ކ. މާލެ
|
3 ނޮވެންބަރ 2024 | އާދީއްތަ 14:08
އިޒްރޭލުން ލުބުނާނުގެ އަވަށަކަށް ދިން ހަމަލާއެއްގެ ތެރެއިން؛ މިހަމަލާގައި 45 މީހުން މަރުވެފައިވޭ
އިޒްރޭލުން ލުބުނާނުގެ އަވަށަކަށް ދިން ހަމަލާއެއްގެ ތެރެއިން؛ މިހަމަލާގައި 45 މީހުން މަރުވެފައިވޭ
ސޯޝަލް މީޑިއާ
އީރާނު-އިޒްރޭލު ހަނގުރާމަ
އީރާނުން އިޒްރޭލަށް ދޭން އުޅޭ ހަމަލާގައި މުޅި އެކްސިސް އޮފް ރެސިސްޓަންސް ބައިވެރިވާނެ، ހަމަލާ ކުރިން ދިން ހަމަލާއަށް ވުރެ މާ ބޮޑުވާނެ: އީރާން
އީރާނުން މިފަދައިން ބުނެފައި މިވަނީ، ދާދި ފަހުން އިޒްރޭލުން ބަދަލުހިފުމުގެ ގޮތުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އަނެއްކާވެސް އިޒްރޭލަށް ވަރުގަދަ ހަމަލާއެއް ދޭން އުޅޭ ކަމުގެ ސިގްނަލެއް އީރާނުގެ އޮފިޝަލުން އަދި އިންޓެލް އިންވެސް ދީފައި ވަނިކޮށެވެ.

އީރާނުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާއާ ގުޅިގެން އީރާނުން އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށާއި، މިހަމަލާގައި މުޅި އެކްސިސް އޮފް ރެސިސްޓަންސް ބައިވެރިވާނެ ކަމަށް އީރާނުގެ އިސްލާމިކް ރެވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ)ގެ ޖެނެރަލް އަލީ ކޮތާރީ ވިދާޅުވެއްޖެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، "'އޮޕަރޭޝަން ޓްރޫ ޕްރޮމިސް 2'ށް ވުރެ މާ ބޮޑު ހަމަލާއަކަށް މިފަހަރުގެ ހަމަލާ ވާނެ،" ކަމަށެވެ.

ޖެނެރަން ކޮތާރި މިހެން ވިދާޅުވެފައި މިވަނީ، ދާދި ފަހުން އިޒްރޭލުން ބަދަލުހިފުމުގެ ގޮތުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އަނެއްކާވެސް އިޒްރޭލަށް ވަރުގަދަ ހަމަލާއެއް ދޭން އުޅޭ ކަމުގެ ސިގްނަލެއް އީރާނުގެ އޮފިޝަލުން އަދި އިންޓެލް އިންވެސް ދީފައި ވަނިކޮށެވެ.

އޮކްޓޫބަރު 26 ވަނަ ދުވަހު އިޒްރޭލުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވަނީ، އިރާނުގެ ނިއުކްލިއަރ ނުވަތަ ތެލުގެ ވަސީލަތްތަކުގެ ބަދަލުގައި އިރާނުގެ އަސްކަރީ މަރުކަޒުތަކަށް އެކަނި ހަމަލާ ދިނުމަށް ވޮޝިންގްޓަން އަދި ބައިޑެން ސަރުކާރުން އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބާރުއެޅުމުން ކަމަށް ވެއެވެ. އެމެރިކާ އިން ބުނީ މިގޮތަށް ކަންކުރުން، ދެވަނަ ފަހަރަށް އީރާނުން އިޒްރޭލަށް ހަމަލާދިނުމުގެ ފުރުސަތު ކުޑަ ވާނެ ކަމަށެވެ.

އެހެންނަމަވެސް ހާލަތު ބަދަލުވެ، އީރާނުން އިޒްރޭލަށް ހަމަލާ ދިނުމުގެ ތައްޔާރީތައް ފަށާފައިވާކަމަށް އެމެރިކާގެ އިންޓެލިޖެންސް އަދި އިރާނުގެ ރަސްމީ ބަޔާންތަކުން ވެސް އަންނަނީ ބުނަމުންނެވެ. ނަމަވެސް، ހަމަލާދޭނީ ކޮން އިރަކު، ކޮންތާކަކަށް ކަމެއް ސާފެއް ނުވެއެވެ.

އަނެއްކޮޅުން، އޮކްޓޯބަރު 26 ގައި އިސްލާމީ ޖުމްހޫރިއްޔާގެ އަސްކަރީ މަރުކަޒުތަކާއި އެހެނިހެން ތަންތަނަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާގައި އީރާނުން މަދުވެގެން 5 މީހުން މަރުވި ހާދިސާ އާ ގުޅިގެން، އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ވިދާޅުވެފައިވަނީ ހަމަ ޔަގީނުންވެސް ޒަޔަނިސްޓު ވެރިކަމަށް "ދަތްތައް ފުނޑޭވަރުގެ ރައްދެއް" ދެއްވާނެ ކަމަށެވެ.

އަނެއްކޮޅުން އީރާނުން ދީފާނެ ހަމަލާއަކުން އިޒްރޭލު ރައްކާތެރި ކުރުމަށް އެމެރިކާ އިން ގެންދަނީ ހުއްޓުމެއް ނެތި މަސައްކަތްކޮށް އެކަމަށް ވައުދުވަމުންނެވެ. އެގޮތުން، ހުކުރު ދުވަހު ޕެންޓަގަންގެ އިސްވެރިޔާ ލޮއިޑް އޮސްޓިން ވަނީ ގިނަ އަދަދެއްގެ ބީ-52 ދުރު ރާސްތާ މިސައިލްތަކާއި، ޓޭންކަރުތަކާއި، އިތުރު ބެލިސްޓިކް މިސައިލްތަކާއި ޖެޓުތައް މެދުއިރުމައްޗަށް ފޮނުވުމަށް އަމުރުކުރައްވާފައެވެ.

މީގެއިތުރުން، އެމެރިކާގެ ސިފައިން ބުނާގޮތުގައި، އެމެރިކާގެ ނޯތު ޑަކޯޓާ ސްޓޭޓުގައި ހުންނަ މިނޮޓް އެއަރ ފޯސް ބޭސްއިން ފޮނުވި ފުރަތަމަ ބޯޓުތައް ހޮނިހިރު ރޭ ވަނީ ޔޫއެސް ސެންޓްރަލް ކޮމާންޑުގެ ޒިންމާގެ ދަށުގައިވާ ސަރަޙައްދަށް ވަދެފައެވެ.

ހަމައެއާއެކު އެމެރިކާއިން ބުނާގޮތުގައި، ފާއިތުވި މަހު އިޒްރޭލަށް އިތުރު އެމެރިކާ ސިފައިންނާއި ޓާމިނަލް ހައި އޯލްޓިޓިއުޑް އޭރިއާ ޑިފެންސް (ތާޑް) ސިސްޓަމެއް ފޮނުވާފައިވަނީ އިރާނުގެ ބެލިސްޓިކް މިސައިލް ހަމަލާތަކުން އިޒްރޭލުގައި ތިބޭ އެމެރިކާގެ ރައްޔިތުން ދިފާޢުކުރުމަށް ކަމަށް ބުނެއެވެ.

އެހެންނަމަވެސް، އަނިޔާވެރިކަމާއި ދެކޮޅަށް އީރާނުން އިސް ނަގައިގެން ކުރަމުންދާ މަސައްކަތުގައި "އެއްވެސް އިހުމާލެއް" އީރާނުން ނުވާނެ ކަމުގެ ޔަގީންކަން ޚާމަނާއީ ވަނީ ދެއްވާފައެވެ.

އިޒްރޭލާއި އިރާނާ ދެމެދު ބަދަލުހިފުމުގެ ޙަމަލާތައް ދެމިގެންގޮސް މެދުއިރުމަތީގެ މަސްރަހް މިވަނީ ވަރަށް ބޮޑަށް ގޯވެސްފައެވެ. މިކަމުގެ ސަބަބުން ޣައްޒާ އަދި ލުބުނާނުގައި އިޒްރޭލުން ކުރާ ހަނގުރާމަ ފުޅާވެ، ދިގުލައިގެން ދިއުމުގެ ނުރައްކާ އިތުރުވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް