ކ. މާލެ
|
8 މެއި 2024 | ބުދަ 19:29
އެސްޓްރަޒެނިކާ ވެކްސިން
އެސްޓްރަޒެނިކާ ވެކްސިން
ރޮއިޓަރސް
އެސްޓްރަޒެނިކާ ވެކްސިން ހުއްޓާލުން
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
މި މައްސަލައިގައި އެސްޓްރާޒެނެކާއިން ބުނެފައިވަނީ، ވެކްސިންގެ ސަބަބުން ވަރަށް މަދުން ސައިޑް އިފެކްޓްތައް ދިމާވާކަން އެ ކުންފުނިން ގަބޫލު ކުރާކަމުގައި
ވެކްސިން ވިއްކުން ހުއްޓާލުމަށް އެ ކުންފުނިން ނިންމާފައިވަނީ ވެކްސިންގެ ސަބަބުން "ސައިޑް އިފެކްޓް" ތައް ކުރިމަތިވާ ކަމުގެ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިން ވިއްކުން ހުއްޓާލާ، ބާޒާރުން ވެކްސިން އަނބުރާ ގެންދިއުމަށް އެކުންފުނިން ނިންމައިފި ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.

މިގޮތުން ޔޫރަޕްއިން ޔޫނިއަންގެ ގައުމުތަކަށް އެކުންފުނިން ދީފައިވާ މާކެޓް ކުރުމުގެ ހުއްދަ އެ ކުންފުނިން ބާތިލް ކުރުމާއެކު ވެކްސިން ވިއްކުންވެސް ޔޫރަޕްގައި ހުއްޓުމަކަށް ވަނީ އައިސްފައެވެ.

"ވެކްސްޒެވީރިއާ" ގެ ނަމުގައި މާކެޓް ކުރަމުން އަންނަ ކޮވިޑް-19 ވެކްސިން އިނގިރޭސިވިލާތުގައި ވެސް ވަރަށް އަވަހަށް ވިއްކުން ހުއްޓާލާނެ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އިންޑިއާގައި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން މި ވެކްސިން އުފައްދާފައިވަނީ "ކޮވިޝީލްޑް"ގެ ނަމުގައެވެ.

ވެކްސިން ވިއްކުން ހުއްޓާލުމަށް އެ ކުންފުނިން މި ނިންމީ ވެކްސިންގެ ސަބަބުން "ސައިޑް އިފެކްޓް" ތައް ކުރިމަތިވާ ކަމުގެ މައްސަލަތައް އިތުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

މި މައްސަލައިގައި އެސްޓްރާޒެނެކާއިން ބުނެފައިވަނީ، ވެކްސިންގެ ސަބަބުން ވަރަށް މަދުން ސައިޑް އިފެކްޓްތައް ދިމާވާކަން އެ ކުންފުނިން ގަބޫލު ކުރާކަމުގައެވެ.

އެސްޓްރާޒެނެކާއިން ސައިޑް އިފެކްޓްސް އާ މެދު ތަންކޮޅެއް އާދައިގެ ގޮތަކަށް ދުށް ކަމުގައިވިޔަސް އިނގިރޭސިވާލުގައި އެކުންފުންޏާ ދެކޮޅަށް ބޮޑެތި ދައުވާތަކެއް ކުރުމަށް ތައްޔާރުވަމުން އަންނަކަމުގެ ޚަބަރުތައް ވަނީ ފެތުރިފައެވެ.

އެކުންފުންޏާ ދެކޮޅަށް މައްސަލަ ހުށަހަޅަން ތައްޔާރުވަމުން އަންނަ ފަރާތްތަކުން ބުނަނީ އެސްޓްރާޒެނެކާއިން އުފެއްދި ވެކްސިންގެ ސަބަބުން ލޭގަނޑުވުމާއި، ޕްލެޓްލެޓް ކައުންޓް ދަށްވުމާއި ގުޅިފައިވާ 81 މަރު ރެކޯޑް ކުރެވިފައިވާ ކަމުގައެވެ.

އެސްޓްރާޒެނެކާއިން ބުނެފައިވަނީ ވެކްސިން ވިއްކުން ހުއްޓާލުމާއި، ކުންފުންޏާ ދެކޮޅަށް ކޯޓަށް ހުށަހަޅަން ތައްޔާރުވާ މައްސަލަތަކާ އެއްވެސް ގުޅުމެއް ނެތް ކަމުގައެވެ.

"އަންދާޒާ ކުރެވިފައިވާ ގޮތުގައި، ވެކްސިން ބޭނުންކުރަންފެށި ފުރަތަމަ އަހަރު އެކަނިވެސް 6.5 މިލިއަން މީހުންގެ ފުރާނަ މި ވެކްސިންގެ ސަބަބުން ސަލާމަތް ކުރެވިފައިވޭ. 3 ބިލިއަނަށްވުރެ ގިނަ ވެކްސިން ޑޯޒް ދުނިޔޭގެ ގައުމުތަކަށް ފޯރުކޮށްދެވިފައިވޭ. ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް މި ވެކްސިން އަދާ ކުރި މުހިންމު ދައުރު ދުނިޔޭގެ ގައުމުތަކުން ފާހަގަކޮށްފައިވޭ." އެސްޓްރާ ޒެނެކާއިން ނެރުނު ބަޔާނުގައި ވެއެވެ.

- ކޮމެންޓް