މަސްޖިދުއްނަބަވީގައި އަލުން ނަމާދުކުރަން ފެށުން

22 އޮކްޓޯބަރ 2020 | ބުރާސްފަތި 07:27
-
52999
ކޮވިޑް-19 އާއި ގުޅިގެން މައްކާ އަދި މަަދީނާގައި ހުންނަ މުސްލިމުންގެ އެންމެ މުގައްދަސް ބިނާތަކުގައި ނަމާދުކުރަން ވަގުތީ ގޮތުން ހުއްޓާލިއެވެ. ނަމަވެސް ސައުދީގެ ކޭސްތައް މަދުވުމާއެކު ލުއިތަކެއްދީ އަނެއްވާ ވެސް އަޅުކަން ކުރުމަށް އާންމުންނަށް ވަނީ ފުރުސަތު ދީފައެވެ. އެގޮތުން މަދީނާގައިވާ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުއްނަބަވީ ހުޅުވާ އަޅުކަން އަދާކުރުމުގެ ފުރުސަތު ވަނީ އާންމުންނަށް ދީފައެވެ.
މަދީނާގައި ހުންނަ ރަސޫލާގެ މިސްކިތް މަސްޖިދުއް ނަބަވީ ބޭރުގައި ސެކިއުރިޓީން ހަރަކާތްތެރިވަނީ. މިސްކިތް އަލުން ހުޅުވާލުމާއެކު ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި - ފޮޓޯ: ސައުދީ ގެޒެޓްސް
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސްޖިދުއްނަބަވީގައި ނަމާދު ކުރަނީ - ފޮޓޯ: ސައުދީ ގެޒެޓްސް
އަޅުކަމުގައި އުޅުއްވާ ފަރާތަކުން އަޅުަކަމުގެ ތެރޭގައި ކީރިތިކުރައްވަނީ. މަސްޖިދުއްނަބަވީ ބަންދުކޮށް އަލުން ހުޅުވާލުމާއެކު ގިނަ އަދަދެއްގެ މީހުން އަޅުކަމަށް ގޮސްފައިވޭ - ފޮޓޯ: ސައުދީ ގެޒެޓްސް
ރައްކާތެރިކަމުގެ ފިޔަވަޅުގެ ތެރެއިން ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރަނީ - ފޮޓޯ: ސައުދީ ގެޒެޓްސް
ހަރަމްފުޅަށް ވަދެ ނިކުތުމަށް ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައި - ފޮޓޯ: ސައުދީ ގެޒެޓްސް
މަސްޖިދުއްނަބަވީ އަލުން ހުޅުވާލުމާއެކު އަޅުކަމުގައި އުޅޭ ފަރާތެއް ކީރިތި ކުރައްވަނީ. މިސްކިތް އަލުން ހުޅުވާލި ދުވަހު ވެސް އެތަކެއް ހާސް ބަޔަކު އަޅުކަން އަދާކުރުމަށް ގޮސްފައިވޭ - ފޮޓޯ: ސައުދީ ގެޒެޓްސް
މަސްޖިދުއް ނަބަވީގައި އަލުން ނަމާދުކުރަން ފެށުމާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިިޔަވަޅުތަކެއް ވަނީ އަޅާފައި. އެގޮތުން ހަރަމްފުޅަށް ވަންނަ މީހުންގެ މައުލޫމާތު އެއްކުރަމުންދޭ - ފޮޓޯ: ސައުދީ ގެޒެޓްސް