ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރު އަވަހާރަވެފައިވަނީ 20 ޑިސެމްބަރ 2021 ގައެވެ. އެމަނިކުފާނު އަވަހާރަވީ ކޮވިޑް-19ގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ. އުމަރު ޒާހިރު ވަނީ، 50 އަހަރަށްވުރެ ގިނަދުވަހު ދިވެހިޤައުމަށް އިޚްލާޞްތެރި އަގުހުރި ގިނަގުނަ ޚިދުމަތްތައް ކުރައްވާފައެވެ.

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން - ފޮޓޯ: ރާއްޖެއެމްވީ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން - ފޮޓޯ: ރާއްޖެއެމްވީ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން - އޮނަރަބަލް އުމަރު ޒާހިރު އަކީ ޤައުމީ ބޮޑެތި މަސައްކަތްތައް ޢަމަލީގޮތުން ހިންގެވުމާއި އެމަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމާއި، އިޖުތިމާޢީ އަދި ޤައުމީ އެންމެހައި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަތުމުގެ ލާމަސީލު ނަމޫނާ ޝަޚްޞިއްޔަތެއް - ފޮޓޯ: ރާއްޖެއެމްވީ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން - އުމަރު ޒާހިރު އަކީ ދިވެހިރާއްޖޭގެ ޤައުމީ ޙަޔާތުގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެއް - ފޮޓޯ: ރާއްޖެއެމްވީ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން - 1970 ގެ އަހަރުތަކާ ހަމަޔަށް އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި އައްޑޫ ގަމުގައި ހުންނަވާ ދިވެހި ސަރުކާރުގެ ލޭޒަން އޮފިސަރުކަމާއި ދާޚިލިއްޔާގެ އެކިއެކި ވަޒީފާތަކާއި މަޖީދިއްޔާގެ ހެޑްމާސްޓަރުކަމާއި ރޭޑިއޯ މޯލްޑިވްސްގެ ވެރިޔާކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ނާއިބު ކަމާއި ހޯމް މިނިސްޓްރީގެ ނާއިބުކަމާއި ބަނޑޮސް ރިސޯޓުގެ މެނޭޖަރުކަންވެސް ހިމެނޭ - ފޮޓޯ: ރާއްޖެއެމްވީ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން - އޮނަރަބަލް އުމަރު ޒާހިރު ވަނީ 1980 ވަނަ އަހަރުން ފެށިގެން 1993ގެ ނިޔަލަށް މާލޭ މުނިސިޕަލްޓީގެ ރައީސްކަން ކުރެއްވާފައި - ފޮޓޯ: ރާއްޖެއެމްވީ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން - އެމަނިކުފާނުގެ ކަށުނަމާދުގަައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނާއިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައިވޭ. އަދި ދައުލަތުގެ އިސްވެރިންގެ އިތުރުން، ގިނަ އަދަދެއްގެ އާންމުން ބައިވެރިވި. އުމަރު ޒާހިރުގެ ގައުމީ ޚިދުމަތް ފެއްޓެވީ، 1950 ގެ އަހަރުތަކުގައި - ފޮޓޯ: ރާއްޖެއެމްވީ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން - އޮނަރަބަލް އުމަރު ޒާހިރު އަކީ ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރު - ފޮޓޯ: ރާއްޖެއެމްވީ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން - އެމަނިކުފާނު އަވަހާރުވުމުގެ ހިތާމައިގައި 21 ޑިސެމްބަރުން ފެށިގެން 23 ޑިސެމްބަރުގެ ނިޔަލަށް ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައިވޭ - ފޮޓޯ: ރާއްޖެއެމްވީ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން - އޮނަރަބަލް އުމަރު ޒާހިރު އަވަހާރަވީ ކޮވިޑްގެ އާލާސްކަންފުޅާ އުޅުއްވުމަށްފަހު ޢުމުރުފުޅުން 84 އަހަރުގައި - ފޮޓޯ: ރާއްޖެއެމްވީ

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ފަސްދާނުލުން - އުމަރު ޒާހިރުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި. އެމަނިކުފާނު އަވަހާރަވުމާއި ގުޅިގެން 3 ދުވަސްވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ސަރުކާރުން ވަނީ ނިންމާފައި - ފޮޓޯ: ރާއްޖެއެމްވީ