ރައީސް ސޯލިހު ފެލިވަރަށް ކުރެއްވި ދަތުރުފުުޅު

27 ނޮވެންބަރ 2020 | ހުކުރު 13:15
-
37851
ރައީސް ސޯލިހު ޅ. ފެލިވަރަށް ވަޑައިގެންފައިވަނީ 26 ނޮވެމްބަރު 2020 ގައި އެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފެލިވަރު ފަޅުގައި އޮތް މަސްދޯންޏަކަށް އަރާވަޑައިގެން ދޯނީގައި ތިބި މަސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވާފަ އެވެ.
ރައީސް ސޯލިހު ޅ. ފެލިވަރަށް ކުރެއްވި ދަތުރުފުުޅުގެ ތެރެއިން - މަސްވެރިންގެ މައްސަލަތައް ހައްލުކުރާނީ މި ސަރުކާރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ޅ. ފެލިވަރަށް ކުރެއްވި ދަތުރުފުުޅުގެ ތެރެއިން - މަސްވެރިނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ރައީސް އޮޅުންފިލުއްވާފައިވާއިރު، މަސްވެރިން ވަނީ އައިސް ލިބުމުގައި ހުރި ދަތިތަކާއި މަސްކިރުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފަ - ފޮޓޯ: ރައީސް އޮފީސް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޅ. ފެލިވަރަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ފަޅުގައި އޮތް ދޯންޏަކަށް އަރުއްވައި، މަސްވެރިންނާ ވާހަކަ ދައްކަވަނީ، މަސްވެރިންނަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށާ އެ މައްސަލަތައް ހައްލު ކުރައްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ޅ. ފެލިވަރަށް ކުރެއްވި ދަތުރުފުުޅުގެ ތެރެއިން - މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އެކި ސަރަޙައްދުތައް ބައްލަވާލައްވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ޅ. ފެލިވަރަށް ކުރެއްވި ދަތުރުފުުޅުގެ ތެރެއިން - މަސްވެރިންގެ މެރީނާގައި ބަހައްޓާފައިވާ 4000 މެގަޓަނުގެ އައު ކޯލްޑް ސްޓޯރޭޖްގެ ފަރުމާ ބައްލަވާލުމަށްފަހު އެ މަނިކުފާނު ވަނީ ކޯލްޑް ސްޓޯރޭޖް އެޅުމަށް ބިން ހިއްކާ ސަރަޙައްދަށް ޒިޔާރަތްކުރައްވާ، އެ ތަން ވެސް ބައްލަވާލައްވާފައި - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ޅ. ފެލިވަރަށް ކުރެއްވި ދަތުރުފުުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު ޅ. ފެލިވަރަށް ކުރެއްވި ދަތުރުފުުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް