ކ. މާލެ
|
21 މެއި 2025 | ބުދަ 19:25
2020 ވަނަ އަހަރު ޗައިނާގައި ކޮވިޑް ފެތުރި ހޮސްޕިޓަލްތައް ފުރިފައި - ފައިލް
2020 ވަނަ އަހަރު ޗައިނާގައި ކޮވިޑް ފެތުރި ހޮސްޕިޓަލްތައް ފުރިފައި - ފައިލް
ރޮއިޓަސް
ކޮވިޑް-19
ކޮވިޑް-19 އަނެއްކާވެސް ފެތުރެނީ، އިންޑިއާއިން ވެސް އައު ކޭސްތަކެއް ފެނިއްޖެ
އިންޑިއާގެ ސިއްހީ އޮފިޝަލުން ބުނެފައިވަނީ އިންޑިއާގައި 257 ކޭސް ރިޕޯޓްކޮށްފައިވާ އިރު، ހާލަތު މޮނިޓަރ ކުރަމުންދަނީ ސަމާލުކަން އިތުރުކޮށްގެން ކަމަށެވެ. އަދި ލިބިފައިވާ އިބްތިދާއީ މައުލޫމާތަށް ބަލާއިރު، ކޭސްތަކުގައި ކަންބޮޑުވާކަމެއް ނެތް ކަމަށެވެ.

ކޮވިޑް-19 ގެ ކޭސްތަކެއް އޭޝިއާގެ ބައެއް ގައުމުތަކުގައި ރިޕޯޓްކުރެވޭ މިންވަރު އިތުރުކުރެވިފައިވާ އިރު، އަވަށްޓެރި އިންޑިއާއިން ވެސް ކޭސްތަކެއް ރިޕޯޓްކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުގައި ރިޕޯޓްކޮށްފިއެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އެންޑީޓީވީގައި ބުނެފައިވަނީ ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މުޅި އޭޝިއާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ. އޭޝިއާގެ އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ ހޮންކޮންގާއި ސިންގަޕޫރުން ވެސް ގިނަ އަދަދެއްގެ ކޭސްތައް ފެނިފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ހޮންކޮންގުގެ ސެންޓަރ ފޯ ހެލްތު ޕްރޮޓެކްޝަނުން ބުނާ ގޮތުގައި ކޮވިޑް-19 އަކީ ފުދޭވަރަކަށް ހަރަކާތްތެރި ވައިރަސްއެކެވެ. ހޮންކޮންގް އަދި ސިންގަޕޫރު، ޗައިނާ އަދި ތައިލެންޑްގެ ސިއްހީ އިދާރާތަކުން ވަނީ އާ ބޫސްޓާ ވެކްސިން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

ސިންގަޕޫރުގެ ހެލްތު މިނިސްޓްރީން ބުނީ ކޭސްތައް އިތުރުވުމަކީ އާބާދީގެ އިމިއުނިޓީ ދަށްވުން ހިމެނޭ ގޮތަށް ދިމާވެދާނެ ކަމެއް ނަމަވެސް، ކޮވިޑް-19 ގެ ދުވަސްވަރަށް ވުރެ ދައުރުވާ ވައްތަރުތައް ގިނައިން ފަތުރާ - ނުވަތަ ބޮޑެތި ކޭސްތައް އުފެދޭ - ކަމުގެ އެއްވެސް އިޝާރާތެއް ނުފެންނަ ކަމަށެވެ.

އިންޑިއާގައި އައު ކޭސްތަކެއް ފެނިފައިވެއެވެ. އެގޮތުން މަހާރާޝްތުރާގައި ވެސް އެކްޓިވް ކޭސްތައް އިތުރުވެފައިވާއިރު، އެއް ހަފްތާގެ ތެރޭގައި އަދަދުތައް 12 އިން 56 އަށް ވަނީ އިތުރުވެފަ އެވެ. މިވަގުތު އިންޑިއާގައި 257 އެކްޓިވް ކޯވިޑް-19 ކޭސް ހުރިއިރު، އެންމެ ގިނަ ކޭސްތައް ރިޕޯޓްކޮށްފައިވަނީ ކެރެލާ، މަހާރާޝްތުރާ އަދި ތަމިލް ނާޑޫ އިންނެވެ.

އިންޑިއާގެ ސިއްހީ އޮފިޝަލުން ބުނެފައިވަނީ އިންޑިއާގައި 257 ކޭސް ރިޕޯޓްކޮށްފައިވާ އިރު، ހާލަތު މޮނިޓަރ ކުރަމުންދަނީ ސަމާލުކަން އިތުރުކޮށްގެން ކަމަށެވެ. އަދި ލިބިފައިވާ އިބްތިދާއީ މައުލޫމާތަށް ބަލާއިރު، ކޭސްތަކުގައި ކަންބޮޑުވާކަމެއް ނެތް ކަމަށެވެ.

މީގެ އިތުރުން މިހާރު ފެންނަ ކޭސްތަކަށް ބަލާލާއިރު، ފެންނަނީ ކޮވިޑްގެ އާލަމީ ވަބާގެ ތެރޭގައި އެންމެ ފަހުން ފެނުނު އޮމިކްރޯން ވޭރިއެންޓާއި ގުޅުންހުރި ޖޭއެން.1 ވޭރިއަންޓެވެ. އަދި ޖޭއެން.1 އާއި ގުޅުންހުރި އިތުރު ވޭރިއެންޓްތައް ކަމަށްވާ އެލްއެފް.7 އަދި އެންބީ.8.1 ވެރިއަންޓް ހަލުވިކަމާއެކު ސިންގަޕޫރުގައި ފެތުރެމުން އަންނަ ކަމަށް އެގައުމުގެ ސިއްހީ އިދާރާތަކުން ވަނީ ބުނެފައެވެ.

ޖޭއެން.1 ސްޓްރޭން އަކީ ބީއޭ.86.2 ވައްތަރު (އޮމިކްރޮން ސަބް ވެރިއަންޓެއް) ގެ އާއިލާގެ ބާވަތެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ޖޭއެން.1 ސްޓްރޭން ގިންތިކޮށްފައި ވަނީ "ވޭރިއަންޓް އޮފް އިންޓަރެސްޓް" އެއްގެ ގޮތުގައި ކަމަށާއި އަދި "ވޭރިއަންޓް އޮފް ކޮންސަރން" އެއްގެ ގޮތުގައި ނޫނެވެ. ޖޭއެން.1 ގެ ސަބަބުން ދުނިޔޭގެ އާންމު ސިއްހަތަށް ކުރިމަތިވާ ނުރައްކާ ކުޑަކަން ވެސް ޑަބްލިޔުއެޗްއޯއިން ވަނީ ފާހަގަކޮށްފައެވެ.

ޖޭއެން.1 ވޭރިއެންޓުގެ އަލާމާތްތަކުގެ ތެރޭގައި ބަލިޖެހިފައިވާ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ އަލާމާތްތައް ކުޑައެވެ. އާންމުކޮށް ފެންނަ ބައެއް އަލާމާތްތަކުގެ ތެރޭގައި ހުމުގެ އަސަރު، ނޭފަތުން ފެން ފޭބުން، ކަރުތެރޭގައި ރިއްސުން، ބޮލުގައި ރިއްސުން، އިންތިހާއަށް ވަރުބަލިވުން، މަސްތައް ބަލިކަށިވުން، ވަރުބަލިވުން އަދި ކުދިކުދި ގޭސްޓްރޯއިންޓެސްޓިނަލް މައްސަލަތައް ހިމެނެއެވެ. ބައެއް ހާލަތްތަކުގައި ކެއުމަށް ޝައުގުވެރިކަން ގެއްލި، މޭނުބައިކުރުން ހިމެނެއެވެ.

މި އަލާމާތްތަކަކީ އާންމުކޮށް ދަށް އަލާމާތްތަކެއް ކަމަށާއި އާންމުކޮށް ހަތަރު ފަސް ދުވަހުގެ ތެރޭގައި ރަނގަޅުވާ އަލާމާތްތަކެކެވެ.

- ކޮމެންޓް