ފޮޓޯ ގެލަރީ

އައްޝިފާ ހޮސްޕިޓަލު ސަރަހައްދަށް އިސްރާއީލުން ހަމަލާ ދިނުން
ޔަހޫދީ އިސްރާއީލުން ވަނީ އައްޝިފާ ހޮސްޕިޓަލާއި އެ ހޮސްޕިޓަލާ ކައިރި ސަރަހައްދުތަކަށް 2 ހަފުތާ ވަންދެން ހަމަލާ ދީފައެވެ.

އެމިރޭޓްސް ރެޑް ކްރެސެންޓުން ޣައްޒާއަށް އެހީގެ ޕާރުސަލް ފޯރުކޮށްދިނުން
އެމިރޭޓްސް ރެޑް ކްރެސެންޓުން ވަނީ ޣައްޒާއަށް އިންސާނީ އެހީއާއެކު ޕާރުސަލްތަކެއް ފޯރުކޮށްދީފައެވެ.

ބަނޑުހައިހޫނުކަމުގައި ހިކި އަނަރޫފަ ވެފައިވާ ޣައްޒާގެ ތުއްތު ކުދިންނަށް ފަރުވާ ދިނުން
ހަނގުރާމައަށް 177 ދުވަސް ވީއިރު، ޣައްޒާގެ ރައްޔިތުން ވަނީ ކާނާއާއި ސާފު ބޯފެނާއި ބޭސްފަރުވާއިންވެސް މަހުރޫމުވެފައެވެ. އަދި ތުއްތު ކުދިން ވަނީ ބަނޑުހައިހޫނުކަމުގައި ހިކި އަނަރޫފަވެ، ފަރުވާ ހޯދަން ޖެހިފައެވެ.

އިސްރާއިލާއި ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި މުޒާހަރާ ކުރުން
ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރާ މީހުން އެއްވެ، އިސްރާއީލާއި ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ނިކުމެ ދަނީ މުޒާހަރާކުރަމުންނެވެ.

ލާރްނާކާއިން ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހިފައިވާ ދަނޑިވަޅެއްގައި ލާރްނާކާއިން ޣައްޒާއަށް އެހީގެ ޕާރުސަލްތަކެއް ފޯރުކޮށްދީފިއެވެ.

ސިންގަޕޫރު އެއާލައިންސްގެ ރާއްޖެ ދަތުރުތަކަށް 40 އަހަރު ފުރުން ފާހަގަކޮށްފި
ސިންގަޕޫރާއި ރާއްޖެއާ ދެމެދު ސިންގަޕޫރު އެއާލައިންސްއިން ކުރާ ދަތުރުތަކަށް 40 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

ޣައްޒާގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމަށް ލަންޑަންގައި މުޒާހަރާކުރުން
ޣައްޒާގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެގޮތުން ލަންޑަންގައި ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ.

އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ސުންނާފަތިވެފައިވާ ރަފަހުގެ ގެތައް
މީހުން ދިރިއުޅޭ ސަރަހައްދަކަށް އިސްރާއީލުގެ ސިފައިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ގުދުސްގެ އަލްއަޤްޞާ މިސްކިތުގައި ފަލަސްތީނުގެ އާއިލާއެއް ރޯދަ ވިއްލުން
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ރަމަޟާން މަސް ވޭތުކުރަމުންދަނީ މި ބަރަކާތްތެރި މަހުގެ ހުރިހާ އުފަލެއް ނުލިބިއެވެ.

ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ ރައްޔިތުން ރަމަޟާން މަހު ރޯދަވިއްލުން
ރަމަޟާން މަހާ ދިމާކޮށް އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން އުޅެމުންދަނީ ވަރަށް ދަތި ހާލުގައެވެ.

އެހީގެ ޕާރުސަލްތަކެއް ޣައްޒާއާ ފޯރުކޮށްދިނުން
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހިފައިވާ ދަނޑިވަޅެއްގައި ވައިގެ މަގުން ޣައްޒާއަށް އެހީގެ ޕާރުސަލްތަކެއް ފޯރުކޮށްދީފިއެވެ.

މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ރަފާ ބޯޑަރު ކްރޮސިންކައިރީގައި އެހީ ފޯރުކޮށްދޭ އުޅަނދުތައް
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގެ ތެރޭ، މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ރަފާ ބޯޑަރު ކްރޮސިން ކައިރީގައި ޕާކުކޮށްފައިވާ އުޅަނދުތައް ދަނީ ޣައްޒާއަށް އެހީފޯރުކޮށްދެމުންނެވެ.

ފަލަސްތީނުގެ ރައްޔިތުން ރަފަހުގައި ހުކުރު ނަމާދު ކުރުން
އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ދަތިހާލުގައި އުޅެންޖެހިފައެވެ. ނަމަވެސް ފަލަސްތީނުގެ ރައްޔިތުން ދަނީ ހިތްވަރާއި އެކީ ދަތީގައި ކެތްތެރިކަމާއިއެކު ހިތްވަރު ދައްކަމުންނެވެ.

