ހޯރަފުށީ އެއަރޕޯޓަށް އެއް އަހަރު - ޚިދުމަތާއި މެދު ރައްޔިތުން ތިބީ އުފަލުން ފޮޅިފައި
ހއ. ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކޮށްފައިވަނީ 19 ނޮވެމްބަރު 2021 ގައެވެ. މި ޚާއްސަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. ހޯރަފުށި އެއަރޕޯޓަކީ ރާއްޖޭގެ ފުރަތަމަ ބީޗް ފްރަންޓް އެއަރޕޯޓެވެ. އެއަރޕޯޓް ހުޅުއްވައިދެއްވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙުއެވެ.

ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުން - ހޯރަފުށީ އެއަރޕޯޓްގެ މަސައްކަތް ކުރިއަށް ދިއަ އިރު، އެރަށުގެ ރައްޔިތުންގެ ފަރާތުން ފެނިގެން ދިއަ އެކުވެރިކަމަކީ އެހެން ރަށްތަކަށް ދައްކައިދިން ރީތި ނަމޫނާއެއް - ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ - އަރޕޯޓްފަދަ ތަންތަނަކީ ޚިދުމަތް ހޯދަން އެކި ހިސާބުތަކުން މީހުން އަންނަ ތަންތަންކަން ފާހަގަ ކުރައްވައި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ކަންކަން ލުއި ފަސޭހަ ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައި - ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުން - ރީޖަނަލް އެއަރޕޯޓްސްގެ މޮނިއުމަންޓް ހުޅުވައިފައިވާއިރު، ސަރަހައްދީ އެއާޕޯޓުތަކަކީ ވެސް ވަކި ސްޓޭންޑަޑަކަށް ފެތޭ ތަންތަނަށް ވާންޖެހޭ. އެކަން ކަން ފުރިހަމަ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން - ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެމްޑީ އަހުމަދު ސައީދު ވަނީ ބައިވެރިވެވަޑައިގެންފައި - ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތުގައި ދަރިވަރުންތަކެއް ނެށުމުގެ އައިޓަމެއް ހުށަހަޅައިދެނީ - ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރުން - ރީޖަނަލް އެއަރޕޯޓްސްގެ މޮނިއުމަންޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް. ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ހިންގާ ސަރަހައްދީ އެއާޕޯޓްތަކުގެ ތެރެއިން ފުލީ ސެޓިފައި ކުރި ފުރަތަމަ އެއާޕޯޓަކަށް ހއ. ހޯރަފުށި އެއާޕޯޓް ވަނީ ވެފައި - ފޮޓޯ: ރައީސް އޮފީސް