ރަމަޟާން މަހު، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުން އަޅުކަމުގައި
1445 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންގެ ދިރިއުޅުން ފެންނަނީ އުޖާލާކޮށެވެ.

ރަމަޟާން މަހުގެ ފުރަތަމަރޭ އަލްއަޤްޞާ ކޮމްޕައުންޑްގައި ތަރާވީހު ނަމާދުގައި މުސްލިމުން ބައިވެރިވަނީ - ފޮޓޯ: ރޮއިޓަރސް

ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ރޭ، މިޞްރުގެ ކުރީގެ ގާހިރާގައި މިޞްރުގެ ބިމުގައި މިހާތަނަށް ބިނާކުރި ފުރަތަމަ އަދި އެންމެ ދުވަސްވީ މިސްކިތް ކަމުގައިވާ އަމްރު އިބްނު އަލްއާސް މިސްކިތުގައި ތަރާވީހު ނަމާދުގައި ބައިވެރިވި މުސްލިމުން - ފޮޓޯ: ރޮއިޓަރސް

ރަމަޟާން މަހުގެ ފުރަތަމަރޭ ޖަކާޓާގެ އިސްތިޤްލާލްގެ ބޮޑު މިސްކިތުގައި އިންޑޮނޭޝިއާގެ މުސްލިމުން ތަރާވީހު ނަމާދު ކުރަނީ - ފޮޓޯ: ރޮއިޓަރސް

އިންޑޮނޭޝިއާގެ ޖަކާޓާގައި ހުންނަ އިސްތިޤްލާލްގެ ބޮޑު މިސްކިތުގައި ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ބޮޑު ޖަމާއަތުގައި ތަރާވީހު ނަމާދުކުރަން އުޅުނު މުސްލިމުންގެ ތެރެއިން މީހަކު ކުޑަ ކުއްޖެއްގެ ދޮޅި ރަނގަޅުކޮށްލަނީ - ފޮޓޯ: ރޮއިޓަރސް

އަލް ޖައްބާރުގެ ބޮޑު މިސްކިތުގައި އިންޑޮނޭޝިއާގެ މުސްލިމުން ތަރާވީހު ނަމާދު ކުރަނީ - ފޮޓޯ: ރޮއިޓަރސް

ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ރޭ އަލް ޖައްބާރުގެ ބޮޑު މިސްކިތުގައި އިންޑޮނޭޝިއާގެ މުސްލިމުން ތަރާވީހު ނަމާދު ކުރަނީ - ފޮޓޯ: ރޮއިޓަރސް