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ - ރާއްޖޭގައި ބާނާ މަސް ރައްކާކުރާނެ ކެޕޭސިޓީ އެއް ނެތް ނަމަވެސް، ތައިލެންޑަށް ގަނޑުކުރި މަސް އެކްސްޕޯޓުކުރުން ހުއްޓަލާ، ރާއްޖޭގައި ބާނާ މަހަށް ވެލިއު އެޑްކޮށްގެން ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެއް - ފޮޓޯ: މުހައްމަދު އަނިލް
ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ - ރާއްޖޭގައި ބާނާ މަހުގެ ތެރެއިން ބޮޑު އިންސައްތައެއް ޕްރޮސެސް ކުރަނީ ތައިލެންޑަށް ގަނޑުކުރި މަހުގެ ގޮތުގައި އެކްސްޕޯޓް ކޮށްގެން - ފޮޓޯ: މުހައްމަދު އަނިލް
ހޯރަފުށީ ބަނދަރުގައި އޮތް ދޯންޏަކުން މަސް ވިއްކަނީ - ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެންމެ ފައިދާ ބޮޑީ ރާއްޖޭގައި ބާނާ މަސް ރާއްޖޭގައި ބަންދު ކުރެވޭނެ ނިޒާމެއް ގާއިމުކޮށް، ރާއްޖޭގައި އަގު އެއްކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން - ފޮޓޯ: މުހައްމަދު އަނިލް