ފޮޓޯ ގެލަރީ

ރިޔާސީ ބަޔާން 2022 - އުންމީދީ އެތައް ވާހަކަތަކެއް
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަންޖެހޭ ރިޔާސީ ބަޔާން އިއްވަވާދެއްވާފައިވަނީ 3 ފެބްރުއަރީ 2022 ގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ށ. ކޮމަންޑޫއަށް ވަޑައިގަތުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވަނީ ހުކުރުދުވަހުގެ ހަވީރުގެ ވަގުތެއްގައި ށ. ކޮމަންޑޫއަށް ވަޑައިގެންފައެވެ.

ހޯމް ސްޓޭ ޓުއަރިޒަމް މ، ދިއްގަރުގައި ފަށައިގަތުން
ހޯމް ސްޓޭ ޓުއަރިޒަމް މ، ދިއްގަރުގައި ފަށައިގަތުން

އައު އަހަރަށް ދިވެހީން މަރުޙަބާ ކިޔައިފި
އައު އަހަރަށް ދިވެހީން މަރުޙަބާ ކިޔުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ވަނީ މިޔުޒިކު ޝޯވއެއް ބާއްވާފައެވެ. މި މިޔުޒިކު ޝޯވގައި ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައް ފެނިގެން ގޮސްފައިވެއެވެ. މީގެ އިތުރުން މި ޝޯ ގައި ބޮލީވޫޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީގެ ހުށަހެޅުންތައް ފެނިގެން ގޮސްފައިވެއެވެ.

314 ކިލޯގެ މަސްތުވާތަކެތި ނައްތާލުން
314 ކިލޯގެ މަސްތުވާތަކެތި ނައްތާލުން

މާފުށީގައި ސަރުކާރުން ހިއްކި ބިން އެރަށު ކައުންސިލާ ހަވާލުކުރުން
ކ. މާފުށްޓަށް އަލަށް އިތުރުކުރެވުނު ބިން އަންގާރަ ދުވަހު ސަރުކާރުން މާފުށީ ކައުންސިލާ ހަވާލުކޮށްފައިވާއިރު، މި ބިން މާފުށީ ކައުންސިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. މާފުށީ ބިމުގެ އިތުރުން އެ ރަށު ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއްވެސް ވަނީ ހިއްކައިފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މަސައްކަތަށް ސަރުކާރުން 128 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވަނީ ބިން ބޭނުންކުރުމުގައި ރައްޔިތުންނަށް ފައިދާކުރާ ގޮތަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ފާދިއްޕޮޅު މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖެއްސުން
ޅ. މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައިވަނީ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ހެނދުނުއެވެ.

އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އައްޑޫސިޓީގައި ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިން
އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ޑިސެމްބަރު 24 ވަނަ ދުވަހުގެ ހަވީރު ވަނީ އައްޑޫސިޓީ ފޭދޫގައި އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށް ގެންގޮސްފައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެ ވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދަޢުވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރާއްޖެ ވަޑައިގެންފައިވަނީ 22 ޑިސެމްބަރ 2021 ގައެވެ.

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރު އަވަހާރަވެފައިވަނީ 20 ޑިސެމްބަރ 2021 ގައެވެ. އެމަނިކުފާނު އަވަހާރަވީ ކޮވިޑް-19ގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. އުމަރު ޒާހިރު ވަނީ، 50 އަހަރަށްވުރެ ގިނަދުވަހު ދިވެހިޤައުމަށް އިޚްލާޞްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައެވެ.

އައްޑޫ ޑަބްލިއުޑީސީ ފަންތޮށި ކޯސް
އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އިންތިޒާމްކޮށްގެން ހިންގާ ފަންތޮށި ކޯހުގެ ބައެއް ބައިވެރިން ކޯހުގައި ތައްޔާރުކުރި އަމިއްލަ އުފެއްދުންތަކާއެކު.

"މަސްއޮޑި މަހުން ލެފީމާ، މަސްބައި ގެއަށް ގެނައިމާ، މަސް ލާރިއަށް މި ހަދަނީ މަސްވެރިވި އަންހެނުންނޭ"
ރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކޮށްފައިވަނީ 10 ޑިސެމްބަރު 2021 ގައި ކ. ގާފަރުގައެވެ. ގާފަރުގައި ވަނީ ދެ ޖިންސުގެ މީހުންނަށް އަމާޒުކޮށްގެން މަސްކެނޑުމުގެ މުބާރާތެއް ބާއްވާފައެވެ. މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ މި މުބާރާތް ބައްލަވާލައްވާފައެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޝުއޫރު: ރައީސްގެ އުއްމީދީ ވާހަކަތަކެއް
ބޮޑު ކަންނެލި މަސްވެރިން ކުރިއަށްގެންދިޔަ އިހުތިޖާޖު ބާއްވާފައިވަނީ 10 ޑިސެމްބަރު 2021 ގައެވެ. މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ކ. ގާފަރަށް ވަޑައިގަތް ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އިންތިޒާމު ކޮށްގެން ބޭއްވި މި ޝުއޫރު ފާޅުކުރުމުގައި ބައިވެރިވެވަޑައިގެންފައެވެ.

"ރިވެލި އެވޯޑް 2021"
ރިވެލި އެވޯޑް 2021 ބައްވާފައިވައިވަނީ، 4 ޑިސެމްބަރު 2021 ގަައެވެ. ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ދެވޭ އެވޯޑެކެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ޔާމީން މިނިވަން ވުން - ސަޕޯޓަރުންގެ ހިފެހެއްޓުމެއް ނެތް ލޯބި
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ރަށެއް ކުށްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާއިން މަނީ ލޯންޑަރ ކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮފައިވަނީ 30 ނޮވެމްބަރ 2021 ގައެވެ.

ށ. ފުނަދޫ - މި ޗާލު މަންޒަރުތަކަށް ހިތް ދޫވެއްޖެ
ށ. ފުނަދޫ އަކީ ކުރިން ފަޅުރަށެކެއެވެ. މިހާރު އެއީ ށ. އަތޮޅު ވެރިކަން ކުރާ ރަށެއެވެ. ފުނަދޫގައި މީހުން އާބާދުވާން ފަށާފައިވަނީ 1968ވަނަ އަހަރު ޖެނުއަރީ 1 ދުވަހުން ފެށިގެންނެއެވެ. ކުރިން ފުނަދޫ އަށް ކިޔަމުންއައި ނަން (ފަރުކޮޅުފުނަދޫ) "ފުނަދޫ" މިނަމަށް ބަދަލުކުރައްވާފައިވަނީ 12 މާރޗް 1995ގައެވެ.

ހޯރަފުށީ އެއަރޕޯޓަށް އެއް އަހަރު - ޚިދުމަތާއި މެދު ރައްޔިތުން ތިބީ އުފަލުން ފޮޅިފައި
ހއ. ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކޮށްފައިވަނީ 19 ނޮވެމްބަރު 2021 ގައެވެ. މި ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. ހޯރަފުށި އެއަރޕޯޓަކީ ރާއްޖޭގެ ފުރަތަމަ ބީޗް ފްރަންޓް އެއަރޕޯޓެވެ. އެއަރޕޯޓް ހުޅުއްވައިދެއްވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ވަޑައިގެންފައިވަނީ 17 ނޮވެމްބަރު 2021 ގައެވެ.

ހިތަދުއަށް ބޮޑު މަހެއް ލެއްގުން
މިމަސް ފުރަތަމަ ފެނިފައިވަނީ ހިތަދޫ މޫލެކެޑެ އަވަށުގެ ފުއްޓަރުފަރާތުން 13 ނޮވެމްބަރު 2021 ގައެވެ. ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި، އޮޔާއެކު އެސަރަޙައްދުގެ އީދިގައު ފަންނަށް މަސް އޮތީ ލައްގާފައެވެ.

ފޯ ނޭޝަންސް ކަޕް - ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗުގަައި ދިވެހި ސަޕޯޓަރުންގެ ޤައުމީ ރޫޙު
ސްރީލަންކާގައި ހޯމަ ދުވަހު ފަށަން ހަމަޖެހިފައި އޮތް "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި ރާއްޖެ އާއި ލަންކާ ބައްދަލުކުރަން އޮތް މެޗު ފުރަތަމަ ކުޅުމަށް ތާވަލްކޮށްފައިވަނީ 8 ނޮވެމްބަރ 2021 ގެ ރޭގަނޑުގައެވެ. ނަމަވެސް މޫސުން ގޯސްވުމާއި ގުޅިގެން މި މެޗު ފަސްކުރަން ލަންކާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމިއެވެ. އެއާއި އެކު މި މެޗު ފަށާފައިވަނީ އަންގާރަ ދުވަހު، ރާއްޖެ ގަޑިން 15:30 ގައެވެ.

"ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" މުބާރާތަށް ރައީސް ސާލިޙު ލަންކާ އަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސްރީލަންކާއަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެންފައިވަނީ 8 ނޮވެމްބަރ 2021 ގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެޤައުމުގައި ހޯމަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ "ޕްރައިމް މިނިސްޓަރ މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021" ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ދިއްދޫ ފަޅުތެރެއަށް ބޮޑު ރާގޮނޑި އައިނެއް، ރައްޔިތުންގެ މޫނުމަތިން އުފާވެރިކަން
ހއ. ދިއްދޫ ފަޅުތެރެއަށް ރާގޮނޑި އައިނެއް ވަދެފައިވަނީ 6 ނޮވެމްބަރ 2021 ގައެވެ. ދިއްދޫ ފަޅުތެރެއަށް ދެ ފަހަރެއްގެ މަތިން ވަނީ ރާގޮނޑި އައިނު ވަދެފައެވެ. އެންމެ ފުރަތަމަ ފަޅުތެރެއަށް ވަދެފައިވަނީ 11:00 ހާއިރުއެވެ. ދެވަނަ ރާނގޮޑި އައިން ވަދެފައިވަނީ މެންދުރު އެކެއް ޖަހާކަށް ހާއިރުއެވެ. ދާ ޖަހައިގެން މަސްހިފުމަށް ކުރި މަސައްކަތުން ވަނީ 9000 އަށް ވުރެ ގިނަ މަސް ހިފާފައެވެ.

ނަޞްރުގެ ދުވަސް 2021 - ކުޅުދުއްފުށީގައި ބޭއްވި ހިނގާލުން
ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުއްދުއްފުށީގައި ވަނީ ހިނގާލުމެއް ބާވާފައެވެ. މި ހިނގާލުމުގައި ކުރީގެ ކެޑޭޓުންނާއި ބޭންޑުގައި އުޅުނު ދަރިވަރުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން ސްކޫލު ކުދިންނާއި އެކި މުވައްސަސާތަކުގެ ވެރިން ބައިވެރިވެފައިވާއިރު، މިހިނގާލުން ބަލާލުމަށް ގިނަބަޔަކު އެއްވެފައިވެއެވެ. މިއީ 3 ނޮވެމްބަރ 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައިގެންނެވި ބަތަލު ކަމުގައިވާ ހުސެއިން އާދަމް ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.

ނަސްރުގެ ދުވަސް - ނޮވެމްބަރު ތިނެއް، ދިވެހިން ރޮއްވާލި، އެހެނަސް ރޭވުންތައް ފެއިލްކޮށްލި ދުވަހެއް
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ، ދިވެހިންގެ ތެރެއިން ބަޔަކާއި، ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖޭގެ މިނިވަންކަމާއި، ވެރިކަން ހޯދުމަށް އުދުވާނީ ހަމަލާއެއް ދިން ދުވަހެވެ. ނަމަވެސް ދިވެހި ރައްޔިތުންނާއި ސިފައިން އެދުވަހުގެ އުދުވާނީ ހަމަލާވަނީ ފެއިލް ކޮށްލާފައެވެ. އެދުވަހު 19 ދިވެހިން ވަނީ މިގައުމުގެ މިނިވިންކަމާއި އިސްލާމް ދީނުގެ ދިފާއުގައި ޝަހީދުވެފައެވެ. ކޮންމެ އަހަރެއްގެ ވެސް ނަސްރުގެ ދުވަހުގެ ގޮތުގައި މި ދުވަސް ރާއްޖޭގައި އަންނަނީ ފާހަގަކުރަމުންނެވެ. އެމްއެންޑީއެފުން އެކި އެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ.

ކޮޕް26 - ތަރައްޤީގެ ޕްލޭންތައް ޙިއްޞާކުރުމަށް ރާއްޖެއަށް ލިބޭ ފުރުސަތެއް
ކޮޕަކީ "ކޮންފަރެންސް އޮފް ދަ ޕާޓީސް" އެވެ. މިއީ ޔޫއެންގެ ކްލައިމެޓް ޗޭންޖާއި ގުޅޭ ފްރޭމްވޯރކް ކޮންވެންޝަން ގައި ސޮއިކޮށްފައިވާ ހުރިހާ ގައުމަކުންވެސް ބައިވެރިވާ ކޮންފަރެންސްއެކެވެ. އެގޮތުން 197 ގައުމަކުން ވަނީ މިކޮންވެންޝަން ގައި ސޮއިކޮށްފައެވެ. މިކޮންވެންޝަން އެންމެ ފުރަތަމަ އުކުލަވާލީ 1992 ވަނަ އަހަރުއެވެ.

އެއް މިލިއަން ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް
އެއް މިލިއަން ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ 29 އޮކްޓޯބަރ 2021 ގައެވެ. އެއީ ފްރާންސްގެ ރައްޔިތެއް ކަމަށްވާ ވިންސެންޓް ވިކްޓަރ ކޮރެންޓިން ޕިޓާއު އެވެ. މި ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީ، އެމްއެމްޕީއާރުސީ އަދި އެމްއޭސީއެލްގެ ބޭފުޅުން ވަޑައިގެންނެވިއެވެ.

ރައީސް ސާލިޙު އާއި އަނބިކަނބަލުންގެ މި ފޮޓޯތައް ހިތްގައިމެއް ނޫންތަ؟
މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު ދުބާއީ އެކްސްޕޯ 2020ގައި ބަހައްޓާފައި ހުރި ރާއްޖޭގެ ޕެވިލިއަންއަށް އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ކުރެއްވި ޒިޔާރަތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ.

ދުބާއީ އެކްސްޕޯ 2020 - ރާއްޖެއިން ދައްކާލާނީ، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަރިކަ އާއި ސަގާފަތް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރައްވާފައިވަނީ 25 އޮކްޓޯބަރ 2021 ގައެވެ.

ރައިދާސް މޯލްޑިވްސް ސްޕްރިންގ ސަމަރ ކަލެކްޝަން 2022 އިފްތިތާހު ކުރުން
އޭޑީ ސްޓްރާ: ރައިދާސް މޯލްޑިވްސް ސްޕްރިންގ ސަމަރ ކަލެކްޝަން 2022 އިފްތިތާޙުކުރުމުގެ ޙަފްލާ ބާއްވާފައިވަނީ 23 އޮކްޓޯބަރ 2021 ގައެވެ. ކްރޮސްރޯޑްސްގައި ބޭއްވެވި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރައީސް ސާލިޙް އއ އަތޮޅަށް ކުރައްވާ ދަތުރުފުޅު
އއ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ދަތުރުފުޅެއް ފައްޓަވާފައިވަނީ 20 އޮކްޓޯބަރ 2021 ގައެވެ. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އއ. ތޮއްޑޫއަށެވެ. އެއަށްފަހު އއ ރަސްދޫ އަދި އުކުޅަސް ހިމެނެއެވެ. ރައީސްގެ މި ދަތުރުފުޅުގައި، އއ. މަތިވެރި، އއ. ބޮޑުފޮޅުދޫ އަދި އއ. ހިމަންދޫ ހިމެނެއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ 21 އޮކްޓޯބަރ 2021 ގައެވެ.