Raajje.mv

ފޮޓޯ ގެލަރީ

އެއް މިލިއަން ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް

އެއް މިލިއަން ފަތުރުވެރިޔާ އަށް ހޫނު މަރުހަބާއެއް

އެއް މިލިއަން ފަތުރުވެރިޔާ ރާއްޖެ އައިސްފައިވަނީ 29 އޮކްޓޯބަރ 2021 ގައެވެ. އެއީ ފްރާންސްގެ ރައްޔިތެއް ކަމަށްވާ ވިންސެންޓް ވިކްޓަރ ކޮރެންޓިން ޕިޓާއު އެވެ. މި ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށްޓަކައި ޓުއަރިޒަމް މިނިސްޓްރީ، އެމްއެމްޕީއާރުސީ އަދި އެމްއޭސީއެލްގެ ބޭފުޅުން ވަޑައިގެންނެވިއެވެ.

29 އޮކްޓޯބަރު 2021
ރައީސް ސާލިޙު އާއި އަނބިކަނބަލުންގެ މި ފޮޓޯތައް ހިތްގައިމެއް ނޫންތަ؟

ރައީސް ސާލިޙު އާއި އަނބިކަނބަލުންގެ މި ފޮޓޯތައް ހިތްގައިމެއް ނޫންތަ؟

މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު ދުބާއީ އެކްސްޕޯ 2020ގައި ބަހައްޓާފައި ހުރި ރާއްޖޭގެ ޕެވިލިއަންއަށް އޮކްޓޯބަރ މަހުގެ 25 ވަނަ ދުވަހު ކުރެއްވި ޒިޔާރަތުގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެކެވެ.

28 އޮކްޓޯބަރު 2021
ދުބާއީ އެކްސްޕޯ 2020 - ރާއްޖެއިން ދައްކާލާނީ، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަރިކަ އާއި ސަގާފަތް

ދުބާއީ އެކްސްޕޯ 2020 - ރާއްޖެއިން ދައްކާލާނީ، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަރިކަ އާއި ސަގާފަތް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރައްވާފައިވަނީ 25 އޮކްޓޯބަރ 2021 ގައެވެ.

25 އޮކްޓޯބަރު 2021
‎ރައިދާސް މޯލްޑިވްސް ސްޕްރިންގ ސަމަރ ކަލެކްޝަން 2022 އިފްތިތާހު ކުރުން

‎ރައިދާސް މޯލްޑިވްސް ސްޕްރިންގ ސަމަރ ކަލެކްޝަން 2022 އިފްތިތާހު ކުރުން

އޭޑީ ‎ސްޓްރާ: ރައިދާސް މޯލްޑިވްސް ސްޕްރިންގ ސަމަރ ކަލެކްޝަން 2022 އިފްތިތާޙުކުރުމުގެ ޙަފްލާ ބާއްވާފައިވަނީ 23 އޮކްޓޯބަރ 2021 ގައެވެ. ކްރޮސްރޯޑްސްގައި ބޭއްވެވި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

23 އޮކްޓޯބަރު 2021
ރައީސް ސާލިޙް އއ އަތޮޅަށް ކުރައްވާ ދަތުރުފުޅު

ރައީސް ސާލިޙް އއ އަތޮޅަށް ކުރައްވާ ދަތުރުފުޅު

އއ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ދަތުރުފުޅެއް ފައްޓަވާފައިވަނީ 20 އޮކްޓޯބަރ 2021 ގައެވެ. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ އއ. ތޮއްޑޫއަށެވެ. އެއަށްފަހު އއ ރަސްދޫ އަދި އުކުޅަސް ހިމެނެއެވެ. ރައީސްގެ މި ދަތުރުފުޅުގައި، އއ. މަތިވެރި، އއ. ބޮޑުފޮޅުދޫ އަދި އއ. ހިމަންދޫ ހިމެނެއެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ 21 އޮކްޓޯބަރ 2021 ގައެވެ.

20 އޮކްޓޯބަރު 2021
ގ. ތުނޑި އިމާރާތުގެ 4 ވަނަ ފަންގިފިލާގައި އަލިފާން ރޯވުން

ގ. ތުނޑި އިމާރާތުގެ 4 ވަނަ ފަންގިފިލާގައި އަލިފާން ރޯވުން

ގ. ތުނޑި އިމާރާތުގެ 4 ވަނަ ފަންގިފިލާގައި އަލިފާން ރޯވެފައިވަނީ 17 އޮކްޓޯބަރ 2021 ގައެވެ. އެ ފްލޯއަކީ "ސީގަލް ފުޑްސް" ގެ ބިދޭސީންތަކެއް އެކޮމޮޑޭޝަންގެ ގޮތުގައި ބޭނުންކުރާ ފްލޯއެއް ކަމަށް މައުލޫމާތު ލިބެއެވެ.

17 އޮކްޓޯބަރު 2021
މޫސުން - ކަނޑުތައް ވަރަށް ގަދަވާނެ، ސަމާލުވޭ

މޫސުން - ކަނޑުތައް ވަރަށް ގަދަވާނެ، ސަމާލުވޭ

މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

16 އޮކްޓޯބަރު 2021
އުރީދޫ ސާފް ޗެމްޕިއަންޝިޕް - އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗު

އުރީދޫ ސާފް ޗެމްޕިއަންޝިޕް - އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗު

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ބުދަ ދުވަހުގެރޭ ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިއާއިން ވަނީ ހޯދާފައެވެ. މި މެޗުން އިންޑިއާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

14 އޮކްޓޯބަރު 2021
ފަރުވާއަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުން، ފެނުނީ ހިތާއި ހިތުގެ ގުޅުން

ފަރުވާއަށްފަހު ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވުން، ފެނުނީ ހިތާއި ހިތުގެ ގުޅުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހު ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. ޖަރުމަންވިލާތުގައި ފަރުވާ ހޯއްދެވުމަށްފަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ، ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ 11 އޮކްޓޯބަރ 2021 ގައެވެ. ރައީސް ނަޝީދަށް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްއެވެ.

11 އޮކްޓޯބަރު 2021
އުރީދޫ ސާފް ޗެމްޕިއަންޝިޕް - ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗު

އުރީދޫ ސާފް ޗެމްޕިއަންޝިޕް - ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗު

ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި އާދިއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ވަނީ ފައިނަލުގެ އުއްމީދު ދަމަހައްޓާފައެވެ. މި މެޗުން ރާއްޖެ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

10 އޮކްޓޯބަރު 2021
އުރީދޫ ސާފް ޗެމްޕިއަންޝިޕް - ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު

އުރީދޫ ސާފް ޗެމްޕިއަންޝިޕް - ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ގައި ބުރާސްފަތި ދުވަހުގެރޭ 2-0 ގެ ނަތީޖާއަކުން ބަންގްލަދޭޝް ބަލިކޮށް ރާއްޖޭން މުހިންމު މޮޅެއް ހޯދައިފިއެވެ. މި މޮޅާއެކު ތާވަލުގެ ތިންވަނައަށް ރާއްޖެ ޖެހިލީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކުއެވެ.

08 އޮކްޓޯބަރު 2021
އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެޓީވީ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެޓީވީ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ވަޑައިގެންފައިވަނީ 7 އޮކްޓޯބަރ 2021 ގައެވެ. ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ޝާހިދު ވިދާޅުވީ، ރާއްޖެޓީވީގެ ދައުވަތު ގަބޫލުފުޅު ކުރެއްވީ މިއަދު އާދެވިފަ މިހިރަ ހިސާބަށް ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރުގައި ރާއްޖެޓީވީ ކުޅެފައިވާ ދައުރު މުހިއްމު ކަމުން ކަމަށެވެ. ގައުމީ ދުވަހެއްގައި ރާއްޖެޓީވީ އަށް ވަޑައިގެން ވާހަކަފުޅު ދެއްކެވުމަކީ ލިބިލެއްވި އުފަލެއް ކަމަށް ވިދާޅުވިއެވެ. ޑިމޮކްރަސީއަށް މިކުރި ދަތުރުގައި އެންމެ ދަތި އެންމެ ކަޅު ދުވަސްވަރުގައި ވެސް އެ ހިތްވަރާއެކު ރައްޔިތުންގެ އަޑު ނުވަތަ ޑިމޮކްރަސީގެ އަޑު އުފުލުމުގައި އެއްވެސް ކަހަލަ ޖެހިލުމެއް ނެތި މަސައްކަތް ކުރި ޓީވީ ސްޓޭޝަނަކީ ރާއްޖެޓީވީ ކަމަށް ވިދާޅުވިއެވެ.

07 އޮކްޓޯބަރު 2021
އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތުން

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގަތުން

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފައިވަނީ 6 އޮކްޓޯބަރ 2021 ގައެވެ. އެމަނިކުފާނު އދ.ގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ، ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.

06 އޮކްޓޯބަރު 2021
އުރީދޫ ސާފް ޗެމްޕިއަންޝިޕް - ނޭޕާލާއި ރާއްޖެ ބައްދަލުކުރި މެޗު

އުރީދޫ ސާފް ޗެމްޕިއަންޝިޕް - ނޭޕާލާއި ރާއްޖެ ބައްދަލުކުރި މެޗު

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ކުޅުނު ފުރަތަމަ މެޗުން ނޭޕާލް ވަނީ ރާއްޖެ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައި ނޭޕާލް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ.

02 އޮކްޓޯބަރު 2021
އުރީދޫ ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު

އުރީދޫ ސާފް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތު

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުކުރު ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު، މިއީ ރާއްޖޭގައި މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.

02 އޮކްޓޯބަރު 2021
ލ. ކަޅައިދޫ - ސުނާމީގެ ހިތި ހަނދާނާ ގުޅިފައިވާ ރަށެއް

ލ. ކަޅައިދޫ - ސުނާމީގެ ހިތި ހަނދާނާ ގުޅިފައިވާ ރަށެއް

ލ. ކަޅައިދޫ އަކީ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން ހިމެނޭ ރަށެކެވެ. މި ރަށަކީ މިހާރު މީހުން ދިރިއުޅޭ ރަށެއް ނޫނެވެ. މި ރަށް މިހާރު ބޭނުން ކުރަނީ ސިފައިންގެ ބޭނުމަށެވެ.

29 ސެޕްޓެމްބަރު 2021
އަސްކަރީ ޢިއްޒަތުގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ވަޅުލުން

އަސްކަރީ ޢިއްޒަތުގައި ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން ވަޅުލުން

އިންޑިއާގައި އަސްކަރީ ތަމްރީނު ފުރިހަމަ ކުރަމުންދިޔަ ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާން އަސްކަރީ އިއްޒަތުގައި ވަޅުލައިފިއެވެ. ސުލްޠާން ނިޔާވެފައި ވަނީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީން ހޯންގައި ހޮނިހިރު ދުވަހު އޮތް އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައެވެ. 2018 އޭޕްރީލް 8 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅުނު ސުލްޠާން ފުރިހަމަކުރަމުން ދިޔައީ 2021 މާރިޗް 1ން 2024 މާރިޗް 15ށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ. މިކޯހަށް ދިއުމުގެ ކުރިން އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއާޓަރޒް (ޖޭ-1)ގައެވެ. އޭނާއަށް ލާންސް ކޯޕްރަލްކަމުގެ ރޭންކް ލިބިފައިވަނީ މި ކޯސް ފުރިހަމަ ކުރަމުންދަނިކޮށެވެ.

27 ސެޕްޓެމްބަރު 2021
ބޯކޮށް ވާރޭވެހި ހިޔާ ފްލެޓްގައި ފެން ބޮޑުވުން

ބޯކޮށް ވާރޭވެހި ހިޔާ ފްލެޓްގައި ފެން ބޮޑުވުން

ހުޅުމާލޭ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާގައި ހިމެނެނީ 25ބުރީގެ 16 ޓަވަރެވެ. މި މަޝްރޫޢުގައި 6720 އެޕާޓުމަންޓު ހިމެނެއެވެ. ހިޔާ ފްލެޓްތަކަށް މީހުން ބަދަލުވާން ފަށާފައިވާއިރު، އެތަން ހަދަން ޖެހެނީ އަމިއްލައަށެވެ. ފްލެޓްގެ ޖާގަ ކުޑަވުމާ ދައްކަންޖެހޭ ކުލި ބޮޑުވުމުގެ ސަބަބުން އެތައް ޝަކުވާއެއް، ފްލެޓް ލިބުނު ފަރާތްތަކުން ވަނީ ކޮށްފައެވެ. ފްލެޓް އިމާރާތް ކުރުމުގައި ބަލަން ޖެހޭ މިންވަރަށް ނުބެލުމުގެ ސަބަބުން ދިރުއުޅޭ އާއިލާތަކަށް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާއިރު، ބޯކޮށް ވާރޭ ވެހިއްޖެނަމަ މުޅި ފްލެޓުގައި ފެންބޮޑުވެއެވެ.

26 ސެޕްޓެމްބަރު 2021
އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިޚާބު 2021

އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިޚާބު 2021

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން 25 ސެޕްޓެމްބަރު 2021 ގައި ކުރިއަށްދާއިރު، ބައެއް ދާއިރާތަކުގައި އޮފިޝަލުން ހަމަ ނުވުމުގެ ސަބަބުން ވޯޓުލުން ފަށާފައިވަނީ ލަހުންނެވެ. މިފަހަރުގެ އިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކުރެއެވެ.

25 ސެޕްޓެމްބަރު 2021
ރައީސް ސޯލިޙް އދ. އަށް - ގައުމުތަކާއި އެކު އޮންނަ ގުޅުމަށް އިތުރު ބާރެއް

ރައީސް ސޯލިޙް އދ. އަށް - ގައުމުތަކާއި އެކު އޮންނަ ގުޅުމަށް އިތުރު ބާރެއް

އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކި ގައުމުތަކުގެ ވެރިންނާ ބައްދަލުކުރުމަށް ނިންމަވާފައިވާއިރު، 21 ސެޕްޓެމްބަރު 2021 ގައި ވަނީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އ.ދ. ގެ މައި އިދާރާގައެވެ. މީގެ އިތުރުން ޕޯޗުގަލްގެ ރައީސް، މާސެލޯ ރެބެލޯ ޑިސޯޒާއާ ވެސް ރައީސް ސޯލިޙް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ވެސް އޮތީ އ.ދ. ގެ މައި އިދާރާގައެވެ.

21 ސެޕްޓެމްބަރު 2021
އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމު - ރަމްޒުކޮށްދެނީ ޚާރިޖީ ސިޔާސަތު ބަލައިގެންފިކަން

އ.ދ. ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްގެ މަޤާމު - ރަމްޒުކޮށްދެނީ ޚާރިޖީ ސިޔާސަތު ބަލައިގެންފިކަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގެ ޙަވާސާގައި އ.ދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ނިއުޔޯކް ސިޓީގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައެވެ.

21 ސެޕްޓެމްބަރު 2021
އ.ދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު ނިއުޔޯކަށް

އ.ދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހު ނިއުޔޯކަށް

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާގެ ނިއުޔޯކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފުރައިވަޑައިގެންފައިވަނީ 18 ސެޕްޓެމްބަރު 2021 ގައިއެވެ.

19 ސެޕްޓެމްބަރު 2021
ހޮޓް އެއަރ ބެލޫން ދަތުރު - ބަލާ ފޫހި ނުވި މަންޒަރެއް

ހޮޓް އެއަރ ބެލޫން ދަތުރު - ބަލާ ފޫހި ނުވި މަންޒަރެއް

މިއީ ހޮޓް އެއަރ ބެލޫން ނުވަތަ ހޫނުވައި ޖަހާ ހަމެވެ. ހޮޓް އެއަރ ބެލޫންގެ ތެރޭގައި ހުޅުގަނޑެއް ރޯކޮށްގެން ހޫނުކުރުމުން އެ ހަން މައްޗަށް އަރައެވެ. މިއީ ތުރުކީގެ ސިޓީއެއް ކަމަށްވާ ކެޕަޑޯކިއާއެވެ. މިއީ ފަރުބަދަމަތީ ސަރަހައްދެކެވެ. އެތަނުގެ ހާއްސަ އެއް ކަމަކީ ހޮޓް އެއަރ ބެލޫން ދަތުރުތަކެވެ.

16 ސެޕްޓެމްބަރު 2021
ހަވީރު 5 ގެ ފަސް މާލޭގެ އެކި ސަރަހައްދުތައް

ހަވީރު 5 ގެ ފަސް މާލޭގެ އެކި ސަރަހައްދުތައް

ކާރޫބާރޫ ބޮޑު މާލޭގެ މަގުމަތީގައި ހަވީރު 5 ގެ ފަހުން މީހުން އެކި ކަންކަމުގައި ހޭލަމޭލަ ވެގެން އުޅޭލެއް އިތުރެވެ. ޚާއްސަކޮށް ހިތްހަމަ ޖައްސާލުމަށް ފިނި ބުރު ޖެހުމަށް ދުއްވާ މީހުންގެ އަދަދު އިތުރުކަން ފާހަގަކޮށްލެވެއެވެ.

14 ސެޕްޓެމްބަރު 2021
ރައީސް ސާލިހު އަލިފުށީ ބޯޓްޔާޑް ބައްލަވާލެއްވުން

ރައީސް ސާލިހު އަލިފުށީ ބޯޓްޔާޑް ބައްލަވާލެއްވުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަލިފުއްޓަށް ވަޑައިގެން، އެރަށު ބޯޓްޔާޑް ބައްލަވާލައްވާފައެވެ.

10 ސެޕްޓެމްބަރު 2021
ހަވީރުގެ ވަގުތު، ރަސްފަންނު ސަރަހައްދު

ހަވީރުގެ ވަގުތު، ރަސްފަންނު ސަރަހައްދު

ހަވީރުގެ ވަގުތު މާލޭގެ ރަސްފަންނު ސަރަހައްދަކީ، ކުދި ބޮޑު އެންމެން ހިތްހަމަ ޖައްސާލުމަށާއި، މޫދަށް އެރުމަށް ގޮސްއުޅޭ ސަރަހައްދެކެވެ. އެގޮތުން ސްކޫލު ދަރިވަރުން ސްކޫލުގެ ކިޔެވުން ނިންމާލުމަށްފަހު ބެލެނިވެރިންނާއިއެކު ރަސްފަންނަށް ގޮސްހަދައެވެ.

06 ސެޕްޓެމްބަރު 2021
ދޮންފަނު ސްކޫލުން ގައުމީ މާމަ ކާފަ ދުވަސް ފާހަގަ ކުރުން

ދޮންފަނު ސްކޫލުން ގައުމީ މާމަ ކާފަ ދުވަސް ފާހަގަ ކުރުން

ގައުމީ މާމަ، ކާފަ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. ދޮންފަނު ސްކޫލުން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން، މި ހަރަކާތްތަކުގައި ދޮންފަނު ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރިންގެ އިތުރުން ޓީޗަރުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ދޮންފަނުގެ ދުވަސްވީ މީހުން ވެސް ބައިވެރިވެފައިވެއެވެ.

05 ސެޕްޓެމްބަރު 2021
އެމްއެންޔޫ ގަމު ކެމްޕަހުން ލައިބްރަރީ ދުވަސް ފާހަގަކުރުން

އެމްއެންޔޫ ގަމު ކެމްޕަހުން ލައިބްރަރީ ދުވަސް ފާހަގަކުރުން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ލ. ގަމު ކެމްޕަހުން ލައިބްރަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެގޮތުން މިއަހަރުގެ ލައިބްރަރީ ދުވަސް ފާހަގަ ކޮށްފައިވަނީ ދިވެހިވަންތަ ކޮންސެޕްޓަކަށެވެ.

04 ސެޕްޓެމްބަރު 2021
އިމާދުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަ ކުރުން

އިމާދުއްދީން ސްކޫލުގެ އަހަރީ ދުވަސް ފާހަގަ ކުރުން

އިމާދުއްދީން ސްކޫލް އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ހަވީރު ވަނީ ހުޅުމާލޭ ފޭސް 2 ގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގައި އިމާދުއްދީން ސްކޫލުގެ ދަރިވަރުންނާއި، ޓީޗަރުންގެ އިތުރުން ބެލެނިވެރިންވެސް ވަނީ ބައިވެރިވެފައެވެ.

02 ސެޕްޓެމްބަރު 2021
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށް 48 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށް 48 އަހަރު ފުރުން ކުލަގަދަ ގޮތެއްގައި ފާހަގަކުރުން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއަށް 48 އަހަރު ފުރުން ކުލަ ގަދަ ގޮތެއްގައި ފާހަގަކޮށްފައިވާއިރު، އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްއެންޔޫއިން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫގެ މެނޭޖުމަންޓްގެ އިތުރުން ސްޓާފް ކްލަބާއި، ދަރިވަރުންގެ ޔޫނިއަނުންވެސް ވަނީ ބައިވެރިވެފައެވެ. ގައުމީ ޔުނިވަރސިޓީއަކީ ރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީއެވެ. ޔުނިވަރސިޓީގެ ކެމްޕަސްތައް މާލޭގެ އިތުރުން، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ގދ. ތިނަދޫ އަދި ލ.ގަމުގައި ހުރެއެވެ.

01 ސެޕްޓެމްބަރު 2021
42 / 108