ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން

5 ފެބްރުއަރީ 2022 | ހޮނިހިރު 16:47
-
40634
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ 5 ފެބްރުއަރީ 2022 ގައެވެ. ކޮމަންޑޫ ދާއިރާގެ ބައިލެކްޝަނެއް ބޭއްވުމަށް ނިންމީ އެ ދާއިރާގެ ކުރީގެ މެންބަރު އަވަހަރަވުމާއި ގުޅިގެންނެވެ. ކޮމަންޑޫ ދާއިރާއަށް ވާދަކޮށްފައިވަނީ 3 ކެނޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރަޝީދާއި، ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމާއި، އެމްއެންޕީގެ ފަރާތުން ވާދަކުރާ އަބްދުލްހަންނާން އިދުރީސްއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން - މި އިންތިޚާބުގައި ޖުމްލަ 7 ވޯޓް ފޮށްޓެއް ބެހެއްޓިފައިވޭ - ފޮޓޯ: މުހައްމަދު އަނިލް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން - ވޯޓުލުން ފަށާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ފެށިގެން - ފޮޓޯ: މުހައްމަދު އަނިލް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން - ކޮމަންޑޫ ދާއިރާއަށް ވާދަކޮށްފައިވަނީ 3 ކެނޑިޑޭޓުން. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރަޝީދާއި، ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމާއި، އެމްއެންޕީގެ ފަރާތުން ވާދަކުރާ އަބްދުލްހަންނާން އިދުރީސް - ފޮޓޯ: މުހައްމަދު އަނިލް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން - ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށްކަމަށްވާ ކޮމަންޑޫއާއި، ފޯކައިދޫ އަދި މަރޮށި ހިމެނޭ އެ ދާއިރާގައި 3،316 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިގެންވޭ - ފޮޓޯ: މުހައްމަދު އަނިލް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން - އިސްކަންދަރު ސްކޫލުގައި ދެ ފޮއްޓެއް ވަނީ ބެހެއްޓިފައި - ފޮޓޯ: މުހައްމަދު އަނިލް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން - ބައި އިލެކްޝަނުގައި ވޯޓް ފޮށި ބަހައްޓާފައިވަނީ އެ ދާއިރާތަކުގެ ރަށްތަކުގެ އިތުރުން މާލޭގައި އިސްކަންދަރު ސްކޫލުގައި - ފޮޓޯ: މުހައްމަދު އަނިލް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން - ވޯޓު ފޮށިތައް ބެހެއްޓިފައިވާގޮތަށް ބަލާއިރު، ކޮމަންޑޫގައި 2 ފޮށި، ފޯކައިދޫގައި 2 ފޮށި އަދި މަރޮށީގައި ބަހައްޓާފައިވާ ފޮއްޓަކާއި، މާލޭގައި ބަހައްޓާފައިވާ 2 ފޮށި ހިމެނޭ - ފޮޓޯ: މުހައްމަދު އަނިލް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން - ވޯޓުލާ ނިމުމުން ކޮންމެ ފޮއްޓެއްގެ ވޯޓު ގުނައި، ވޯޓުލާ މަރުކަޒުގައި ނަތީޖާ އިއުލާނު ކުރާނެ - ފޮޓޯ: މުހައްމަދު އަނިލް