ކ. މާލެ
|
21 މާރޗް 2021 | އާދީއްތަ 18:48
އިންޑިއާގެ މުމްބާއީ ސިޓީގައި ކޮވިޑްގެ ސާމްޕަލް ނަގަމުން ދަނިކޮށް
އިންޑިއާގެ މުމްބާއީ ސިޓީގައި ކޮވިޑްގެ ސާމްޕަލް ނަގަމުން ދަނިކޮށް
އެންޑީޓީވީ
ކޮވިޑް-19، އިންޑިއާގެ ހާލަތު
މުމްބާއީގައި ކޮވިޑް ޓެސްޓު ހެދުން ލާޒިމުކުރަނީ
ޓެސްޓު ހެދުމަށް ދެކޮޅު ހެދުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވޭ
ޓެސްޓު ހަދަން ބޭނުން ކުރާނީ ރެޕިޑް އެންޓިޖެން ޓެސްޓު

އިންޑިއާގެ މުމްބާއީގެ ތޮއްޖެހިފައިވާ ސަރަހައްދުތަކުގައި ކޮވިޑް-19އަށް ޓެސްޓުކުރުން ލާޒިމު ކުރަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

މުމްބާއީގެ އޮފިޝަލަކު ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން އެ ސިޓީގެ ޝޮޕިންގ ސެންޓަރުތަކާއި ރޭލު ސްޓޭޝަންތަކާއި މީހުން އެއްވާ ތަންތަނުގައި ސިއްހީ އޮފިޝަލުން ތިބެ ޓެސްޓު ހަދަން އަންގާ ބަޔަކު ޓެސްޓު ހެދުން ލާޒިމުވާނެ ކަމަށެވެ. އަދި ޓެސްޓު ހެދުމަށް ދެކޮޅު ހެދުމަކީ ކުށެއްކަމަށް ބަލަން ސަރުކާރުން ނިންމާފައިވާ ކަމަށްވެސް އޮފިޝަލު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އޭގެ ސަބަބުން އަޅާނެ ފިޔަވަޅުތަކެއް އޮފިޝަލު ހާމަކޮށްފައެއް ނުވެއެވެ.

މުމްބާއީ ސިޓީގެ މުނިސިޕަލް ކޯޕަރޭޝަނުގެ ކޮމިޝަނަރު ސުރޭޝް ކަކާނީ ވިދާޅުވީ މުމްބާއީގައި ދިރިއުޅޭ އެންމެންވެސް މީހުން ގިނަ ސަރަހައްދުތަކަށް ދެން ދާނަމަ ތިބެންވާނީ ކޮވިޑްގެ ޓެސްޓު ހަދަން ތައްޔާރުވެގެން ކަމަށެވެ. ކަކާނީ ވިދާޅުވީ ޓެސްޓު ހަދަން ބޭނުން ކުރާނީ ރެޕިޑް އެންޓިޖެން ޓެސްޓެވެ. އެއީ ވައިރަސް ހުންނަ ޕްރޮޓީންއެއް ދެނެގަނެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ ޓެސްޓެކެވެ. 

މުމްބާއީން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަމުން އަންނައިރު، އެ ސިޓީން ފިޔަވަޅުތައް ހަރުކަށި ކޮށްފައިވަނީ އިންޑިއާއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީއެވެ. އެގޮތުން ހޮނިހިރު ދުވަހު އެކަނިވެސް އެގައުމުން 40،953 މީހުން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މިދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި އެގައުމުން ކޮވިޑްގެ ކޭސްތައް އެންމެ ގިނަކަމަށް ރިޕޯޓްކޮށްފައިވާ ދުވަހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް