ކ. މާލެ
|
7 މާރޗް 2021 | އާދީއްތަ 18:37
މިފްކޯ، ވައްކަން ކުރީ ކޮން އޮފީހަކުން ކަމެއް ހާމަކޮށްފައިނުވޭ
މިފްކޯ، ވައްކަން ކުރީ ކޮން އޮފީހަކުން ކަމެއް ހާމަކޮށްފައިނުވޭ
ރާއްޖެއެމްވީ
މިފްކޯގެ އޮފީހެއް ފަޅާލުން
މިފްކޯގެ އޮފީހެއް ފަޅާލައި ތިން ލައްކައަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފި
އެތަނުގެ ތިން ތިޖޫރީއެއް ވަނީ ފަޅާލާފައި
އެއޮފީހުން 380،000ށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވޭ
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

މިފްކޯގެ އޮފީހެއް ފަޅާލައި ތިން ލައްކައަށްވުރެ ގިނަ ފައިސާ ވަގަށް ނަގައިފިއެވެ.

ފުލުހުން ބުނީ މިފްކޯ އޮފީހެއްގެ ދޮރެއް ހަލާކުކޮށްލައިގެން ވަދެ އެތަނުގެ ތިން ތިޖޫރީއެއް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލަ 05 މަރޗް 2021 ވަނަ ދުވަހުގެ 11:10 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެއޮފީހުން 380،000ށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް