Raajje.mv
ފޮޓޯ ގެލަރީ

ހިތަދުއަށް ބޮޑު މަހެއް ލެއްގުން

މިމަސް ފުރަތަމަ ފެނިފައިވަނީ ހިތަދޫ މޫލެކެޑެ އަވަށުގެ ފުއްޓަރުފަރާތުން 13 ނޮވެމްބަރު 2021 ގައެވެ. ހޮނިހިރު ދުވަހުގެ މެންދުރުގެ ވަގުތެއްގައި، އޮޔާއެކު އެސަރަޙައްދުގެ އީދިގައު ފަންނަށް މަސް އޮތީ ލައްގާފައެވެ.

އައިޝަތު މުހައްމަދު
14 ނޮވެމްބަރު 2021
ހިތަދުއަށް ބޮޑު މަހެއް ލެއްގުން - ބޮޑުމަހަކީ އާންމުކޮށް ރާއްޖޭގެ މާހައުލުގައި އުޅޭ މަހެއް ނޫން. އެހެން  ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖޭގެ ސަރަހައްދަށް ބޮޑުމަސް ވަންނަ ކަމަށް މަސްވެރިންބުނޭ.  މަރުވެފައިވާ މިފަދަ މަސްތައް އައްޑުއެކޭ އެއްފަދައިން ރާއްޖޭގެ އެހެން ރަށްރަށުންވެސް ދޭތެރެ ދޭތެރެއިން ފެނޭ - ފޮޓޯ: އައިޝަތު މުހައްމަދު

ހިތަދުއަށް ބޮޑު މަހެއް ލެއްގުން - ހޮނިހިރު ދުވަހުގެ ހެނދުނު މިމަސް ފުރަތަމަ ފެނުނީ ހިތަދޫ ސްކޫލާއި ދިމާލުން ފުއްޓަރުފަރާތު ފަރުމަތިންނެވެ. ގާތްގަނޑަކަށް 40 ފޫޓު ހުންނާނެ ކަމަށްބެލެވޭ. މަސް އޮތީ މަރުވެ ވަރަށް ބޮޑަށް ކުނިވެފައި. މީގެ ކުރީގެ އަހަރުތަކުގައި މިގޮތަށް ލައްގާ މަސް ބޭނުންކުރަނީ މަސްގަނޑު ހިއްކައިގެން ބޮޑުމަސްތެޔޮ ނެގުމަށް. އެތެލަކީ ދިވެހި ބޭސްވެރިކަމަށާއި އަދި ބޯޓު ފަހަރުގެ މަރާމާތުގެ އެކިބޭނުންތަކަށް ބޭނުންކުރާ ތެލެއް - ފޮޓޯ: އައިޝަތު މުހައްމަދު

ހިތަދުއަށް ބޮޑު މަހެއް ލެއްގުން - ހޮނިހިރު ދުވަހު ލެއްގި މިމަސް އެއްގަމަށް އެރުވުމުގައި އައްޑޫސިޓީ ކައުންސިލާއި އެމްއެންޑީއެފް އާއި ޕަބްލިކް ވޯކްސް އާއި ވެމްކޯ އަދި ރަށުގެ ގިނަ ޢަދަދެއްގެ ބަޔަކު އެހީތެރިވި. ބޮޑު މަސް ފަރުމައްޗަށް ލައްގާފައި އޮތް އިރު ވަރަށް ބޮޑަށް ކުނިވެ މުޅި ސަރަހައްދަށް ވަސް ފެތުރިފައިވޭ. މިމަސް ވަނީ އެއްގަމަށް އެރުވުމަށްފަހު ވަޅެއް ކޮނެ ވަޅުލާފަ. އެހެންނަމަވެސް މަހުގެ ބައެއް ބައިތައް އެއްގަމުގައި ހުރުމާއެކު އެސަރަޙައްދުން އަދިވެސް ނުބައިވަހުގެ އަސަރު ނުފިލާ - ފޮޓޯ: އައިޝަތު މުހައްމަދު

ހިތަދުއަށް ބޮޑު މަހެއް ލެއްގުން - މިއީ 40 ފޫޓު ބޮޑުމިނުގެ މަހެއް. މަސް އޮތީ މަރުވެ ވަރަށް ބޮޑަށް ކުނިވެފައި. މަސް ލެއްގުމާއެކު ގިނަ ބަޔަކުވަނީ އެސަރަޙައްދަށް ޖަމާވެ މަންޒަރު ބަލާފަ. އަދިމި ބޮޑުމަހުގެ ފޮޓޯއާއި ވީޑިއޯ ސޯޝަލްމީޑިއާގައި ގިނަޢަދަދަކަށް ދައުރުވަމުންދޭ - ފޮޓޯ: އައިޝަތު މުހައްމަދު

ހިތަދުއަށް ބޮޑު މަހެއް ލެއްގުން -  އައްޑޫސިޓީ ހިތަދޫ އީދިގަލި ސަރަޙައްދަކީ ބޮޑުމަސް ލެއްގުމުގެ ތާރީޚެއް އޮތްތަނެއް. އެގޮތުން އިތުރު 3 ފަހަރެއްގެ މަތިން ބޮޑުމަހެއް ލައްގައިގެން ނަގާފައިވޭ. އެސަރަޙައްދަށް އެގޮތަށް ބޮޑުމަސް ލައްގަނީ އެހިސާބުގަނޑުގެ އޮއި ހުންނަ ގޮތަކުން ކަމަށް މީހުން ބުނެއުޅޭ. މިހާރުވެސް އެސަރަޙައްދުން ފެންނަ ދަގަނޑު ޓޭންކް(ބެރާ)އަކީވެސް މީގެ 35ވަރަކަށް އަހަރު ކުރިން ލައްގާފައިވާ އެއްޗެއް. އޭގެ އިތުރުން ވެސް ވަރަށް ގިނަ އެކިކަހަލަ ތަކެތި އެސަރަޙައްދަށް ލައްގާފައިވޭ - ފޮޓޯ: އައިޝަތު މުހައްމަދު

ހިތަދުއަށް ބޮޑު މަހެއް ލެއްގުން - 2015 ވަނަ އަހަރު އައްޑޫސިޓީ މީދޫއަށްވެސް މިފަދަ ބޮޑު މަހެއް ލެއްގި. އަދި ހިތަދޫގެ އެތެރެވަރިން ދިރޭބޮޑުމަހެއްވެސް ލެއްގުމުން މީހުންވަނީ އެމަސް ސަލާމަތްތެރިކަމައެކު ބޭރުކޮށްފައި - ފޮޓޯ: އައިޝަތު މުހައްމަދު