ހަނގުރާމައަށް 166 ދުވަސް، އިސްރާއީލުން ދަނީ ހުއްޓުމެއް ނެތި ފަލަސްތީނުގެ މީހުން ޝަހީދުކުރަމުން
ހަނގުރާމައަށް 166 ދުވަސްވެފައި ވާއިރު، ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.

މީހުން ދިރިއުޅޭ ސަރަހައްދަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ގެތައް ސުންނާފަތިވުން
މީހުން ދިރިއުޅޭ ސަރަހައްދަކަށް އިސްރާއީލުގެ ސިފައިން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުން
ހަނގުރާމައަށް 164 ދުވަސްވެފައި ވާއިރު، ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.

ރޯދަމަހު މާލޭގެ ބާޒާރު
ކޮންމެ އަހަރެއްގެވެސް ރޯދަމަހަކީ މާލޭގެ ބާޒާރު ސަރަހައްދަށް ބާރުބޮޑު ދުވަސްތަކެކެވެ. ރޯދައަށް ގެއަށް ބޭނުންވާ ތަކެތި ގަންނަން ކޮންމެ ދުވަހަކުވެސް އެތައްހާސް ބަޔަކު މާރުކޭޓަށްދާއިރު، މި އަހަރުގެ މާރުކޭޓްވެސް ފެންނަނީ ތިޔާގިކޮށެވެ.

ޣައްޒާއަށް އެހީގެ ޕާރުސަލްތަކެއް ފޯރުކޮށްދިނުން
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހިފައިވާ ދަނޑިވަޅެއްގައި ވައިގެ މަގުން ޣައްޒާއަށް އެހީގެ ޕާރުސަލްތަކެއް ފޯރުކޮށްދީފިއެވެ.

ޓޮރޮންޓޯގައި ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާ
ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ތާއީދުކުރާ މީހުން އެއްވެ، ޓޮރޮންޓޯގައި ލިބަރަލް ޕާޓީގެ ފަންޑްރެއިޒިން އެއްވުމެއް ބާއްވާ ސަރަހައްދު ކައިރީގައި މުޒާހަރާކޮށްފިއެވެ.

އަންމާނުގައި ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާ
އިސްރާއީލުން ވަށާލާފައިވާ ޣައްޒާއަށް ވައިގެމަގުން ވަރުގަދަ ހަމަލާތައް މެދުނުކެނޑި ދެމުންދާތާ 160 ދުވަސް ވެފައިވާއިރު، އުރުދުންގެ އަންމާނުގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާ ކޮށްފިއެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހިފައިވާ ދަނޑިވަޅެއްގައި ޣައްޒާއަށް އެހީގެ ޕާރުސަލްތަކެއް ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަމަޟާން މަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އަޅުކަމުގައި
1445 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންގެ ދިރިއުޅުން ފެންނަނީ އުޖާލާކޮށެވެ.

ޣައްޒާގެ ތުއްތު ކުދިން ބަނޑަށް މަރުވަނީ، ހޮސްޕިޓަލްތައް ފުރިފައި
ހަނގުރާމައަށް 157 ދުވަސް ވީއިރު، ޣައްޒާގެ ރައްޔިތުން ވަނީ ކާނާއާއި ސާފު ބޯފެނާއި ބޭސްފަރުވާއިންވެސް މަހުރޫމުވެފައެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
ރަމަޟާން މަހުގެ ފުރަތަމަ ދުވަހު މާރުކޭޓު ފެންނަނީ ހަލަބޮލިކޮށެވެ.

ޕުޓްރާޖަޔާގައި ރަމަޟާން މަހުގެ ހަނދު ބެލުން
މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ގިނަ މުސްލިމް ގައުމުތަކުން ވަނީ ކަނޑައަޅާފައެވެ.

ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ފާހަގަކުރުމުގެ ގޮތުން ޖަކާޓާގައި ހަނދު ބެލުން
މާދަމާއަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ދުނިޔޭގެ މުސްލިމް ގައުމުތަކުން ވަނީ ކަނޑައަޅާފައެވެ.

އެހީގެ ޕާރުސަލްތަކެއް އުތުރު ޣައްޒާއަށް ފޯރުކޮށްދިނުން
އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހިފައިވާ ދަނޑިވަޅެއްގައި ވައިގެ މަގުން ޣައްޒާއަށް އެހީގެ ޕާރުސަލްތަކެއް ފޯރުކޮށްދީފައެވެ.

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ސުންނާފަތިވި ރަފަހުގެ ގެތައް
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޢާއްމުން ދިރިއުޅޭ ގެތައް ވަނީ ބިމާ ހަމަކޮށްފައެވެ.

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާ
ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަލަސްތީނަށް ތާއީދުކޮށް ލުބުނާނުގައި ހުންނަ އދ.ގެ އަންހެނުންގެ އޮފީސް ކުރިމަތީގައި ގިނަ ބަޔަކު ވަނީ އެއްވެ، މުޒާހަރާ ކޮށްފައެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ ހަށިތައް ވަޅުލަނީ
ހަނގުރާމައަށް 152 ދުވަސްވެފައި ވާއިރު، ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ.