"ރިވެލި އެވޯޑް 2021"
ރިވެލި އެވޯޑް 2021 ބައްވާފައިވައިވަނީ، 4 ޑިސެމްބަރު 2021 ގަައެވެ. ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެ ދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ދެވޭ އެވޯޑެކެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިވެލި އެވޯޑް 2021 - މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙާލަތު ރަނގަޅު ކުރުމަށް އެންމެ މުހިންމު ކަމަކީ، އެންމެންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަން، މިހާރަށް ވުރެ ފުރިހަމައަށް އެފަރާތްތަކަށް ދިނުންކަމަށް - ފޮޓޯ: ރައީސް އޮފީސް

ރިވެލި އެވޯޑް 2021 - ރައީސް ސާލިޙު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސަން ސަރުކާރުން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް - ފޮޓޯ: ރައީސް އޮފީސް

ރިވެލި އެވޯޑް 2021 - ރިވެލި އެވޯޑު 5 ދާއިރާއަކުން 6 ފަރާތެއް ވަނީ ހާސިލްކޮށްފައި - ފޮޓޯ: ރައީސް އޮފީސް

ރިވެލި އެވޯޑް 2021 - 5 ދާއިރާއަކުން، 7 ފަރާތެއް ވަނީ ރިވެލި ތަރި ހާސިލްކޮށްފައި. ރިވެލި ތަރި" އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ތެރެއިން، އެކި ދާއިރާތަކުން ހުނަރުވެރިން ކުރަމުން އަންނަ މަސައްކަތާއި އުފެއްދުންތައް ދައްކާލުމާއި، އެފަރާތްތަކުގެ މަސައްކަތާއި އުފެއްދުންތައް ކުރިއަރުވައި މާކެޓްކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަމުގެ މައުލޫމާތު ފުޅާދާއިރާއެއްގައި ފަތުރައި, އަދި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށްއެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމަށް ދެވޭ އެވޯޑެއް - ފޮޓޯ: ރައީސް އޮފީސް

ރިވެލި އެވޯޑް 2021 - ރިވެލި އެވޯޑް 2021 އަދި ރިވެލި ތަރި 13 ފަރާތަކަށް ވަނީ ދީފައި - ފޮޓޯ: ރައީސް އޮފީސް

ރިވެލި އެވޯޑް 2021 - ކޮންމެ ދެއަހަރަކުން އެއް އަހަރު ދެވޭ މި އެވޯޑު ދިނުމަށް ހޮނިހިރު ދުވަގެރޭ ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު - ފޮޓޯ: ރައީސް އޮފީސް