ކ. މާލެ
|
27 އޭޕްރިލް 2021 | އަންގާރަ 00:56
އެއަރވިސްޓާރާގެ ފްލައިޓެއް
އެއަރވިސްޓާރާގެ ފްލައިޓެއް
ފްލައިޓެއްގެ 52 ފަސެންޖަރުން ޕޮޒިޓިވްވުން
ދިއްލީން ހޮންކޮންގަށް ދަތުރުކުރި ފްލައިޓެއްގެ 52 ފަސެންޖަރުން ޕޮޒިޓިވްވެއްޖެ
52 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިފައި މިވަނީ ހޮންކޮންގަށް ދިއުމަށް ފަހު ހެދި ޕީސީއާރު ޓެސްޓުތަކުން
ފަސެންޖަރުން ޕޮޒިޓިވްވެފައި ވަނީ އިންޑިއާގެ ދިއްލީން އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ފުރި އެއަރ ވިސްޓާރާގެ ފްލައިޓަކުން
ދިއްލީން ފުުރުމުގެ ކުރިން ހުރިހާ ފަސެންޖަރުން ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވް

އިންޑިއާގެ ދިއްލީން ހޮންކޮންގަން ދަތުރުކުރި ފްލައިޓެއްގެ 52 ފަސެންޖަރުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި 52 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގިފައި މިވަނީ ހޮންކޮންގަށް ދިއުމަށްފަހު ހެދި ޕީސީއާރު ޓެސްޓުތަކުންނެވެ. ދިއްލީންފުުރުމުގެ ކުރިން ހުރިހާ ފަސެންޖަރުން ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވްކަމަށް ދައްކާފައިވެއެވެ.

ޑެއިލީ މެއިލްގައި ރިޕޯޓްކޮށްފައިވާގޮތުން ފަސެންޖަރުން ޕޮޒިޓިވްވެފައިވަނީ އިންޑިއާގެ ދިއްލީން އޭޕްރިލްމަހުގެ ހަތަރު ވަނަ ދުވަހު ފުރި އެއަރ ވިސްޓާރާގެ ފްލައިޓަކުންނެވެ.

ހޮންކޮންގއަށް އައި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅު މިއަހަރުގެ ޖެނުއަރީމަހު ކޮންޓްރޯލުކުރި ފަހުން އެގައުމުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ނަމަވެސް އިންޑިއާއިން ކޮވިޑް-19ގެ ތިން ވަނަ ރާޅަކާއި ކުރިމަތިލައިގެން އުޅޭއިރު، އެގައުމުން ފެނުނު ކޮވިޑްގެ އައު ވޭރިއަންޓާއިއެކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ. އެގައުމުގައި ބަލި ޖެހޭ މީހުންނަށް އޮކްސިޖަން ނުލިބި ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު، އެގައުމުގެ ހޮސްޕިޓަލްތައް ވަނީ ފުރި ތޮއްޖެހިފައެވެ.

އިންޑިއާއިން ފެނިފައިވާ އައު ވޭރިއަންޓުން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ އިންޑިއާއިން އެގައުމުތަކަށް ދަތުރުކުރުމުގައި ގިނަ އުސޫލުތަކެއް ކަނޑައަޅައި ފިޔަވަޅު އަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް