ހޯރަފުށި ރައްޔިތުންގެ މަރުހަބާ، ފެނުނީ އެތައް ދުވަހެއްގެ ހުވަފެން ހަގީގަތަކަށް ވާން އުޅޭކަމުގެ އުފާ

22 އޮކްޓޯބަރ 2020 | ބުރާސްފަތި 22:39
-
38444
ހޯރަފުށީ އެއަރޕޯޓުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްއާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހޯރަފުއްޓަށް ވަޑައިގެންފައި ވަނީ 22 އޮކްޓޯބަރ 2020 ގައެވެ.
އެއަރޕޯޓްގެ މަސައްކަތް ބައްލަވާލެއްވުމަށް ވަޑައިގެންނެވި ބޭފުޅުންނަށް ތައްޔާރުކުރެއްވި ހަވީރުގެ ސައި - ފޮޓޯ: އިބްރާހިމް ނިޔާޒް، ހޯރަފުށި
ހޯރަފުށީ އެއަރޕޯޓް ފެހި ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން އެ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ރުކެއް އިންދަވަނީ، އެއަރޕޯޓް ފެހިކުރުމުގެ މަސައްކަތުގައި އެ ރަށު ކައުންސިލާއި ހޯރަފުށި ދާއިރާގެ މެންބަރު ގުޅިގެން ކުރާ މަސައްކަތުގައި އެކި ފަރާތްތަކުން ދަނީ އަމަލީ ގޮތުން ބައިވެރިވަމުން - ފޮޓޯ: އިބްރާހިމް ނިޔާޒް، ހޯރަފުށި
މިހާރު ކުރިއަށްދަނީ ޓަރމިނަލާއި ފަޔަރ ބިލްޑިންގެ މަސައްކަތްތައް - ފޮޓޯ: އިބްރާހިމް ނިޔާޒް، ހޯރަފުށި
ހޯރަފުށީ އެއަރޕޯޓްގެ އަމަލީ މަސައްކަތް ބައްލަވާލެވުމަށް ވަޑައިގެންނެވި އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްއާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމަށް އެރަށުން ވަނީ ހޫނު މަރުހަބާ އެއް ދަންނަވާފައި - ފޮޓޯ: އިބްރާހިމް ނިޔާޒް، ހޯރަފުށި
އެއަރޕޯޓްގެ ރަންވޭގައި ތާރު އަޅާ ނިމިފައިވާއިރު، ތާރު އެޅުމުގެ ހުރިހާ މަސައްކަތެއް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައި - ފޮޓޯ: އިބްރާހިމް ނިޔާޒް، ހޯރަފުށި
އެއަރޕޯޓްގެ މަސައްކަތް ބައްލަވާލެއްވުމަށް ވަޑައިގެންނެވި ބޭފުޅުންނަށް ތައްޔާރުކުރެއްވި ހަވީރުގެ ސަޔާއެކު ހޯރަފުށި ކަނބަލުން، ފެނުނީ އުފާވެރިކަމާއި، ގައުމީ ޖޯޝު - ފޮޓޯ: އިބްރާހިމް ނިޔާޒް، ހޯރަފުށި
ހޯރަފުށީ ރައްޔިތުންގެ ފަރާތުން ފެނިގެންދަނީ އެއްބައިވަންތަކަމުގެ ލާމަސީލު މިސާލެއް، އެންމެން އެއް ރޫހެއްގައި މަސައްކަތްކުރަނީ ހޯރަފުށި އެއަރޕޯޓްގެ ހުވަފެން ހަގީގަތަކަށް ހެދުމަށް - ފޮޓޯ: އިބްރާހިމް ނިޔާޒް، ހޯރަފުށި
ހޯރަފުށީ އެއަރޕޯޓުގެ އުމްރާނީ ހުރިހާ މަސައްކަތެއް ނިންމައި ނޮވެމްބަރު 8 ގައި ސަރުކާރާ ހަވާލުކުރާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ވިދާޅުވެފައި - ފޮޓޯ: އިބްރާހިމް ނިޔާޒް، ހޯރަފުށި
ހޯރަފުށީ އެއަރޕޯޓްގެ އަމަލީ މަސައްކަތް ބައްލަވާލެވުމަށް ވަޑައިގެންނެވި ޓީމަށް މަރުހަބާ ދެއްނެވުމަށް ރަށުގެ ރައްޔިތުން ބަނދަރުމަތީގައި، ހޯރަފުށީ އެއަރޕޯޓަކީ އެ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް - ފޮޓޯ: އިބްރާހިމް ނިޔާޒް، ހޯރަފުށި
ހޯރަފުށީ އެއަރޕޯޓުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަޑައިގެންނެވި އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމަށް މަރުހަބާ ދަންނަވަނީ - ފޮޓޯ: އިބްރާހިމް ނިޔާޒް، ހޯރަފުށި
ހޯރަފުށީ އެއަރޕޯޓުގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް ވަޑައިގެންނެވި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމަށް މަރުހަބާ ދަންނަވަނީ - ފޮޓޯ: އިބްރާހިމް ނިޔާޒް، ހޯރަފުށި