ކ. މާލެ
|
26 ފެބްރުއަރީ 2021 | ހުކުރު 13:47
ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓުގެ މުވައްޒަފުން ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި
ވެލާނާ އިންޓަަރނޭޝަނަލް އެއަރޕޯޓުގެ މުވައްޒަފުން ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި
ވެލާނާ އެއާޕޯޓް
ވީއައިއޭ ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް
ވީއައިއޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށަނީ
ވެކްސިނޭޝަން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު
ވެކްސިންޖެހުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރުގައި
އެއަރޕޯޓް ފާސް އޮންނަ ކޮންމެ ފަރާތަކަށް ވެސް ވެކްސިންޖެހޭނެ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފެށުމަށް ނިންމައިފިއެވެ.

އެމްއޭސީއެލްއިން މައުލޫމާތުދޭ ގޮތުގައި ވީއައިއޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރުގައި ވެކްސިންޖެހުމުގެ ކަންތައްތައް ކުރިއަށް ދާނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް، ހެނދުނު 09:00ން ހަވީރު 04:00ށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:00ން ހަވީރު 03:00ށް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެއަރޕޯޓް ފާސް އޮންނަ ކޮންމެ ފަރާތަކަށް ވެސް ވެކްސިން ޖެހޭނެކަން ހާމަކޮށްފައިވާ އިރު، އެއަރޕޯޓް ފާސް އޮތް ހުރިހާ ފަރާތްތަކުން ވެކްސިންޖެހުމަކީ އެމްއޭސީއެލްއިން ވަރަށް ބޮޑަށް އިލްތިމާސްކުރާ ކަމެއް ކަމަށް ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވިއެވެ. އަދި އެއަރޕޯޓްގައި ވައިޑްކޮށް މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މަޤްސަދަކީ ވީއައިއޭގެ އޮޕަރޭޝަންތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންގޮސް، މުވައްޒަފުންނާއި ދަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކޮށްދިނުން ކަމަށް ހަސަން އަރީފް ވިދާޅުވިއެވެ.

ހަސަން ވިދާޅުވީ އެމްއޭސީއެލްއިން އިސްނަގައިގެން ފެށި މި ޕްރޮގްރާމްގެ އަމާޒަކީ ދުނިޔޭގެ އެއަރޕޯޓްތަކުގެ ތެރެއިން އެއަރޕޯޓްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ވެކްސިންދިން ފުރަތަމަ އެއަރޕޯޓަށް ވީއައިއޭ ވުން ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ މައި އެއަރޕޯޓަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެމްއޭސީއެލް އިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. ބަލިމަޑުކަމާ އެކު އެއަރޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫނާރާނެ ގޮތަށް އޮޕަރޭޓްކުރަމުން ދިޔަނަމަވެސް، އެއަރޕޯޓްގެ މުވައްޒަފުންނާއި ދަތުރުވެރިންގެ ރައްކާތެރިކަމަށް އެމްއޭސީއެލްއިން ޚާއްސަ ސަމާލުކަމެއްދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެމްއޭސީއެލްއަށް ވަނީ ހަ މަސް ދުވަހުގެ ތެރޭގައި ބައިނަލްއަޤުވާމީ ދެ އެވޯޑެއް ލިބިފައެވެ. އެއީ އެއަރޕޯޓް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި)ގެ ވޮއިސް އޮފް ކަސްޓަމަރ އެވޯޑް އާއި އެއަރޕޯޓް އެކްރެޑޭޝަން ހެލްތު ސެޓްފިކެޓެވެ. އޭޝިއާ ޕެސިފިކުން މި ސެޓްފިކެޓްގެ ދެވަނަ ރާއްޖެއަށް ލިބިފައިވާއިރު، އެއް ވަނަ ލިބިފައިވަނީ ދެކުނު ކޮރިއާގެ އިންޗިއޯން އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އަދި މުޅި ދުނިޔެއިން މިއެވޯޑްގައި ވީއައިއޭ ހިމެނިފައިވަނީ 12 ވަަނައިގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް