"ސާފު ހުޅުމާލެ" ހަރަކާތް

20 ޑިސެންބަރ 2020 | އާދީއްތަ 13:30
-
34739
“ސާފު ހުޅުމާލެ” ހަރަކާތް ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.
"ސާފު ހުޅުމާލެ" ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތުގައި އެކި އެކި މުއައްސަސާތަކުން ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައި - ފޮޓޯ: ރާއްޖެއެމްވީ
"ސާފު ހުޅުމާލެ" ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ކުރިއަށް ގެންގޮސްފައިވާއިރު، އެކި އެކި މުއައްސަސާތަކުން ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައި - ފޮޓޯ: ރާއްޖެއެމްވީ
"ސާފު ހުޅުމާލެ" ހަރަކާތުގައި ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަވެފައިވާ ކުނިތައް ނަގާ ސާފުކޮށްފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
އެޗްޑީސީން ބުނީ މި ޕްރޮގްރާމް 2021 ވަނަ އަހަރު ތެރޭގައި ވެސް ކުރިއަށްގެންދާނެ ކަމަށް - ފޮޓޯ: ރާއްޖެއެމްވީ
ކޮންމެ ތަނެއްވެސް ސާފު ތާހިރުކޮށް ބޭއްވޭނީ ފަރުދީ ޒިންމާއަދާކޮށްގެން ކަމަށާއި މިކަމަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުންދިނުމަށް ނައިބް ރައީސް އިލްތިމާސްކުރެއްވި - ފޮޓޯ: ރާއްޖެއެމްވީ
"ސާފު ހުޅުމާލެ" ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރާއްޖެއެމްވީ
"ސާފު ހުޅުމާލެ" ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ - ކޯވިޑް-19 އިންދަސްވި އެންމެ މުހިންމު ފިލާވަޅަކީ ސާފުތާހިރުކަން ކަަމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައި - ފޮޓޯ: ރާއްޖެއެމްވީ
ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައިވެސް މުޅި ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ވިދާ ބަބުޅަނީ މި ރީތި ސާފުކަންމަތީ ރާއްޖެ އޮތުމުން ކަމަށް ނައިބް ރައީސް ވިދާޅުވި - ފޮޓޯ: ރާއްޖެއެމްވީ
ހޮނިހިރު ދުވަހު ފެށި ހަރަކާތުގައި ހުޅުމާލޭގެ 40 ސަރަޙައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފައި - ފޮޓޯ: ރާއްޖެއެމްވީ
"ސާފު ހުޅުމާލެ" ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ - މި ސަރުކާރުން ސާފުތާހިރުކަމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ދެއްވާ ސަމާލުކަމަށް ފާހަގަކުރެއްވި - ފޮޓޯ: ރާއްޖެއެމްވީ
"ސާފު ހުޅުމާލެ" ހަރަކާތުގެ ތެރެއިން އެއް ދުވަސްތެރޭ ވަނީ 18 ޓަނުގެ ކުނި ނަގާފައި - ފޮޓޯ: ރާއްޖެއެމްވީ
"ސާފު ހުޅުމާލެ" ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމް އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަނީ - އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައި - ފޮޓޯ: ރާއްޖެއެމްވީ
"ސާފު ހުޅުމާލެ" ހަރަކާތް - މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 19 ޑިސެމްބަރު 2020 ވީ ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލެ ރުއްގަނޑު 1 ސަރަޙައްދުގައި - ފޮޓޯ: ރާއްޖެއެމްވީ
"ސާފު ހުޅުމާލެ" ހަރަކާތް - "ސާފު ހުޅުމާލެ" ހަރަކާތް ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް - ފޮޓޯ: ރާއްޖެއެމްވީ