ރަސްމީ ފާލަން ދަބަރަށްވެ ހަލާކުވެފައި

26 އޮކްޓޯބަރ 2020 | ހޯމަ 22:06
-
42044
ކުރިން ހުރި ޒަމާންވީ ފާލަން ނެގުމަށްފަހު، މިހާރު މިފެންނަ ފާލަން، "އިއްޒުއްދީން ފާލަން" ރަސްމީކޮށް ހުޅުވާފައިވަނީ 2015 ވަނަ އަހަރު އެވެ. އިއްޒުއްދީން ފާލަން ހުޅުވި ފަހުން އެކި ފަހަރު މަތިން މަރާމަތު ކުރުމަށް ބަންދުކުރި އިރު، މީގެ ކުރިން ގަދަ ވަޔާ އެކު މާލެ އަށް ކުރި ވިއްސާރައެއްގައި ސަތަރި ވެސް އެއްލާލާފައި ވެއެވެ. ސަތަރި ދަމާފައިވާ ދަނގަނޑުތަކުގައި ދަބަރުޖަހާ މުޅި ފާލަމުގެ ރީތިކަން ވަނީ ގެއްލިފައެވެ.
ރަސްމީ ފާލަމުގައި ކުލަ ލާ ރީތިކުރުމުގެ މަސައްކަތް ކުރިއަށްދަނީ - މުޅި ފާލަމުގައި ދަބަރު ޖަހައި، ފާލަމުގެ ރީތިކަން ގެއްލި ހަލާކުވާން ކައިރިވެފައި، ފާލަމުގައި ހަރުކޮށްފައި ހުރި އެކި ދިއްލުންތައް ހަލާކުވެފައިވާ އިރު، ލޮނުން މައްޗަށް ފާލަމުގެ އަރިމައްޗަށް ޖަހާފައި ހުރި ފިލާތައްވެސް ވަނީ ނެއްޓިފައި - ފޮޓޯ: ރާއްޖެއެމްވީ
ކުރިން ހުރި ޒަމާންވީ ރީތި ފާލަން ނެގުމަށްފަހު، އަލަށް ހެދި ފާލަން ހަދާފައި ވަނީ ރަނގަޅަށް މަރާމާތުކޮށް ނުބަލަހައްޓައިފި ނަމަ، ހަލާކުވެގެން ދާނެ ފަދަ ގޮތަކަށް - ފޮޓޯ: ރާއްޖެއެމްވީ
ރަސްމީ ފާލަމުގައި ކުލަލުމުގެ މަސައްކަތް ކުރިއަށްދަނީ - ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މޫދާ ދިމާލަށް ވާގޮތަށް ހަދާފައި ހުންނަ މިކަހަލަ ފާލަންތަން ދަނގަނޑުން ހެދުމަކީ އެއްމެ ބުއްދިވެރި ގޮތެއް ނޫން - ފޮޓޯ: ރާއްޖެއެމްވީ
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް އާރް. ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމާ ދިމާކޮށް ރަސްމީ ފާލަން ރީތި ކުރުމުގެ މަސައްކަތް މިވަނީ ފަށާފައި - ފޮޓޯ: ރާއްޖެއެމްވީ
ރަސްމީ ފާލަން ކުރިން ހުރި ގޮތް ބަދަލުކޮށް، މިހާރު މިފެންނަ ސަތަރި ބައްޓަމަށް ހެދިފަހުން މަރާތުކުރުން އިތުރުވެފައިވާއިރު، ގަދަ ވަޔާ އެކު މާލެ އަށް ވާރޭ ވެހިލައިފިނަމަ ސަތަރި ވެސް އެއްލާލާ ފަހަރު އާދޭ - ފޮޓޯ: ރާއްޖެއެމްވީ
ރަސްމީ ފާލަން މިގޮތަށް ހަލާކުވެގެން ދިއުމަކީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް - ފޮޓޯ: ރާއްޖެއެމްވީ
ދަބަރު ޖަހާފައިވާ ތަންތަނުގައި ކުލަ ލުމުގެ މަސައްކަތް ކުރަނީ - ރައީސް ޔާމީން ސަރުކާރުގައި ބޮޑު ރަސްމިއްޔާތެއްގައި ހަވާ އަރުވާ، ފާލަން ރަސްމީކޮށް ހުޅުވާފައިވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހު - ފޮޓޯ: ރާއްޖެއެމްވީ
ރަސްމީ ފާލަން ހުޅުވި ފަހުން ވެސް އެކި ފަހަރުމަތިން މަރާމާތު ކޮށްފައިވޭ، - ފޮޓޯ: ރާއްޖެއެމްވީ
ދަނގަޑު ހޮޅިތަކުގައި އާއި، ސަތަރީގައި ދަބަރު ޖަހުމުގެ ސަބަބުން ފާލަމުގެ ރީތިކަން ވަނީ ގެއްލިފައި - ފޮޓޯ: ރާއްޖެއެމްވީ
ރަސްމީ ފާލަން ދަބަރަށްވެ ހަލާކުވަނީ - ރިޔަލެއްގެ ބައްޓަމަށް ސަތަރި ދަމާފައިވާ މި ފާލަން އެއްކޮށްވަނީ ދަބަރަށް ވެފައި - ފޮޓޯ: ރާއްޖެއެމްވީ
ރަސްމީ ފާލަން ދަބަރަށްވެ ހަލާކުވަނީ - ރަސްމީ ފާލަމުގެ ކޮންމެ ދިމާލަކަށް ބަލާލި ނަމަވެސް މިހާރު ފެންނަން ހުރީ ރަނގަޅަށް މަރާމާތުކޮށް، ނުބެލެހެއްޓުމުގެ ސަބަބުން ދަގަނޑުތައް ދަބަރަށް ފޮޅިފައިވާ ތަން، މިއީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް - ފޮޓޯ: ރާއްޖެއެމްވީ