ކ. މާލެ
|
4 މެއި 2021 | އަންގާރަ 23:27
ވިންކޮވް-19 އުފެއްދުމުގެ މަސައްކަތްކުރާ ސީއެސްއައިއާރް-ސެންޓަރ ފޮރ ސެލިއުލަރ އެންޑް މޮލެކިއުލަރް ބަޔޮލޮޖީ
ވިންކޮވް-19 އުފެއްދުމުގެ މަސައްކަތްކުރާ ސީއެސްއައިއާރް-ސެންޓަރ ފޮރ ސެލިއުލަރ އެންޑް މޮލެކިއުލަރް ބަޔޮލޮޖީ
އިންޑިޔާ ޓުޑޭ
ކޮވިޑަށް އުފެއްދި ފުރަތަމަ ބޭސް
ކޮވިޑަށް އުފެއްދި ފުރަތަމަ ބޭހުގެ އަޖުމަ ބަލަން ފަށަނީ
ބޭސް ބޭނުން ކުރުމުގެ ހުއްދަ ލިބުމަށް ތިން ހަފުތާ އާއި ހަތަރު ހަފުތާގެ މުއްދަތެއް ނަގާނެ
އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ނަތީޖާ ލިބުމުން ބޭސް ބޭނުން ކުރުމުގެ ހުއްދަ ލިބޭނެ
ވިންކޮވް-19 ގައި ތެރަޕަޓިކް އެންޓިބޮޑީސް ހިމެނޭ
އިންޑިއާގެ ސީސީއެމްބީން އުފައްދާ ބޭހަށް ކިޔަނީ ވިންކޮވް-19

ކޮވިޑް-19 އަށް އުފެއްދި ފުރަތަމަ ބޭހުގެ އަޖުމަ ބެލުމުގެ ހުއްދަ އިންޑިއާގެ ސީއެސްއައިއާރް ސެންޓަރ ފޮރ ސެލިއުލަރ އެންޑް މޮލެކިއުލަރ (ސީސީއެމްބީ) އަށް ޑްރަގް ކޮންޓްރޯލަރ އޮފް އިންޑިއާ އިން ދީފިއެވެ.

ވިންކޮވް-19ގެ ނަމުން ނަން ދީފައިވާ މި ބޭހުގެ އިންސާނީ ތަޖުރިބާގެ ފިޔަވަހި އެކެއް އަދި ފިޔަވަހި ދޭއްގެ މަސައްކަތް އަންނަ ހަފުތާގައި ދިއްލީ އާއި ރާޖަސްތާނުގައި ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސީސީއެމްބީ އާއި ޔުނިވަރސިޓީ އޮފް ހައިދްރައާބާދު އަދި ވިންސް ބައޯޕްރޮޑަކްޓްސް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ މި ބޭހަކީ ކޮވިޑް-19ށް އުފައްދާފައިވާ ފުރަތަމަ ބޭހެވެ. މިބޭހަކީ ތެރަޕަޓިކް އެންޓިބޮޑީސް ހިމެނޭ ބޭހެކެވެ. އެގޮތުން ބޭހަށް ބޭނުންވާ އެންޓިބޮޑީސް ހޯދުމަށް ސައިންސްވެރިން ވަނީ އަސްތަކަކަށް އިންއެކްޓިވޭޓް ކޮރޯނާ ވައިރަސް އިންޖެކްޓްކޮށްފައެވެ.

ސީސީއެމްބީގެ ޑިރެކްޓަރ ރަކޭޝް ކޭ މިޝްރާ ވަނީ ބޭހުގެ ހިއުމަން ޓްރަޔަލްގެ ފޭސް އެކެއް އަދި ދޭއްގެ ނަތީޖާ ލިބުމުން ބޭސް ބޭނުން ކުރުމުގެ ހުއްދަ ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބޭސް ބޭނުން ކުރުމުގެ ހުއްދަ ލިބުމަށް ތިން ހަފުތާ އާއި ހަތަރު ހަފުތާގެ މުއްދަތެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިންކޮވް އަކީ ކޮވިޑަށް އުފެއްދޭ ފުރަތަމަށް ބޭހަށް ވާއިރު ބޭހުގެ އަސަރު އެންމެ ރަނގަޅަށް ކުރާނީ ބަލިޖެހޭތާ ކުރީކޮޅު ބޭސް ކެއުމުން ކަމަށް ރަކޭޝް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް