Advertisement
ކ. މާލެ
|
23 މާރޗް 2021 | އަންގާރަ 00:02
ޢެސްބީއައިގެ ބްރާންޗެއް
ޢެސްބީއައިގެ ބްރާންޗެއް
ރާއްޖެއެމްވީ
އެސްބީއައިގައި ހުރި ބޭނުންނުކުރާ އެކައުންޓްތައް
އެސްބީއައިގައި ހުރި ބޭނުންނުކުރާ އެކައުންޓްތަކާމެދު ޢަމަލުކުރަން ބޭނުންވާގޮތް އަންގަން އެދިއްޖެ
ޑޯމަންޓް އެކައުންޓުގެ ތަފުސީލު، އެ ކަސްޓަމަރަކު އެންމެ ފަހުން ބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން އަންގަން ދަނީ މަސައްކަތް ކުރަމުން
ޖޫން އެކެއްގެ ކުރިން އެކައުންޓުގެ ވެރިފަރާތުން ބޭންކަށް އެންގުމަށް ވަނީ އަންގާފައި
އެކައުންޓާ މެދު ޢަމަލުކުރަން ބޭނުންވާ ގޮތް މެއިލް މެދުވެރިކޮށް އެންގޭނެ

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުރި ބޭނުންނުކުރާ އެކައުންޓްތަކުގެ ވެރިފަރާތްތައް އެކައުންޓާމެދު ޢަމަލުކުރަން ބޭނުންވާގޮތް އަންގަން އެބޭންކުން އެދިއްޖެއެވެ.

އެސްބީއައި އިން ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖޭގެ ބޭންކިންއާއިބެހޭ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެކައުންޓަކުން އެއްވެސް މުއާމަލާތެއް ނުކުރާ ނުވަތަ ބޭންކަށް ލިޔުމަކުން އެއްވެސް އެއްޗެއް އަންގައިފައިނުވާތާ ފަސް އަހަރުދުވަސް ވެފައިވާ އެކައުންޓަކީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ބެލެވޭނެ އެކައުންޓު ކަމަށާއި އެބޭންކުގައި ޑޯމަންޓް އެކައުންޓެއް އޮތްނަމަ ނުވަތަ އޮތް ކަމަށް ގަބޫލު ކުރެވޭނަމަ، އެ ފަރާތްތަކުން އެކަން ބޭންކަށް އެންގުމަށް އެދިފައެވެ.

ޑޯމަންޓް އެކައުންޓުގެ ތަފުސީލު، އެ ކަސްޓަމަރަކު އެންމެ ފަހުން ބޭންކަށް ދީފައިވާ އެޑްރެހަށް ވަކިން އަންގަން މަސައްކަތް ކުރަމުންދާ ކަމަށް އެސްބީއައި އިން ބުނެފިއެވެ.

Advertisement

ޖޫން އެކެއްގެ ކުރިން އެކައުންޓުގެ ވެރިފަރާތުން ބޭންކަށް އެއްވެސް މުޢާމަލާތެއް ނުކޮށްފިނަމަ، ބޭންކުން އެފަދަ އެކައުންޓްތައް ބަންދުކޮށް، ރާއްޖޭގެ ބޭންކިންއާއި ބެހޭ ގާނޫނުގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެފަދަ އެކައުންޓްތަކުގައިވާ ފައިސާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ހަވާލުކުރެވޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.

އެސްބީއައި އިން ބުނީ އެކައުންޓާ މެދު ޢަމަލުކުރަން ބޭނުންވާ ގޮތް މެއިލް މެދުވެރިކޮށް އެންގޭނެ ކަމަށެވެ. އެގޮތުން ސޭވިންގސް އެކައުންޓް ގެންގުޅުއްވާ ފަރާތްތަކުން [email protected] އަށް އަދި ކަރަންޓް އެކައުންޓެއް ނަމަ [email protected] އަށް މެއިލް ކުރުމަށް އެސްބީއައި އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް